ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-I-SH/1
އިބްރާހީމް މުޙައްމަދު ވ. އިލެކްޝަންސް ކޮމިޝަން، 2025/HC-I-SH/1
Ibrahim Mohamed v. Elections Commission 2025/HC-I-SH/1 (2025/HC-I-SH/1, High Court of the Maldives, 23 January 2025)
އިބްރާހީމް މުޙައްމަދު ވ. އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
އިލެކްޝަންސް ކޮމިޝަނުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައިނުވާތީ ކެންޑިޑަސީ ޤަބޫލުނުކުރިއެވެ.
ހދ. މަކުނުދޫ ކައުންސިލުގެ ބައި-އިލެކްޝަނަށް އަމިއްލަގޮތުން ކުރިމަތިލުމަށް ސުންގަޑީގެ ކުރިން ފޯމު އީމެއިލް ކުރުމުން ނުލިބޭކަމަށް ބުނެ، ބަހާލައިގެން އަލުން ފޮނުވުމުން ލިބިއްޖެކަމަށް ބުނެ ކޮމިޝަނުން އިދާރީ ފީ ދެއްކުމަށް ޕޭމަންޓް އެޕްރޫވްކުރިއެވެ. ފަހުން އައިޑީކާޑުގެ ކޮޕީ ނުލިބޭތީ ކެންޑިޑަސީ ޤަބޫލުނުކުރާކަމަށް އަންގައި، އަނެއް ކެންޑިޑޭޓް އިންތިޚާބުވެއްޖެކަމަށް އިޢުލާންކުރިއެވެ.
ޝަކުވާ ހުށަހެޅި ފަރާތުން ބުނީ ކާޑުގެ ކޮޕީ ފޮނުވިކަމަށާއި، ފީ ބަލައިގަތުމުން ހުރިހާ ލިޔުމެއް ލިބިފައިވާކަމަށް ބަލަންޖެހޭކަމަށާއި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކޮމިޝަނުން ހުށަހެޅުން ރަނގަޅަށް ނުބަލާކަމަށެވެ. ކޮމިޝަނުން ބުނީ ފައިލް ސައިޒް 10MB އަށްވުރެ ބޮޑުވެގެން ކާޑު ހިމެނޭ މެއިލް ނުލިބޭކަމަށާއި ފީ ދެއްކުމަށް ފުރުޞަތު ދިނީ ސުންގަޑީގެ ކުރިން ރަސީދު ހުށަހެޅޭތޯކަމަށެވެ.
މައިގަނޑު ސުވާލު
ލޯކަލް ކައުންސިލް ބައި-އިލެކްޝަނަކަށް އީމެއިލް މެދުވެރިކޮށް ހުށަހެޅި ކެންޑިޑަސީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުލިބޭކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރުމަކީ ޤާނޫނާ އެއްގޮތަށް ނިންމި ނިންމުމެއްތޯ.
ނިންމި ގޮތް
ކޮމިޝަނުގެ ނިންމުން ބާޠިލުކޮށް، ކެންޑިޑަސީ ބަލައިގަތުމަށް އަމުރުކުރި
ހުރިހާ ލިޔެކިޔުން ލިބިއްޖެކަމަށް ބުނެ ފީ ބަލައިގަތުމުން ކާޑުވެސް ލިބިފައިވާކަމަށް ބަލަންޖެހޭކަމަށާއި، ނުލިބުނުކަމަށް ބެލިނަމަވެސް އެކަން ދިމާވީ ކޮމިޝަނުގެ އިޖުރާއަތާއި ގޯހުން ކަމަށްވާތީ، އިޖުރާއަތު މާނަކުރަންވާނީ އިންތިޚާބަށް ކުރިމަތިލުމުގެ އަސާސީ ޙައްޤު ލިބިދެވޭ ގޮތަށްކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 17 ވަނަ މާއްދާއާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ލޯކަލް ކައުންސިލް އިންތިޚާބަކަށް ކުރިމަތިލާ މީހާ ހުށަހަޅާ މަޢުލޫމާތާއެކު އިދާރީ ފީ ނުވަތަ ޑިޕޮޒިޓް ދެއްކިކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ފައިސާ ބަލައިގަންނާނީ އެޕްލިކޭޝަން ފޯމާއި ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުން ލިބުމުން ކަމަށް ކޮމިޝަނުގެ އިޢުލާނުގައިވާ އިޖުރާއަތު، ޢަމަލުކުރެވޭނެ ގޮތަކަށް މާނަކުރެވޭނީ 'ފައިސާ ދެއްކި ލިޔުން ފިޔަވައި' ހުރިހާ ލިޔެކިޔުން ލިބުމުން ކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18–19)
- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ކެންޑިޑަސީ ޤަބޫލުކުރިކަން ނުވަތަ ނުކުރާކަން އެންގުމުގެ ކުރިން ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ހަމައަށް ހުރިތޯ ކޮމިޝަނުން ޔަޤީންކުރަންވާނެއެވެ. އެކަން ޔަޤީން ނުކޮށް ލިޔެކިޔުން ލިބިއްޖެކަމަށް ބުނެ ފައިސާ ބަލައިގަނެވޭ ގޮތް ހެދުމަކީ ޤާނޫނާ ފުށުއަރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20–21)
- ހުރިހާ ލިޔެކިޔުން ލިބިއްޖެކަމަށް ބުނެ ކޮމިޝަނުން ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަތްނަމަ، ސަބަބުވެރި ހަމައަކުން ބަލާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީވެސް ކޮމިޝަނަށް ލިބިފައިވާކަމަށް ޤަބޫލުކުރަންޖެހެއެވެ. ކާޑު ނުލިބި ހުރެ ފައިސާ ދެއްކޭ ގޮތް ހެދުމަކީ ކޮމިޝަނަށް ހެދިފައިވާ ގޯހެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22–23)
- ހުށަހަޅަންޖެހޭ ލިޔުމެއް މަދުނަމަ ފައިސާ ބަލައިގަތުމުގެ ކުރިން ކެންޑިޑޭޓަށް އެކަން އެންގުމަކީ ކޮމިޝަނުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- 1MB ވަޒަންކުރުމުގައި ޑެސިމަލް (1000KB) އާއި ބައިނަރީ (1024KB) ހަމަތަކުގެ ތަފާތު އޮތުމުން، އީމެއިލްގެ ސައިޒް ލިމިޓް ހަމަކުރުމަށް ބަލާ ހަމަ ކޮމިޝަނުން އަންގައިދޭން ޖެހެއެވެ. ޑިޖިޓަލް ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކޮމިޝަނަށް ނުލިބޭނަމަ ކެންޑިޑޭޓަށް އޮޓޯ-ޖެނެރޭޓެޑް މެސެޖަކުން ނުވަތަ އީމެއިލަކުން އެކަން އެނގޭނެ ގޮތެއްވެސް، ވަގުތުން ކުރެވޭ މުވާޞަލާތުގެ ރެކޯޑު ރައްކާކުރެވޭނެ ގޮތެއްވެސް އޮންނަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29–30)
- ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގެ ދަށުން އަސާސީ ޙައްޤެއް ހިފެހެއްޓިއްޖެނަމަ އެކަން ސާބިތުކުރުމުގެ ބުރަ އޮތީ ހިފެހެއްޓި ފަރާތުގައެވެ. ކޮމިޝަނުގެ އިޖުރާއަތު މާނަކުރަންވާނީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިޚާބަށް ކުރިމަތިލުމުގެ އަސާސީ ޙައްޤު ލިބިދެވޭ ގޮތަށް، ކޮމިޝަނާ އެއްކޮޅަށް ނޫން ގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32–33)
1މިއީ، އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުން ކ.މާލެ، […] އިބްރާހީމް މުޙައްމަދު ("އިބްރާހިމް މުޙައްމަދު" ނުވަތަ "މައްސަލަ ހުށަހެޅަ ފަރާތް") ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަން ("އީ.ސީ" ނުވަތަ "މައްސަލަ ރައްދުވާ ފަރާތް") އެވެ.
2މައްސަލައިގެ ޚުލާޞާގއަ އިބްރާހިމް މުހައްމަދު ބުނެފައިވަނީ؛ " ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް، ލޯކަލް ކައުނސް ލްތަކުގި ބައި- އިލެކްޝަން، 2025 ފެބްރުއަރީ 08 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައި، ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ މަޤާމަތުތަކަށ ކުރިމަތިލުމަށް އެދް މީހުން، ކުރިމަތިލުމަށް ހުޅުވާލައި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން 22 ޑިސެންބަރު 2024 ގައި ކުރި އެކޮމިޝަނުގެ ނަންބަރު AC/38/2024/498-(IUL)38 އިޢުލާނާއި ގުޅިގެން ހދ.މަކުނުދޫ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަމިއްލަގޮތުން ކުރިމަތިލުމަށް ކ.މާލެ، […] އިބްރާހީމް މުޙައްމަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުން، "ކެންޑިޑަސީ ޤަބޫލުނުކުރާކަމުގެ ލިޔުން" ފޮނުވައި، އޭނާ ހުށަހެޅި ހުށަހެޅުން އެ ކޮމިޝަނުން ޤަބޫލުނުކުރަނީ، އޭނާ ހުށަހެޅި ފޯމާއެކު އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައިނުވާތީކަމަށްބުނެ، އެ ފަރާތުން ހުށަހަޅާފައިވާ ފޯމު ބަލައިގަނެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤނޫނުއަސާސީގާ 62 ވަނަ މާއްދާ ގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ގެއްލޭ ގޮތަށް ކަމަށްވާތީއާއި، އިންތިޚާބުތަކާމެބޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށްވާތީ، އިބްރާހީމް މުޙައްމަދުގެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭތީ އިބްރާހީމް މުޙައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ." އައި.ޑީ ކާރޑް ނަންބަރު: އިބްރާހީމް މުޙައްމަދު ހުށަހެޅި ފޯމުގައި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށާއި ރަނގަޅު ގޮތަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާކަމަށާއި، އެގޮތަށް އިސްލާޙުކޮށްދިނުމަށް 19 ޖަނަވަރީ 2025 ދުވަހު ބޭއްވުނު އަޑުއެހުމުގައި އިބްރާހީމް މުޙައްމަދު އެދިފައިވާތީ އެގޮތަށް އިސްލާޙުކުރެވިފައި.
3އީ.ސީގެ ނަންބަރު: AC/38/2024/498-(IUL)38 (22 ޑިސެންބަރު 2024) އިއުލާނުން، 08 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ހދ.މަކުނުދޫ ކައުންސިލުގެ ބައި-އިލެކްޝަނެއް (މި ބައި-އިލެކްޝަން) ބޭއްވުމަށް އިޢުލާނުކުރިއެވެ. މި ބައި-އިލެކްޝަނަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ، 06 ޖެނުއަރީ 2025 ދުވަހުގެ 14:00 އެވެ.
4ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފޯމް، އިލެކްޝަންސް ކޮމިޝަނަށް އީ-މެއިލް ކުރީ 06 ޖަނަވަރީ 2025 ގެ 13:37 ގައި ކަމަށް މި ބައި- އިލެކްޝަނުގައި އަމިއްލަ ގޮތުން ވާދަކުރުމަށް އެދޭ އިބްރާހިމް މުޙައްމަދު ބުނެއެވެ. މި މެއިލް ލިބުނު ތޯ ކަށަވަރު ކުރުމަށް އީ.ސީއަށް ގުޅުމުން އެމެއިލް ނުލިބޭ ކަމަށު އީ.ސީގެ ފަރާތުން ޖަވާބު ދިންކަމަށް ބުނެއެވެ. އަދި އެމެއިލް ނުލިބެނީ 10 އެމް.ބީއަށް ވުރެ ފައިލް ސައިޒް ބޮޑުވުމުންކަމަށ ވެދާނެކަމަށް ބުނެ، ވަކިވަކި އީމެއިލްތަކަކަށް ބަހާލައިގެން ފޮނުވުމަށް އީ.ސީ އިން އިރުޝާދު ދިންކަމަށް ބުނެއެވެ.
5އެހެންވެ، 6 އީމެއިލްއަކަށ ބަހާލައިގެން އައި.ޑީކާޑުވެސ ހިމެނޭހެން އެންމެހާ ލިޔުންތަކާއި ތަކެތި އީ.ސީ އަށް އަލުން ފޮނުވީ 06 ޖެނުއަރީ 2025 ގެ 13:41 އާއި 13:46 އާ ދެމެދުގައި ކަމަށް އިބްރާހިމް މުޙައްމަދު ބުނެއެވެ. މިކަނކުރް ފޯނު ކަޑާނުލައި އީ.ސީ އަށް ގުޅައިގެން ހުރެ ކަމަށް ބުނެއެވެ. އަދި އެމެއިލްތައ ލިބުނުކަމަށް ބުނެ، އިދާރީ ފީ ދައްކަންޖެހޭ ޕޭމަންޓް އެޕްރޫވް ކޮށްދިން ކަމަށް ބުނެއެވެ. އިދާރީ ފީ ދެއްކުމުގެ ޕޭމަންޓް އެޕްރޫވް ކުރުމުން، އެފައިސާ ދައްކާ، ރަސީދު އީ.ސީއަށް 7 ވަނަ މއިލްގެގޮތުގައެ ފޮނުވި ކަމަށް ބުނެއެވެ. އިބްރާހީމް މުޙައްމަދުގެ ފަރާތުން 06 ޖަނަވަރީ 2025 ގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވި އީމެއިލް އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުގެ 4.1.1 ވަނަ ނުކުތާ
6ނަމަވެސް، 06 ޖެނުއަރީ 2025 ގައި ލިޔެ ސޮއިކޮށްފައިވާ ލިޔުމަކުން، އިބްރާހިމް މުހައްމަދުގެ ކެންޑިޑަސީ ޤަބޫލު ނުކުރާކަން އީ.ސީ އިން 07 ޖެނުއަރީ 2025 ގައި އޭނާއަށް އެންގިއެވެ. ސަބަބަކީ، އިބްރާހީމް މުޙައްމަދު ހުށަހެޅި ފޯމުގައިވާ މަޢުލޫމާތާއި ތަކެތި ޗެކްކުރިއިރު، އިބްރާހީމް މުޙައްމަދުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައިނުވާތީ ކަމަށް ބަޔާންކުރެއެވެ.
7އީ.ސީގެ މިޖަވާބާއި ގުޅިގެން، ކަންހިނގާދިޔަގޮތް ބަޔާންކޮށް، އިބްރާހިމް މުޙައްމަދުގެ ފަރާތުން 08 ޖެނުއަރީ 2025 ގައި އީ-މެއިލް އަދި ސިޓީއެއް ފޮނުވާފައި އޮތެވެ. އޭނާގެ ފަރާތުން އެދިފައިވަނީ ކެންޑިޑސަ ބަލައި ނުގަތުމަށް ނިންމި ނިންމުން އަލުން ބަލައި އިބްރާހީމް މުޙައްމަދު ހުށަހެޅި ފޯމު ބަލައިގަނެ އިންތިޚާބުގައި ބައިވެރިވެވޭނ ގޮތެ ހަދައިދިނުމަށެވެ.
8ހަމައެދުވަހު އީ -މެއިލްގެ ޒަރީޢާއިން އިބްރާހިމް މުޙައްމަދަށް ޖަވާބު ދީފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯ ކޮޕީއީ.ސީއަށް ލިބިފައި ނެތްކަމަށެވެ. އޭގެ ފަހުން 09 ޖަނަވަރީ 2025 ގެ 15:37 ގައި، އީ.ސީ އިން އިޢުލާން ކުރީ، މި ބައި-އިލެކްޝަނުގައި ދެން ކުރިމަތިލީ ކެންޑިޑޭޓް އިންތިޚާބު ވެއްޖެކަމަށެވެ. ސަބަބަކީ، މިބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވއިރި ކުރިމަތިލާފައިވަނީ އެއްމެ ފަރާތެއް ކަމުގައި ވާތީކަމަށް ބުނެއެވެ.
9މިމައްސަލަ ހުށަހެޅި ސަބަބަކީ، އިބްރާހީމް މުޙައްމަދު ހުށަހެޅި ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައި ނުވާތީކަމަށްބުނެ، އެފަރާތުން ހުށަހަޅާފައިވާ ފޯމު ބަލައިގަނެވެން ނެތްކަމަށް އީ.ސީ އިން ކަނޑައަޅާފައިވަނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުގެ ކެންޑިޑަސީ ޤަބޫލުނުކުރާކަމުގެ ލިޔުން އަދި އީމެއިލް އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު: AC/38/2025/27-(IUL)38 އިއުލާން ކަމަށްވާތީއާއި، އެގޮތަށް ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ގެއްލިފައިވާތީ ކަމަށެވެ.
1.9.މިނުކުތާ ތަފްސީލްކުރަމުން އިބްރާހީމް މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އޭނާ މެއިލްކުރުމަށްފަހު އެމެއިލް ލިބުނުތޯ ކަށަވަރުކުރަން ގުޅުމުން، އެމެއިލް ނުލިބޭކަމަށްބނު މުން، އަލުން 6 އީމެއިލްއަކަށ ބަހާލައިގެން އަލުން ފޮނުވުމުން އެމެއިލްތައް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަމަށެވެ. މިގޮތުން އިބްރާހީމް މުޙައްމަދުގެ އައިޑީ ކާޑުގެ ކޮޕީ ހިމެނޭނީ، އެގްޒިބިޓް 1 ގައި ބަޔާންކުރާ ތާވަލުގެ 1 ވަނަ ނަންބަރުގައި ފާހަގަ ކޮށްފައިވާ އީމެއިލްގައި ކަމަށާއި، މި އީމެއިލާއެކު ހަރުކުރެވިފައިވ ހުރިހާ ލިޔުންތަކެއްގެ ފައިލް ސައިޒް އެއްކޮށްލުމުން، 10 އެމްބީއަށްވުރެ ކުޑަ ވާނެކަމަށެވެ.
2.9.އޭގެ ފަހުން، ކެންޑިޑަސީ ޤަބޫލުނުކުރާކަން ކޮމިޝަނުން އެންގުމުން، ވީގޮތް ސާފުކުރުމަށް ކޮމިޝަނަށް ގުޅުމުން، ކޮމިޝަނުގެ ފަރާތުން ވާހަކަ ދެއްކި މުވައްޒަފު، 10 އެމްބީއަށްވުރެ ފައިލް ސައިޒް ބޮޑުވެގެން ކޮމިޝަނަށް އީމެއިލް ނުލިބޭ ޙާލަތުގައި އޮޓޮމޭޑެޑް "ބައުންސް ބެކް" ރެސްޕޮންސެއް އީމެއިލްކުރި ފަރާތުގެ އީމެއިލަށް ދާނެކަމަށް ބުނެފައިވާކަމަށާއި، އެފަދަ އޮޓޮމޭޓެޑް ރެސްޕޮންސެއް އޭނާއަށް ލިބިފައިނުވާކަމަށާއި، އިބްރާހީމް މުޙައްމަދުގެ ފަރާތުން ބެލި ބެލުމުން އައިޑީ ކާޑު ފޮނުވި އީމެއިލްގެ ފައިލް ސައިޒް 10 އެމްބީއަށްވުރެ ބޮޑު ނުވާކަމަށާއި، އީމެއިލް ފނުވުމަށޮ ބޭނުންކުރި ޖީމެއިލުން އެ އީމެއިލް ފޮނުވާފައިވާ އެޑްރެހަށް ޑެލިވަރީ ވެފައިވާކަން އެނގެން އޮންނާތީ، އިބްރާހީމް މުޙައްމަދު ހުށަހެޅި ފޯމާއެކު އޭނާގެ އައިޑީ ކާޑުގެ ކޮޕީ ކޮމިޝަނަށް ލިބިފައިނުވާކަމަށް ކޮމިޝަނުން ބުނާ ބުނުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭކަމަށެވެ.
3.9.ކޮމިޝަނުގެ އިއުލާނުގެ (ށ) ގެ 8 ވަނަ ނަންބަރުގައި އިންތިޚާބަށް ކުރިމަތިލުމަށް ދައްކަންޖެހޭ އިދާރީ ފީ، ބަނޑޭރި ޕޯޓަލ މެދުވެރިކޮށް ކޮމިޝަނުން ބަލައިގަންނާނީ، އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ލިބުމުންކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިމައްސަލާގައި ކަންހިނގާ ދިޔަގޮތަށ ބަލާއިރް ކޮމިޝަނުން ވާހަކަ ދެއްކި މުވައްޒަފު އިބްރާހީމް މުޙައްމަދުގެ ފަރާތުން ފޯމު ހުށަހެޅުމަށް ފޮނުވި އީމެއިލްތައް ލިބިފައިވާކަމަށްބުނެ ޗެކްކުރުމަށްފަހު، ޕޭމަންޓް އެޕްރޫވްކުރުމުން، އިބްރާހީމް މުޙައްމަދުގެ ފަރާތުން ޕޭމަންޓް ދައްކައި، ރަސީދު ކޮމިޝަނަށް ހުށަހަޅާފައިވުމުން، ޤާނޫނީ އިފްތިރާޟަކީ އިބްރާހީމް މުޙައްމަދުގެ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އެކޮމިޝަނަށް ލިބފި އިވާކަމަށަ ބެލުންކަމަށެވެ. އަދި ބަހުޘްގެ ބޭނުމަށް އިބްރާހީމް މުޙައްމަދު ފޮނުވި އީމެއިލް ނުލިބޭކަމަށް ބަލާނަމަވެސް، ކޮމިޝަނުގެ އިއުލާނުގެ (ށ) ގެ 8 ވަނަ ނަންބަރުގައިވާ ގޮތުން އިދާރީ ފީ ބަލައިގަންނަންވާނީ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުމާއި ތަކެތި ކޮމިޝަނަށް ލިބުމުންކަމަށް ބަޔާންކޮށްފައިވާއިރު، ކޮމިޝަނުން ޕޭމަންޓް އެޕްރޫވްކޮށްފައިވަނީ އިބްރާހީމް މުޙައްމަދު ހުށަހެޅި ހުށަހެޅުން ބަލަންވާ ވަރަށް ނުބަލާކަމަށެވެ. އަދި އެކަމަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކޮމިޝަނުން ކޮށްފައިވާކަމަކަށްވާނެކަމަށާއި، އެކަމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ ޙައްޤަށް ލިބޭ ގެއްލުމަކަށް ޒިންމާވާންޖެހޭނީ ކޮމިޝަނުންކަމަށެވެ.
4.9.ކޮމިޝަނުން ހުށަހަޅް ހުށަހެޅުމެއް ހުށަހެޅުމުގެ ފަހުންވެސް ކެންޑިޑަ ސީއާމެދ ގޮތެއު ނިންމުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އިން ލިބިދޭ 48 ގަޑިއިރުގެ ތެރޭގައި އެ ހުށަހެޅުމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ހުންނަ މަޢުލޫމާތު އުނިކަމާއި އެނޫންވެސް މި ކަން ބަޔާންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގެ (ށ) ގެ (8) ވަނަ ނަންބަރުގައި. އިސްތިއުނާފީ ފޯމުގައި އިއުލާނުގެ (ހ) ގެ 8 ވަނަ ނަންބަރުކަމަށް ލިޔެފައިވަނި ލިޔުމުގެ ކުށަކުންކަމަށް ބެލެވޭ ދައުލަތުގެ އިދާރާއަކުން ހެދިފައި ހުންނަ ގޯސްތައް ރަނގަޅުކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ދީފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-E/01 ޤަޟިއްޔާއިން އެނގެން އޮންނަކަމަށެވެ. މިކަންކަމަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން އިދާރީ ފީ ބަލައިގެންފައިވަނީ ޤާނޫނާ ޚިލާފަށް ކޮމިޝަނުގެ އިހުމާލުން ކަމަށާއި، ކޮމިޝަނުން ފުރަތަމަވެސް އިބްރާހީމް މުހައްމަދުގ ހުށަހެޅުނެ ރަނގަޅަށް ބެލިނަމަ، ސުންގަނޑި ހަމަވުމުގެ ކުރިން އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބުނީސްކަމަށެވެ.
10މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތްކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ ބައި- އިލެކްޝަން 2025 ފެބްރުއަރީ 08 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައި، ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުން، ކުރިމަތިލުމަށް ހުޅުވާލައި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން 22 ޑިސެންބަރު 2024 ގައި ކުރި އެ ކޮމިޝަނުގެ ނަންބަރު: AC/38/2024/498-(IUL)38 އިޢުލާނާ ގުޅިގެން، ހދ.މަކުނުދޫ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް […] އިބްރާހީމް މުޙައްމަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުން، އިބްރާހީމް މުޙައްމަދުގެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލުކޮށްދެއްވައި، އިބްރާހީމް މުޙައްމަދު ކެންޑިޑަސީ ޤަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުން، ނުވަތަ އިބްރާހީމް މުޙައްމަދުގެ ހުށަހެޅުމާއެކު އިބްރާހީމް މުޙައްމަދު އައިޑީކާޑު ކޮމިޝަނަށް ލިބިފައިނުވާކަމަށް ސާބިތުވާ ޙާލަތުގައި އައިޑީކާޑު ހުށަހެޅުމުގެ ފުރުޞަތު އޮވެމެ، އެ ފުރުޞަތު ގެއްލިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިހުމާލުންކަމުގައިވާތީ، އަލުން އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމުގެ ފުރުސަތު އިބްރާހީމް މުޙައްމަދަށް ދިނުމަށާއި، އިބްރާހީމް މުޙައްމަދުގެ ކެންޑިޑަސީ ޤަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުން" އިލެކްޝަންސް ކޮމިޝަންގެ ރައްދު
11ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ޖަވާބުގެ ގޮތުގައިމައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
1.11.އިބްރާހީމް މުޙައްމަދުގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ފުރިހަމައަށް ހުށަހަޅާފައިނުވާތީކަމަށެވެ. މިގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާނަމަ، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި މަޢުލޫމާތު ހިމެނޭ ލިސްޓު އެ އިއުލާނުގައި ހިމަނާފައިވާއިރު، އެލިސްޓުގެ (ށ) ގެ 2 ވަނަ ނަންބަރުގައި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
2.11.އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ނިޔާކުރާ ގޮތުން. ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ ނުވަތަ އެތަކެތީގެ ތެރެއިން އެއްޗެއް ސައްޙަ ނޫންކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވޭ ޙާލަތަކީ އިންތިޙާބަށ ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން ޤަބޫލުނުކުރަން ކަނޑައެޅޭނެ އަސާސެއްކަމަށެވެ.
3.11.މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިބްރާހީމް މުޙައްމަދުގެ ފަރާތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އިލެކްޝަންސްއަށް ފޮނުވާފައިވަނީ 6 ޖަނަވަރީ 2025 ގެ 13:37 ގައިކަމަށާއި، އީމެއިލް ލިބުނުތޯ ކަށަވަރުކުރުމަށް އިބްރާހީމް މުޙައްމަދު ގުޅުމުން 10 އެމްބީއަށްވުރެ ބޮޑު އީމެއިލް ނުލިބޭނެކަމަށްވާތީ ބަހާލައިގެން އީމެއިލް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން އިރުޝާދު ދިންކަމަށް ބަޔާންކޮށްފައިވާއިރު، މިއިރުޝާދަކީ އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވެސް ހިމަނާފައިވާ އިރުޝާދެއްކަމަށެވެ. ނަމަވެސް އިބްރާހީމް މުޙައްމަދުގެ ފޯމު ހުށަހަޅާފައިވަނީ އިއުލާނުގެ ސުންގަނޑި ހަމަވުމަށް ކުޑަތަންވެފައިވަނިކޮށް، އިއުލާނުގައި ބަޔާންކޮށްފައިވާ އިރުޝާދަށް ބެލުމެއްނެތިކަމަށެވެ. އަދި އޭގެ ފަހުން 6 އީމެއިލްއަކަށް ބަހާލައިގެން ފޯމާއި ލިޔެކިޔުންތައް އަލުން ފޮނުވިކަމަށް ބުނިނަމަވެސް، އައިޑީކާޑު ހިމެނޭ އީމެއިލް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާކަމަށެވެ.
4.11. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކަށް ކުރިމަތިލާންޖެހޭ މީހުން ދައްކަންޖެހޭ އިދާރީ ފީއާއި އޭ ގެ މިންވަރު ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާކަމަށާއި، އިންތިޚާބތަކު ބެހޭ ޙާއްސަ ޤާނޫނެއްގައި ކަނޑައަޅާފައިވާ އިދާރީ ފީއަކީ، އިންތިޚާބަށް ކުރިމަތިލުމަށް ފޮނުވާ މައުލޫމާތާއ ހުށަހަޅި ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެއްޗެއްގެ ގޮތުގައި ޤާނޫނު ނަންބަރު 2008/11 (އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން މައްސަލަ ހުށަހަޅާ ފަރާތަށް ޕޭމަންޓް ދެއްކޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަޖައްސާދީފައިވަނީ ފައިސާދެއްކިކަމުގެ ލިޔުމަކީ އެފަރާތުން އެޕްލިކޭޝަންގެ ސުންގަނޑި ހަމަވުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުމެއްކަމަށް ޤާނޫނުގައި ބުނާތީ އެފުރުސަތު ލިބިދިނުމުގެ ގޮތުންކަމަށެވެ.
12އިލެކްޝަން ކޮމިޝަނުން މިމައްސަލައިގައި އެދިފައިވަނީ އިބްރާހީމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ކެންޑިޑަސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅާދެއްވައި އެނިންމުން ދެމެހެއްޓުމަށެވެ.
13މިމައްސަލައި، އިބްރާހިމް މުޙައްމަދުގެ ކެންޑިޑަސީ އާ ގުޅިގެން އޭނާގެ ޝަރުޠެއް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ އީ.ސީ އަކުން ސުވާލެއް ނުއުފައްދައެވެ. ހަމައެހެންމެ، އޭނާ ހުށަހެޅި އެއްވެސް ލިޔުމެއްގެ ޞައްޙަކަމާމެދުވެސް އީ.ސީ އިން ސުވާލެއް ނުއުފައްދައެވެ. ހަމައެކަނި ސުވާލު އުފެދިފައިވަނީ އިބްރާހިމް މުޙައްމަދު ހުށަހެޅި ކަމަށް ބަޔާން ކުރާ އެނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް އީ.ސީ އަށް ނުލިބޭ ކަމާމެދު ގައެވެ. ވީމާ، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ، އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީ.ސީއަށް ލިބުން ކަމާމެދު ގައެވެ.
14މި ބައި -އިލެކްޝަނަށް ހުޅުވާލައި އީ.ސީ އިން ކުރި ނަންބަރު: AC/38/2024/498-(IUL)38 (22 ޑިސެމްބަރު 2024) އިޢުލާނުގެ (ށ) ގެ ދަށުން ބަޔާންކުރާ (8) ވަނަ ނަންބަރުގައިއޮތީ؛ "އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/1500 (ފަނަރަ ސަތޭކ) ރުފިޔާ ދެއްކިކަމުގެ ރަސީދު. ފައިސާ ދައްކާނީ ބަނޑޭރި ޕޯޓަލް ލިންކު https://bandeyripay.finance.gov.mv މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ބަލައިގަންނާނީ އިންތިޚާބަށް ކުރިމަތިލާ ފރާތުގަ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ލިބުމުންނެވެ( .ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާނެގޮތުގެ މެނުއަލް މި އިޢުލާނުގެ އެޓޭޗްމަންޓެއްގެ ގޮތުގައި ހިމަނާފައިވާނެ އަދި މުއްދަތު ހަމަވާ ދުވަހުގެ 14:00ގެ ކުރިން ފައިސާ ދައްކަން ވާނެއެވެ). ފައިސާ ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 08:30 އިން މެންދުރުފަހު 14:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 10:00 މެންދުރު 14:00 އަށެވެ. އަދި ހުކުރު ދުވަހު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00–16:00 އަށެވެ ."
15ޤާނޫނު ނަންބަރު:2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އާއި 17 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ އިންތިޚާބަށް ކުރިމަތިލުމަށް އެދި 16. (ހ) މި ޤާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ހުށަހެޅުން އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރުމުން، އެ އިޢުލާންގައިވާ ގޮތުގެމަތިން، އެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހުނ އެކަމަށް އެދި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް ފޮނުވާ 17. މި ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް މަޢުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި ކުރިމަތިލުމަށް އެދޭމީހ ހުށަހަޅާ މަޢުލޫމާތާއެކު ތިރީގައި ބުނެފައިމިވާ ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
1. އިންތިޚާބުތަކާބެހޭ ޚާއްޞަ ޤާނޫނުގައި ކަނޑައަޅާފައިވާ އިދާރީ ފީ.
16ޤާނޫނު ނަންބަރު:2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރަނީ؛ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ 51. (ހ) މި ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް މަޢުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ މަޢުލޫމާތާއެކު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮޒިޓްގ ފައިސާގެ ޢަދަދަކީ -/1,500 (އެއްހާސް ފައްސަތޭކަ) ރުފިޔާއެވެ.
17ޕްރިސިޑެންސް 1މަތީގައިވާ ޤާނޫނީ ނައްޞުތަކުން އެނގޭ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބަކަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ މަޢުލޫމާތާއެކު އިދާރީ ފީ ނުވަތަ ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ ދެއްކިކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް، އީ.ސީ އިން ކުރި ނަންބަރު: AC/38/2024/498-(IUL)38 (22 ޑިސެމްބަރު 2024) އިޢުލާނުގެ (ށ) ގެ ދަށުން ބަޔާންކުރާ (8) ވަނަ ނަންބަރުގައި އޮތްގޮތުން، ލޯކަލް ކައުންސިލް އިންތިޚާބަކަށް ކުރިމަތިލުމަށް އެދޭމީހ ހުށަހަޅާ މަޢުލޫމާތާއެކު އިދާރީ ފީ ނުވަތަ ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ ދެއްކިކަން އަންގައިދޭ ލިޔުމެއް ހުށައެއް ނޭޅޭނެއެވެ.
18ޕްރިސިޑެންސް 2އެ އިޢުލާނު ބަޔާން ކުރާގޮތުން، އެލިޔުން ލިބެން އޮތީ، " އިންތިޚާބަށް ކުރިމަތިލާ ފރާތުގަ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ލިބުމުން"... ނެވެ. ލޯކަލް ކައުންސިލެއްގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހ ހުށަހަޅާ މަޢުލޫމާތާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކުގެ ތެރޭގައި ޤާނޫނު ބަޔާންކުރާ ގޮތުން ހިމެނެންޖެހޭ ލިޔުމެއް ލިބޭނެ ހަމައެކަނި ގޮތަކަށް އޮތީ، އީ.ސީގެ ޙަވާލާދެވުނު އިޢުލާނުގަ އޮތް އިޖުރާއަތެވެ. އެގޮތަށްވެސ އެލިޔުން ލިބޭން އޮތީ، އިންތިޚާބަށް ކުރިމަތިލާ ފރާތުގަ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެއްޗަކީ ކޮބައިކަން މާނަކުރުމުގެ ތެރެއިން، "އިދާރީ ފީ ނުވަތަ ދައްކަންޖެހޭ ޑޕޮސިޓ ފައިސް ދެއްކި ލިޔުން ފިޔަވައި" މިމާނަ ދީގެންނެވެ. މި މާނަ ނުދީ، މިއިޖުރާއަތަށ ޢަމަލް ކުރުމަކީ އަމުދުން ނުކުރެވޭނެ ކަމެކެވެ.
19މިގޮތުން ބަލާއިރު، ބުނަ ޑޭރި ޕޭ މެދުވެރިކޮށް، އިދާރީ ފީ ގެ ގޮތުގައި ނުވަތަ ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ ދެއްކޭނީ، އިންތިޚާބަށް ކުރިމަތިލާ ފރާތުގަ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ލިބުމުންކަމަށް ބަޔާންކުރާތީ، އިބްރާހިމް މުޙައްމަދަށް ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފުރުޞަތު އީ.ސީ އިން ދީފައިވަނީ، އެފައިސާ ދެއްކި ލިޔުން ފިޔަވައި އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އީ.ސީ އަށް ލިބުމުން ކަމަށް ބަލަންޖެއެވެ.
20ޕްރިސިޑެންސް 3ހަޤީޤަތުގައި އީ.ސީއިން ކޮށްފައިވް ޙަވާލާދެވުނު އިޢުލާނު (ށ) ގެ 8 ވަނަ ނަންބަރުގައި ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަންނާނެ އިޖުރާއަތަކީ ޤާނޫނާއި ފުށުއަރާ އިޖުރާއަތެއްވެސް މެއެވެ. ސަބަބަކީ، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގައި؛ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި 21. (ށ) އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި ހުށަހެޅުމާމެދު ނިންމިގޮތް އެންގުން މާއްދާގެ (ހ) ގެ ދަށުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އެންގުމުގެ ކުރިން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ މި ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ހަމައަށް ހުރިތޯ އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރަންވާނެއެވެ. މިފަދައިން ބަޔާންކޮށްފައި އޮންނައިރު، ޔަޤީން ނުކުރެވޭ ގޮތަކަށް، އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ލިބެއްޖެކަމަށ އިންތިޚާބަށް ކުރިމަތިލީ މީހާއަށް އަންގައި، އޭގެ ފަހުން، މި އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއިއެކު ހުށަހަޅަންޖެހޭ ލިޔުމެއް ކަމުގައިވާ ފައިސާ ދެއްކި ކަމުގެ ރަސީދު ލިބިގަނެވޭނެ އިޖުރާއަތެއް ބަޔާންކުރާތީއެވެ.
21އީ.ސީން ޔަޤީންކުރާން ޤާނޫނުގައި އޮތްކަމެއް ޔަޤީން ކުރުމަކާއި ނުލައި، އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އީ.ސީއަށް ލިބިއްޖެކަމަށް ބުނެ، ބުނަ ޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަނެވޭ ގޮތް އީ.ސީން ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ބަޔާންވެދިޔަ އިޢުލާނުގެ (ށ) ގެ 8 ވަނަ ނަންބަރުގައި ބަޔާންކުރާ އިޖުރާއަތު އޮތް ގޮތުން، ފައިސާ ދެއްކި ލިޔުންފިޔަވައި، އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އ.ސީ އަށް ނުލިބޭނަމަ، ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައެއް ނުގަންނާނެއެވެ.
22ޕްރިސިޑެންސް 4ވީމާ، އީ.ސީއަށް އިބްރާހިމް މުޙައްމަދް ހުށަހެޅު އެންމެހާ ލިޔެކިޔުންތައް އީ.ސީއަށް ލިބިފައިވާތީ ކަމަށް ބުނެ، ބަނޑޭރި ޕޭ މެދުވެކޮށ ފައިސް ބަލައިގަންނާނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 17 ވަނަ މާއްދާގެ (2) ނަންބަރުގައި ބަޔާންކުރާ "ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް" އެލިޔުންތަކުގެ ތެރޭގައި ހިމެނި އީ.ސީ އަށް ލިބިފައިވާތީކަމަށް ސަބަބުވެރި ހަމައަކުން ބަލާއިރު ޤަބޫލު ކުރަންޖެހެއެވެ.
23އެހެނީ، މި ބައި-އިލެކްޝަނަށް ކުރިމަތިލި އިބްރާހިމް މުޙައްމަދުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީ.ސީއަށް ނުލިބޭނަމަ، އީ.ސީ އިން ކޮށްފައިވާ ޙަވާލާދެވުނު އިޢުލާނުގެ (ށ) ގެ 8 ވަނަ ނަންބަރުގައި ބަޔާންކުރާ ބުނަ ޑޭރި ޕޭއިން ފައިސާ ބަލައި ގަންނާންޖެހޭ ސަބަބެއް ނެތެވެ. އިބްރާހިމް މުޙައްމަދުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީ.ސީއަށް ލިބިފައި ނެތީސް، ބުނަ ޑޭރި ޕޭއިނ ފައިސް ދެއްކޭނެ ގޮތް ހެދުމަކީ ޤަޞްދުގައި ނޫންކަމަށްވިޔަސް އީ.ސީއަށް ހެދި ފައިވާ ގޯހެކެވެ.
24ޕްރިސިޑެންސް 5އީ.ސީއަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތީގެ ތެރޭގައި، އިބްރާހިމް މުޙައްމަދުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިމެނިފައި ނެތްނަމަ، އެކަން އޭނާއަށް އެންގުމަކީ، ޙަވާލާދެވޭ އިޢުލާނުގެ (ށ)ގެ 8 ވަނަ ނަންބަރުގައި އޮތް އިޖުރާއަތުގެ ދަށުން، އީ.ސީގެ ޒިންމާއެކެވެ. އެލިޔުން މަދުކަން އެންގިނަމަ، އެލިޔުން ހުށަހެޅުމުގެ ފުރުޞަތު ކިތައްމެ ހަނިގޮތަކަށ ނަމަވެސް އޮތެވެ. އެހެނީ، އެގްޒިބިޓް 1.13 ގެ ގޮތުގައި ހުށަހަޅާފައިވާ ބަނޑޭރި ޕޭ ރިސިޕްޓްއިން އެނގޭ ގޮތުގައި، ފައިސާ ދައްކާފައިވަނީ 6 ޖެނުއަރީ 5220 ގެ 13:54 ގައެވެ. ބަނޑޭރި ޕޭއިނ ފައިސް ދެއްކުމުގެ ކުރިން، ލިޔުންތައް ހަމަނުވާނަމަ، އެކަން އެންގުނީހެވެ. ލިޔުންތައް ހަމަވެގެން ނޫނީ ބަނޑޭރި ޕޭއިނ ފައިސާއެއް ބަލައެއް ނުގަންނާނ ކަމަށެ އީ.ސީގެ އިޢުލާނުގައި އެއޮތީ ބަޔާންކޮށްފައެވެ.
25އިބްރާހިމް މުޙައްމަދް ބަޔާންކުރާ ގޮތުން އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެޓޭޗް ކޮށްފައިވާ އީ-އެމެއިލްއަކީ 6 ޖެނުއަރީ 2025 ގެ 13:41 ގައި ފޮނުވި ކަމަށް ބަޔާންކުރާ، އެގްޒިބިޓް 5 ގެގޮތުގައ ހުށަހަޅާފައިވި އީ-މެއިލް އެވެ. އީ.ސީން ބަޔާން ކުރަނީ، ހަވާލާދޭ މެއިލް އަކީ އީ.ސީ އަށް ލިބިފައި ނެތް މެއި ލ އެއް ކަމަށެވެ. އެ މެއިލް ނުލިބުނު ސަބަބަކީ، އެމެއިލްގައ ހިމެނި އެޓޭޗްމެންޓްތައް 10MB އަށް ވުރެ ބޮޑު ވުމެވެ. އެމެއިލްގައި އެޓޭޗް ކޮށްފައިވާ 05 އެޓޭޗްމަންޓްގެ ތަފްޞީލު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. Ibrahim Mohamed ID (2)_compressed.pdf 112K Iqraar.pdf 160K LIST SOFT.xlsx 43K Election Form.pdf 3891K Ids_.pdf 6024K
26އ.ސީން ބަޔާންކުރާ ގޮތުން، މި މެއިލްއާއެކު އެޓޭޗްކޮށްފައިވާ ލިޔުންތަކުގެ ބޮޑު މިން ޖުމްލަ 10MB އަށް ވުރެ ބޮޑުކަން މަތީގައިވާ އެޓޭޗް މަންޓްތަކުގެ ބޮޑުމިން އެއްކުރުމުން އެނގޭނެ ކަމަށެވެ. މިގޮތުން، އީ.ސީ ބަޔާން ކުރާގޮތުން، ޖުމްލަ 10230KB ގެ ބޮޑުމިން މި އެޓޭޗްމަންޓތަކުގައް އެބަހުއްޓެވެ. އެއީ
10.3MB ކަމަށް އީ.ސީން ބުނެއެވެ.
27މިއީ ޚިލާފަށާ އިބްރާހިމް މުޙައްމަދް ބަޔާންކުރަނީ، ކޮންމެ މެގަ ބައިޓްއަކީ 1000KB ނޫން ކަމަށެވެ. ކޮންމެ މެގަ ބައިޓެއްގައި 1024KB ހިމެނޭނެ ކަމަށެވެ. މިގޮތަށް ހިސާބު ކުރުމުން، އިބްރާހިމް މުޙައްމަދު ފޮނުވި މަތީގައިވާ އީ-މެއިލްގެ އެޓޭޗްމަންޓްތަކުގެ ސައިޒކަ 9.990MB ކަމަށެވެ.
28މި -ބައިއިލެކްޝަނަށް ކުރިމަތި ލުމަށް އެދި ހުޅުވާލީ އިޢުލާނުގައި ބަޔާންކުރަނީ؛ "...މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައި ގަތުމަށް ހަމަޖެހިފައިވަނީ 2024 ޑިސެމްބަރު 22 ވާ އާދިއްތަ ދުވަހުގެ 10:00 ން ފެށިގެން، 2025 ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް މެއިލް ކުރާނީ މި ކޮމިޝަނުގެ [email protected] މެއިލްއަށް 10mb އަށްވުރެ ބޮޑު ނުވާގޮތަށެވެ..."
29ޕްރިސިޑެންސް 6ޢާންމު ކޮށް ބަލައި އުޅޭ ކަމަށް ބުރަވެވެނީ، 1MB އަކީ 1000KB ކަމަށެވެ. ނަމަވެސް އެގޮތަށް ބަލަނީ ޑެސިމަލް އުޞޫލުން ބޮޑުމިން ވަޒަން ކުރާ ޙާލަތުގައެވެ. މިއާޚިލާފަށް، ބައިނަރީ އުޞޫލުން ބޮޑުމިން ވަޒަން ކުރާނަމަ ބަލައިއުޅެނީ، IMB އަކީ 1024KB ކަމަށެވެ. މިތަފާތާއ ގުޅި ގޮތުން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލީ ވާހަކަތަކެއް ނުދައްކައެވެ. އަދި ޚަބީރެއްގެ ބަސް ހޯދުމަށް ދެފަރާތުން ކުރެ ފަރާތަކުން އެދިފައެއްވެސް ނެތެވެ. ނަމަވެސް މިތަފާތަކ އޮތީ ތަފާތެކެވެ. ވީމާ، އީ-މެއިލް މެދުވެރިކޮށް އިންތިޚާބަކަށް ކުރިމަތިލުމަށް އީ.ސީއަށް ހުށަހަޅާ އީ-މެއިލްތަކުގައި 10mb ހަމަކުރުމަށް ބަލާ ހަމައެއް، އަންގައިދޭން ޖެހެއެވެ.
30ހަމައެހެންމެ، ޤާނޫނުއަސާސީގެ ދަށުން ނޫނީ ޤާނޫނެއްގެ ދަށުން ބާރު ލިބިގެން ބާއްވާ އިންތިޚާބަކަށް އެދި އީ.ސީއަށް ހުށަހެޅޭނެ ގޮތަކީ އީ.މެއިލް މެދުވެރިކޮށްގެންކަން ނޫނީ އެނޫންވެސް ޑިޖިޓއަ ޒި ޕުލެޓް ފޯމެއް މެދުވެރިވެގެން ކަމަށްވާ ޙާލަތުގައި، އީ.ސީއަށް ހުށަހަޅާ ހުށަހެޅުން ފައިލްގެ ސައިޒް ބޮޑުވެގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން، އީ.ސީއަށް ނުލިބޭނަމަ، އެކަން އިންތިޚާބަށް ކުރިމަތިލާ ފަރާތަށް އޮޓޯ -ޖެނެރޭޓެޑް މެސެޖަކުން ނޫނީ އީ-މެއިލްއަކުން ނަމަވެސް، ލިބޭނެގޮތެއް އޮންނާންޖެހޭކަމަށް ދެކެމެވެ. އަދި އިންސްޓޭންޓޭނިއަސް ކޮމިއުނިކޭޝަންގ ގޮތުގައެ ބަދަލުކުރެވޭ މަޢުލޫމާތު ރައްކާކުރެވޭނެ ގޮތެއް އޮންނާންޖެހޭ ކަމަށް ދެކެމެވެ.
31މި ބައި -އިލެކްޝަނަށް ހުޅުވާލައި އީ.ސީއިންކުރި ނަންބަރުAC/38/2024/498-)38IUL( (22 ޑިސެމްބަރު 2024) އިޢުލާނުގެ (ށ) ގެ 12 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވަނީ؛ " ފޯމް ހުށަހެޅުމަށްފަހު 3004432 އަށް ގުޅުއްވާ އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރު ކުރަންވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑު ވެގެން މި ކޮމިޝަނަށް ނުލިބޭއީމެއިލްތައް ބެލޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ." މިފަދައިން ކަމަށްވާއިރު، މިއިޖުރާއަތާއި އެއްގޮތަށް އީ.ސީއަށް ގުޅައިގެން، އިބްރާހިމް މުޙައްމަދު ފޮނުވި އީމެއިލް ލިބުނުކަން ކަށަވަރު ކުރިކަމަށް އޭނާ ބުނެއެވެ. އޭނާގެ ބަހަށް ބާރުދޭ ހުއްޖަތަކީ، އީ.ސީ އިން ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ފުރުޞަތު ދިންދިނުމެވެ. ނަމަވެސް، އީ.ސީން ބަޔާންކުރާ ގޮތުން، މިކޮމިއުނިކޭޝަން ހިނގާދިޔަ ގޮތުގެ ކޯލް ރިކޯޑިންގއެއް ނެތެވެ.
32ޕްރިސިޑެންސް 7ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ބަޔާންކުރާ ގޮތުން، އަސާސީ ޙައްޤެއް އެއްވެސް މިންވަރެއް ހިފެހެއްޓިއްޖެނަމަ، އެޙައްޤު ހިފެހެއްޓުން ގޮތު ސާބިތުކޮށްދިނުމުގެ ބުރަ އޮތް އެއްފަރާތަކީ، އެޙައްޤެއް ހިފެހެއްޓި ފަރާތކެ ވެ. ވީމާ، ވަކި ހިސާބަކުން އީ.ސީގެ ފަރާތުން މީހަކު ނިކުމެ، ފޯމެއް ނުލިބެއޭ ލިޔެކިޔުން ހަމައެއް ނޫނޭ ބުނުމުން، ކެންޑިޑަސީ ޤަބޫލު ނުކުރެވޭނެ ގޮތަށް، ދެބައިކުޅަ އެއްބައި އޮންލައިންކޮށް ނޫނީ ޑިޖިޓައިޒ ކުރެވިގެން ދިއުމަކީ، އިންތިޚާބުތަކަށް ކުރިމަތިލާ މީހުންގެ އަސާސީ ޙައްޤު ފުޅާވުމުގެ ބަދަލުގައި ތައައްޞުފީކޮށް އެޙައްޤު ހިފެހެއްޓުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމެއް ކަމަށް ދެކެމެވެ. އިލެކްޝަންސް ކޮމިޝަންގެ ނަންބަރު CB/95/2025/5-38 (20 ޖަނަވަރީ 2025) ގެ ސިޓީ
33ވީމާ، ބަހުޘްގެ ބޭނުމަށް، މި ބައި-އިލެކްޝަނަށް ކުރިމަތި ލީ އިބްރާހިމް މުޙައްމަދުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އީ.ސީ އަށް ލިބިފައި ނެތްކަމަށް ބެލިނަމަވެސް، މިހެން މިކަން ދިމާވުމުގެ މައިގނަ ޑު އަސްލަކީ އީ.ސީގެ ޙަވާލާދެވުނު އިޢުލާނުގެ (ށ) ގެ 8 ވަނަ ނަންބަރުގައި ބުނަ ޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަންނާނެ ގޮތް ކަމަށް ބަޔާންކުރާ އިޖުރާއަތު އޮތް ގޮތުން ކަމަށްވާތީ، އެއިޖުރާއަތުގެ ތަރުޖަމާ އީ.ސީއާ އެއްކޮޅަށް، ނޫނީ އީ.ސީން އެދް ގޮތަކަށް ކުރެވިދާނެ ކަމަކަށް ނުފެނެއެވެ. އެއިޖުރާއަތުގެ ތަރުޖަމާ ކުރެވޭނީ، ޤާނޫނު އަސާސީގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ އަސާސީ ޙައްޤު ލިބިދެވޭ ގޮތަށެވެ.
34ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން އީ.ސީގެ ނަންބަރު:AC/38/2024/498-(IUL)38 (22 ޑިސެމްބަރު 2024) ގެ އިޢުލާނާއި ގުޅިގެން، ހދ.މަކުނުދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރަމަތި ލުމަށް އެދި އިބްރާހިމް މުޙައްމަދު ހުށަހެޅި ކެންޑިޑަސީ ބަލައި ގަތުމަށް އަމުރު ކުރަންޖެހޭ ކަމަށް ދެކެމެވެ.
35މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރަޢުޔަށް އަހުރެން ތާޢީދު ކުރަމެވެ.
36މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރަޢުޔަށް އަހުރެން ތާޢީދު ކުރަމެވެ.
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 17 ވަނަ މާއްދާގެ 1 އަދި 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި (ށ)
- އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު AC/38/2024/498-(IUL)38 (22 ޑިސެމްބަރު 2024) އިޢުލާނުގެ (ށ) ގެ 8 އަދި 12 ވަނަ ނަންބަރު
- 2022/SC-E/01
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަރުޝަދު ޢަލީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢާއިޝަތު ޝީނާ މުޙައްމަދު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް