ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/333
އިބްރާހީމްދީދީ ވ. ޢަލީދީދީ، 2019/HC-A/333
Ibraaheemdheedhee v. Aleedheedhee 2019/HC-A/333 (2019/HC-A/333, High Court of the Maldives, 14 February 2022)
އިބްރާހީމްދީދީ ވ. ޢަލީދީދީ
މައިގަނޑު ސުވާލު
"ކަރަމަތި" ފިހާރަ އާއި އޭގެ މުދާ ހުއްދަނޫން ގޮތުގައި ދަޢުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށަށް ގެނައި މައްސަލައެއްގައި، ދަޢުވާ ލިބޭ ފަރާތް ފޮނުވި ސިޓީއެއްގެ ޢިބާރާތަކުން ފިހާރައިގެ މުދަލުގެ އަގާ ބެހޭ އިޤްރާރެއް ސާބިތުވޭތޯ، އަދި doctrine of laches ގެ އުޞޫލާ ޚިލާފަށް ޙުކުމްކުރެވިފައިވޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14) އެހެން މީހެއްގެ މުދަލެއް ހުއްދަނޫން ގޮތުގައި ބެލުމުގެ ދަށަށް ގެނައުމަކީ ލޯ އޮފް ޓޯޓްގައި ބަޔާންކުރާ ހުއްދަނޫން ގޮތުގައި މުދަލަށް އަތްގަދަކުރުމުގެ (unlawful interference with goods / conversion) ތެރޭގައި ހިމެނޭ ޢަމަލެއް ކަމަށާއި، އެއީ އިސްލާމީ ޝަރީޢަތުގައިވެސް މަނާކަމެކެވެ؛ މިފަދަ ދަޢުވާއެއްގައި ޢަމަލު ހިނގި ވަގުތު ދަޢުވާކުރާ ފަރާތަށް އެ މުދަލުގެ އަތުގެވެރިކަން (possession) ނުވަތަ އަތުގެވެރިކަން ދާދިއަވަހަށް ލިބުމުގެ ޙައްޤު (right to immediate possession) އޮންނަން ޖެހެއެވެ؛ ހުއްދަނޫން ގޮތުގައި އެހެން މީހުންގެ މުދަލުގެ މައްޗަށް ތަޞައްރަފުކުރުމަށް ކުރާ އަމުރެއް ނުވަތަ ނިންމުމެއް ބާޠިލެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15) މުދަލުގެ އަތުގެވެރިކަން އެވަގުތަކު އަނެއް ފަރާތަށް އޮތްނަމަވެސް، މުދަލުގެ ޙައްޤުވެރި (މިލްކުވެރި) ފަރާތަކީ އަތުގެވެރިކަން ދާދިއަވަހަށް ލިބުމުގެ ޙައްޤު އޮތް ފަރާތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16) މިބާވަތުގެ ދަޢުވާތަކުގައި މުދަލުގެ މާނައިގައި ފައިސާ ފިޔަވައި ހުރިހާ އުފުލޭ ތަކެތި ހިމެނޭއިރު، އެކިއެކި މަޢުލޫމާތާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ އަދި ސިއްރު މަޢުލޫމާތުވެސް ހިމެނިދާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18) ޤާނޫނާ ޚިލާފަށް އެހެން މީހެއްގެ މުދަލެއް ބާރުގެ ދަށަށް ގެނެސްފިނަމަ، އެ މުދާ ޝަރުޠަކާނުލައި ވެރިޔާއާ ޙަވާލުކުރުމަށް އަންގަންޖެހެއެވެ؛ މިފަދަ މައްސަލަތަކުގައި އެގްޒެމްޕްލަރީ، އެގްރަވޭޓެޑް އަދި ނޮމިނަލް ޑެމޭޖަސް ނަގައިދެވިދާނެ ނަމަވެސް، ޢާންމުކޮށް ނަގައިދެވެނީ އެ މުދަލުގެ އޭރުގެ ބާޒާރު އަގެވެ؛ ފިޤުހީ އުޞޫލަކީ އަތުލި އެއްޗެއް އޭގެ ޒާތުގައި އަނބުރާ ރައްދުކުރުމެވެ؛ އެއްޗެއް ހަލާކުވެ ގެއްލިއްޖެނަމަ އޭގެ ޤީމަ އަދާކުރަންޖެހެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-22) މަދަނީ ކުށެއް ކުރީ ގެއްލުން ލިބުނު ފަރާތުގެ ރުހުމުގައި (consent / volenti non fit injuria) ކަމަށް ވާނަމަ ޢާންމުގޮތެއްގައި އެއީ ފުރިހަމަ ދިފާޢެކެވެ؛ ނަމަވެސް އެ ދިފާޢު ސާބިތުކުރުމުގެ ޒިންމާ އޮތީ ދިފާޢު ނަގާ ފަރާތުގެ މައްޗަށެވެ؛ ފިހާރަ ހިންގި ޢިމާރާތާއި ބިން ކުއްޔަށް ހިފާފައިވަނީ ދަޢުވާ ލިބޭ ފަރާތް ކަމަކީ ފިހާރައިގެ މުދަލުގެ އަތުގެވެރިކަން ނުވަތަ މިލްކުވެރިކަން އެފަރާތަށް އޮތްކަން ސާބިތުކޮށްދޭ ހެއްކެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 32-33) މުދަލުގެ ތަފްޞީލާއި އަގު ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ؛ މުދަލަކީ ކޮބައިކަމާއި އޭގެ ތަފްޞީލު ސާބިތުނުކޮށް ބާޒާރު އަގަށް ބަލައިގެންވެސް މުދަލުގެ އަގު ކަނޑައެޅޭނެ ގޮތެއް ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27) މަދަނީ މައްސަލަތަކުގައި އިޤްރާރަކީ އަނެކާގެ ޙައްޤެއް ނުވަތަ މަސްލަޙަތެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނެ ވާ އެއްބަސްވުމެވެ؛ އެއީ ޝަފަހީ، ކިތާބީ ނުވަތަ އިލެކްޓްރޯނިކް ފޯމެއްގައި ވެވިދާނެއެވެ؛ އެކައުންޓް ފޮތުގައިވާ ބަޔާނާއި ދެފަރާތުން ބަދަލުކުރާ ސިޓީބިޓީން ދެނެގަނެވޭ ކަންކަންވެސް އިޤްރާރުގައި ހިމެނިދާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-29) ދޭހަކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް އިޤްރާރެއްގެ ގޮތުގައި ޙުކުމްކުރެވޭނީ އެއީ ވަހުމެއް ނުވަތަ ޝައްކެއް ނެތް ސާފު ޞަރީޙަ ޤަޠުޢީ ކަމެއްނަމައެވެ؛ އިޤްރާރު ދޭހަކޮށްދޭ ބަޔާނެއް ނުވަތަ ސިޓީއެއް ކިޔަންޖެހޭނީ އެކީއެކައްޗަކަށް ކަމަށާއި، ވަކިވަކި ތަންތަނުން ޢިބާރާތް ނަގައިގެން އެއީ އިޤްރާރެއް ކަމުގައި ބަލައިނުގަނެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30) doctrine of laches ބެހޭ ނުކުތާއަށް ހައިކޯޓުގެ 2009/HC-A/327 އާއި 2017/HC-A/262 ޤަޟިއްޔާތަކުގައި ޖަވާބުދީފައިވާތީ، އެކަމުގައި ދަށުކޯޓުން ޢަމަލުކޮށްފައިވަނީ ރަނގަޅަށެވެ.
ޝަހީދު ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1ސ.މަރަދޫ ސޭބުމާގެ ޢަލީ ދީދީގެ ނަމުގައި ހިނގަމުންދިޔަ "ކަރަމަތި" އެވެ ކިޔާ ފިހާރަ އާއި އެފިހާރައިގައި ހުރި ތަކެއްޗާއި މުދަލާއި، ލޔެކިޔުންތަކާއިއެކި ސ.މަރަދޫ ސޭބމާގު / އިބްރާހީ މްދީދީގ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށްބުނެ، އޭރު އެފިހާރައިގައ ހުރި މުދަލުގެ އަގާއި، ކަރަމަތި ފިހާރައިން ލޭންދޭނަށ މީހުން ގެންގޮސްފައިވާ މުދަލަށް ނުލިބިހުރި ފައިސާ އާއި އެފިހާރައިގައ ހުރި އައިސްއަލަމާރިތަކާއި ފްރިޖްތަކާއި އެއަރކަންޑިޝަންތަކާއި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފިހާރައިގައި ބޭނުން ކުރާ އެންމެހައި ތަކެތި ޢަލީ ދީދީއާއި ވަގުތުން ޙަވާލުކުރަން އަންގައި އަމުރުކޮށްދިނުމަށްއެދ ޢަލިދީދީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
2މިމައްސަލަ ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/548 ޤަޟިއްޔާއިން ބަލައި އެކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމުމެއް ކަމަށްބުނެ، ސ.މަރަދޫ، […] / އިބްރާހީމްދީދު (އައި.ޑީ.ކާރޑް ނަންބަރު : ) އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. މި އިސްތއުނާފި ރައްދުވު ފަރާތަކީ ސ.މަރަދޫ، […] / ޢަލީދީދީ (އައި.ޑީ.ކާރޑް ނަންބަރު : ) އެވެ. މައްސަލައިގަ ފެންނަން ހުރި ބައެއް ޙަޤީޤަތް:
3"ކަރަމަތި" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފިހާރައިގައި "އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ" ދޫކޮށްފައިވަނީ ސ.މަރަދޫ، […] / ޢަލީދީދީއަށެވެ. ވިޔާފާރިކުރާ ޢިމާރާތުގެ ވެރިފަރާތަކީ އައްޑޫ ސިޓީކައުނސް ލ ގ އިދާރާއެވެ. މިހުއްދައަށ ބެލުމުން މިއީ 2001 ވަނަ އަހަރު ދ ކޮށްފައިވާ ހުއްދައެއްކަން އެނގެއެވެ.
4ސ.މަރަދޫ ސޭބުމާގެ / އިބްރާހީމްދީދީ އާއި އައްޑުއަތޮޅު އޮފީހާއި ދެމެދު 03 ޑިސެންބަރު 2007ގައި ނަންބަރު:S3/25/2007 "ވިޔަފާރީ ބަންޑާރަ ބިމާއި، ބިމުގައިވާ ޢިމާރާތް ކުއްޔަށް ހިފުމާބެހޭ އެއްބަސްވި" މެއް ވެފައިވެއެވެ. 03 ޑިސެންބަރު 2007 ގައި ވެފައިވާ މިއެއްބަސްވުން، ބާޠިލު ކުރުމަށްފަހު، 11 ސެޕްޓެންބަރު 2011 ގައި، އިބްރާހީމްދީދީ އާއި އައްޑޫ ކައުންސިލްގެ އިދާރާ އާ ދެމެދު އަލުން އެއްބަސްވުމެއް ވެފައިވެއެވެ. ފަހުން މިވ އެއްބަސްވުމުގެ ބޭނުމަކީ ކުރިން ހެދިފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާއި، މިބަންޑާރަ ބިމާއި ބިމުގައިވާ ޢިމާރާތުގައި ކުރާ ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ބޭންކުގައި މޯގޭޖްކޮށް ލޯނެއްނެގުމށްޓަކައަ މުއްދަތު އިތުރުކުރުންކަން އެނގެއެވެ. މިބިން އޮތީ، ހަނދުވަރީމަންޒިލްގޯތީގެ އުތުރުން ދަނޑުމަތީހިނގުމާއި ބެރެބެދިގޯޅ ގުޅި ކަންމައްޗަށް ވާގޮތަކަށްކަން މިއެއްބަސްވުމާއެކުގައިވާ ޗާޓުން އެނގެއެވެ. . ޑިޕާރޓްމަންޓ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޔް ތ އެންޑް ސްޕޯޓްސް ސެކްރެޓޭރިއޭޓ އޮފް އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު 2001/0001/S3-IG އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ. . އައްޑޫ ސިޓީކައުންސިލްގެ އިދާރާ އާއި ސ.މަރަދޫ ސޭބުމާގެ، އިބް ރާހިމްދީދީ އާ ދެމެދު 11 ސެޕްޓެންބަރު 2011 ގައި ކޮށްފައިވާ ނަންބަރު:S3/25/2007 އެއްބަސްވުމުގެ 01-(ހ)ގައި އަދި 22 ވަނަ މާއްދާގައި.(ފަހުން މިސޮއިކުރެވުނު އެއްބަސްވުމުގައިވެސް ނަންބަރުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ކުރިންވެފައިވާ އެއްބަސްވުމުގެ ނަންބަރުކަމަށް ބެލެވެއެވެ.)
5އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އިބްރާހީމްދީދީ ކުއްޔަށް ހިފާފައިވާ ބަންޑާރަ ބިމާއި ޢިމާރާތް ހިމެނޭ ގޮތުން، "ކަރަމަތި" ފިހާރައިގައި ކުރަމުންދިޔަ ވިޔަފާރި ފުޅާކޮށްފައިވާކަނ ހުށަހެޅުން ލިޔުންތަކުން އެނގެނި އޮވެއެވެ.
611 ސެޕްޓެންބަރު 2017 ގައި ޢަލީދީދީ ސޮއިކޮށީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވާފައިވާ ސިޓީގައި؛ " އަޅުގަނޑު، ޢަލިދީދީ އޑ: ނަމުގައިވާ ވިޔަފާރި ކަރަމަތި (ހުއްދަ ނަންބަރު :100001/S3/20-IG) ހިންގަމުން ދިޔަ އިމާރާތުގެ ކުލީގެ މުއްދަތު ހަމަވެފައިވާތީ އެއިމާރާތުގެ ވެރިފަރާތުންވަނީ އެއިމާރާއް ނަގާފައެވެ. އެހެންކަމުން މިހާރު ކަރމަތީގެ ނަމުގައަ ހިނގަމުންދިޔަ ވިޔަފާރި އެހެން އިމާރާތަކައް ބަދަލުކުރުމުގެ މަސައްކައް ކުރިއައް އެބަދެއެވެ. ވީމާ މިއިމާރާތުގެ ވެރިފަރާތައައ އެހެން ވިޔަފަރީއެއް މިއިމާރާތުގައި ރަޖިސްޓްރީ ކުރެވޭނެ ގޮއް ހަދާދެއްވުންއެދެމެވ".
7ޢަލީދީދީ 10 ޖެނުއަރީ 2018 ގައި އިބްރާހިމްދީދީ އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ؛ " އަހަރެންގެ ފިހާރައެއް ކަމަށްވާ "ކަރަމަތި" ފިހާރަ ހިންގަމުން އައި އިމާރާތް، 9 ސެޕްޓެމްބަރ 2017 ގައި އިބްރާހިމްދީދީ އަތުލިއިރު އެފިހާރަގައ ހުރި އަހަރެންގެ 3.8 މިލިއަން ރުފިޔާގެ މުދަލާއި ފިހާރައަށް ލިބެންޖެހޭ 1.2 މިލިއަން ރުފިޔާގެ ކްރެޑިޓް ފައިސާއާއި، އެތަނުގައި ހުރަ އެސެޓްތައް (ތަނުގައި ހަރުކޮށްފައިހުރި އެއަރ ކޮންޑިޝަން ފުރިޖް، ކޮމްޕިއުޓަރ ސިސްޓަމް، މުދާޖަހާފައިހުރި ހަރުތައް) 1 މަސް ދުވަހުގެ ތެރޭގައި އަހަރެންނާއި ޙަވާލުކުރުމަށް އަންގަމެވެ. އެމުދަލަކީ މީރާއަށް ޖީ.އެސް.ޓީ ދައްކަމުން އަންނަ މުދަލަށްވާތީ، މިމުއްދަތުގެ ތެރޭގައި މިފައިސާ އާއި މުދާ ޙަވާލު ނުކޮށްފިނަމަ، މިމައްސަލަ މީރާ އަށާއި ޕޮލިހަށް ހުށަހަޅާނެ ވާހަކަވެސް އެންގީމެވެ." ޢަލީދީދީ 11 ސެޕްޓެމްބަރު 2017 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއަށް ފޮނުވި ސިޓީގެ ނަކަލު. ޢަލީދީދީ 10 ޖެނުއަރީ 2018 ގައި އިބްރާހިމްދީދީއަށް ފޮނުވި ސިޓީގެ ނަކަލު.
8ޢަލީ ދީދީ މިފޮނުވ ސިޓި އާއި ގުޅިގެން، 22 ޖެނުއަރީ 2018 ގައި 6 ޞަފްޙާ ފުރެންދެންހެން ލޔެފައިވި ދިގު ސިޓީއެއް އިބްރާހީމްދީދީ، ޢަލދީދީއަށް ފޮނުވާފައިވެއެވެ. މިސީޓީގައ ޢަލިދީދީ އާއި އިބްރާހީމްދީދީގެ ޢާއިލީ ގުޅުމާއި ވިޔާފާރިތައް ފެށިގެން އައިގޮތްކަމަށް އިބްރާހީމްދީދީ ދެކޭގޮތާއި އަދި އެންމެ ފަހުން މައްސަލަ ޖެހެން ފެށިގޮތްކަމަށް އިބްރާހީމްދީދީ ޤަބލުކުރ ގޮތާ ތަފްޞީލް ގޮތެއްގައި ބަޔާން ކޮށްފައިވެއެވެ. އަދި "ކަރަމަތި" ފިހާރަ އިބްރާހީމްދީދީގ ބެލުމުގެ ދަށަށް އައިގޮތް ކަމަށް އެސިޓީގައި އޭނާ ބަޔާންކޮށްފައި އޮތީ؛ "...ކުއްލިއެއްޖަހާފައި ބޭބެ އަލަށްހުޅުވި ކުންފުނީގެ ދަށަށް ކަންކަން ބަދަލުވާން ފެށިއެވެ. ވިޔަފާރީގައި އާއި ފިހާރަތަކުގައި މައްސަލަޖެހެންފަށައިފިއެވެ. އަޅުގަނޑާއި ހާދީ މުޅިން އެކަހެރިކޮށް ވިޔަފާރީގެ ތެރެއިން ބޭރުކުރަންފަށައިފިއެވެ. އެއްދުވަހަކު ބޭބެ އަޅުގަނޑާއި ބައްދަލުކޮށްފ ބުނަ ތިމަންނަ ގަޞްދުކުރަނ ވިޔަފާރީ ބަހާލަންކަމަށާއި މިކަމާއި އިބްރާހިމްދީދީއަށ ފެންނަން ކިހިނެތް ހެއްޔެވެ. ބޭބެ އެހެން ބުނުމުން އަޅުގަނޑު ބުނީ ތިކަމާއި އަޅުގަނޑު ބުނާނީ ކީކޭތޯއެވެ. ބޭބެއަށް ފެންނަ ގޮތެއް ހަދާލާށެވެ. މިހެން ކިޔާފައި 2017 ޖެނުއަރީ މަހުންފެށިގެނ އެއްވެސް މުދަލެއް އެއްވެސް ފިހާރައަކަށް ނުވައްދާ ހުރެފައި 2017 ސެޕްޓެމްބަރ 8 ވަނަދުވަހ ރޭގަނޑު އައިސް އަޅުގަނޑާއި ދިމާލަށްބުނީ އިބްރާހިމްދީދީއަށް ކަރމަތި މާގަލަމާރޓް ހާދީ އަށް ކަމަށެވެ. އިތުރު އެއްވެސް ހިސާބެއް ކިތާބެއް ނުދެއްކިތނާ ގ އިތުރު އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ. އެރޭގައި ލިބުނު ފައިސާވެސް އަތުލައިގަތެވެ. ކަރަމަތި ހަވާލުކުރިއިރު ކަރަމަތީގައި ހުރީ -/452000ރ ގެ މުދަލެވެ. އޭގެ ތެރޭގައި ވެސް ގިނައިން ހުރީ ގެރެންޓީ ހަމަވެފައި ހުރި މުދަލެވެ. ކަރަމަތި ފިހާރައަކީ 7000 އައިޓަމާއި އެކު ހިންގަމުން އައި ފިހާރައެކެވެ. އެފިހާރަ އަޅުގަނޑާއި ޙަވާލުކުރިއިރު ހުރީ 485 އައިޓަމެވެ. މީގެ ތެރެއިން ގިނަ އައިޓަމްތައ ހުރް ގެރެންޓީ ހަމަވެފައި އާއި ގެރެންޓީ ހަމަވާން ކައިރިވެފައި ހުރި ތަކެއްޗެވެ. ފިހާރަ ހަވާ ލުކުރިއިރު ބޭބެ ބުނީ 6 މަސްދުވަހަށް ކަރަމަތި ގުދަން ތިމަންނައަށް ދިނުމަށެވެ. ބޭބެ އެދުނުގޮތަށް ބޭބެއަށް އެގުދަން އަޅުގަނޑުވަނީ 6 މަސްދުވަހަށް ދީފައެވެ. 6 މަހަށްވުރެ އިތުރަށް ގުދަން ދެވޭކަށް ނެތެވެ. އެހެންވީމާ ގުދަން ހުސްކޮށްދިނުން އެދެމެވެ. އެމައްސަލަ ގަނޑުގެ ތެރޭގައި ހާދީ އަޅުގަނޑުގެ ކާރީގައ ބުނި ވިޔަފާރި ފަށަންވެގެން ތިމަންނަ ފުރަތަމަ ފަހަރުވެސް ބޭބެއަތަށް -/26000ރ (ސާއްބީސްހާސް ރުފިޔާ/-) ދިންކަމަށެވެ. އަދި އޭގެ ފަހުން -/75000ރ(ހަތްދިހަ ފަސްހާސް ރުފިޔާ) ދިންކަމަށެވެ. މިހުރިހާކަމެއް ބޮޑުބޭބެއަށާއި މަރިޔަމް ދައްތައަށާއި ހާދީ އަށާއި ދައްތަ (ޙައްވާދީދީ) އަށް ރަނގަޅަށް އެނގޭނެއެވެ..." ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން:
9"ކަރަމަތި" ފިހާރަ، އެފިހާރައިގައ ހުރި ތަކެއްޗާއި މުދަލާއި، ލިޔެކިޔުންތަކާއިއެކު އިބްރާހީމްދީދީގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުނެ، ޢަލީދީދީ ސިވިލް ކޯޓުގައި ދަޢުވާ ކުރި އެވެ. އެދަޢުވާގައި އޭނާ އެދިފައިވަނީ، އޭރު އެފިހާރައިގައ ހުރި މުދަލުގެ އަގާއި، ކަރަމަތި ފިހާރައިން ލޭންދޭނަށ މީހުން ގެންގޮސްފައިވާ މުދަލަށް ނުލިބިހުރި ފައިސާ އާއި އެފިހާރައިގައ ހުރި އައިސްއަލަމާރިތަކާއި ފްރިޖްތަކާއި އެއަރކަންޑިޝަންތަކާއި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފިހާރައިގައި ބޭ ނުން ކުރާ އެންމެހައި ތަކެތި ޢަލީ ދީދީއާއި ވަގުތުން ޙަވާލުކރަނު އަންގައި އަމުރުކޮށްދިނުމަށެވެ. އެމައްސަލަ އެކޯޓުން ބަލާފައިވަނީ، ނަންބަރު: C/2018-Cv/548 ޤަޟިއްޔާ އިންނެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
10ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/548 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސ.މަރަދޫ ސޭބުމާގ ޢަލީދީދީގެ ނަމުގައި ރަޖިސްޓްރީކޮށްގެން ސ.މަރަދޫ ގައި ހިންގަމުން އައި "ކަރަމަތި" ފިހާރައަކީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ސ.މަރަދޫ ސޭބުމާގެ އިބްރާހީމްދީދީއަށ ކުއްޔަށް ދީފައިވާ ކުލީ ބިމެއްގައި ހަދާފައިވާ ޢިމާރާތެއްގައި ހިނގަމުންދިޔަ ފިހާރައެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، އިސްވެދެންނެވުނު ފިހާރަ (ކަރަމަތި ފިހާރަ) ދަޢުވާލިބޭ އިބްރާހީމްދީދީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަޢުވާކުރާ ޢަލީދީދީގެ ނުރުހުމުގައި ގަދަބާރުންކަމަށާއި، އަދި އެޢިމާރާތުގައި ދަޢުވާލިބޭ އިބްރާހީމްދީދީގެ ނަމުގައި މިހާރު ހިންގަމުންދާ ފިހާރައިގައި ދަޢުވާކުރާ ޢަލީދީދީގެ މުދާ ވިއްކަމުންދާކަމަށާއި، ދަޢުވާކުރާ ޢަލީދީދީގެ ނަމުގައި ހިނގަމުންދިޔަ ކަރަމަތި ފިހާރަ ދަޢުވާލިބޭ އިބްރާހީމްދީދީ ހަވާލުވީއިރު އެތަނުގައި -/000،800،3ރ. (ތިންމިލިޔަން އަށްލައްކަ ރުފިޔާ)ގެ މުދާ ހުރިކަމަށާއި، އަދި އެފިހާރަ (ކަރަމަތި ފިހާރަ) އިން ކްރެޑިޓަށް މުދާ ނަގާފައިވާ ކަސްޓަމަރުން ފިހާރައަށް ދައްކާފައިވާ -/1,200,000ރ. (އެއްމިލިޔަން ދެލައްކަ ރުފިޔާ) ދަޢުވާލިބޭ އިބްރާހީމްދީދީގެ ފަރާތުން ނަގާފައިވާކަމަށްބުނެ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ޝަރީޢަތަށް ޘާބިތުވާފަދ ކާފަ ހެއްކެއް ދަޢުވާކުރާ ޢަލީދީދީއަށް ދެއްކިފައި ނުވާތީ ދަޢުވާކުރާ ޢަލީދީދީގެ ފަރާތުން މިދަޢުވާގައި ހޯދުމަށް އެދިފައިވާ -/5,000,000ރ. (ފަސްމިލިޔަން ރުފިޔާ) ދަޢުވާލިބޭ ފަރާތުގެ ކިބައިން އެޢަދަދަށް ޝަރީޢަތުން ނަގައިދެވޭނެ ތަނެއްނެތްކަމަށާއި، ދަޢުވާކުރާ ޢަލީދީދީގެ ނަމުގައި ހިނގަމުންދިޔަ ކަރަމަތި ފިހާރަ ސ.މަރަދޫ ސޭބު މާގެ އިބްރާހީމްދީދީ ޙަވާލުވިއިރު އެތަނުގައި ހުރި މުދަލުގެ މިންވަރު ބަލައި އަގުކޮށްފައިނުވާކަން ދެފަރާތުގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮންނައިރު، އޭރު އެފިހާރައިގައ ހުރި މުދަލުގެ އަގުގެ އަސްލު މިންވަރުބަލައި ވަޒަންކުރެވޭނެ ގޮތެއް މިހާރު ނެތުމާއިއެކު ދަޢުވާލިބޭ އިބްރާހީމްދީދީގެ ފަރާތުން 22 ޖަނަވަރީ 2018 މިތާރީޚުގައި ލިޔެ ދަޢުވާކުރާ ޢަލީދީދީއަށް ފޮނުވާފައިވާ ސިޓީއެއްގައި، އިބްރާހީމްދީދީ އެފިހާރައާއި ޙަވާލުވީއިރު އެތަނުގައި ހުރީ -/452,000ރ. (ހަތަ ރުލައްކަ ފަންސާސްދެހާސް ރުފިޔާ)ގެ މުދާކަމަށް ބަޔާންކޮށްފައިވާކަން އިސްވެދެންނެވުނު ސިޓީއިން އެނގެން އޮތުމާއެކު މިޢަދަދަކ އިބްރާހީމްދީދީ އެފިހާރައާއި ޙަވާލުވީއިރު އެފިހާރައިގައ ހުރި ޢަލީދީދީގެ މުދަލުގެ އަގުގެ މިންވަރެއްގެ ގޮތުގައި އިބްރާހީމްދީދީ ވެފައިވާ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާ މިންވަރެއްކަމުން މިފައިސާ -/452,000ރ. (ހަތަރުލައްކަ ފަންސާސްދެހާސް ރުފިޔާ) އަކީ ދަޢުވާލިބޭ އިބްރާހީމްދީދީގެ ފަރާތުން ދަޢުވާކުރާ ޢަލީދީދީއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މިފައިސާ ޢަލީދީދީއަށް ލިބިދިނުމުގެ ގޮތުން 92 އޭޕްރީލް 2018 މި ދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭމިންވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާދައްކަމުން ގޮސް މީލާދީ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި މި -/000،452ރ. (ހަތަރުލައްކަ ފަންސާސްދެހާސް ރުފިޔާ) ދައްކާ ޚަލާސްކުރުމަށާއި، ސ.މަރަދޫ ކަރަމަތ ފިހާރައާއި އިބްރާހީމްދީދީ ޙަވާލުވިއިރު އެތަނުގައި ހުރި މުދަލުގެ ތެރެއިން ޢަލީދީދީގެ މުދާކަމަށް ޝަރީޢަތަށް ޘާބިތުވާ ޑިސްޕްލޭ ރެފްރިޖަރޭޓަރ 30 އޭޕްރީލް 2018 މިތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސ.މަރަދޫ ސޭބުމާގެ ޢަލީދީދީ (އައިޑީ އާއި ޙަވާލުކުރުމަށް ސ.މަރަދޫ ސޭބުމާގެ އިބްރާހީމްދީދީ (އައިޑީ އަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
11ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/548 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިބްރާހީމްދީދީގެ ފަރާތުން ތިރީގައިވާ ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
1.11. ސ.މަރަދޫ، […] / އިބްރާހުމްދީދީގެ ފަރާތުން ސ.މަރަދޫ، ސޭބު މާގެ ޢަލީދީދީއަށް 22 ޖަނަވަރީ 2018 ގައި ފޮނުވާފައިވާ ސިޓީގައި ކަރަމަތި ފިހާރައިގައި -/452,000ރ. (ހަތަރުލައްކަ ފަންސާސްދެހާސް ރުފިޔާ)ގެ މުދާ ހުރިކަމަށް ބުނެފައިވާކަމަށާއި، އެހެންކަމުން ކަރަމަތ ފިހާރާގައި ހުރި މުދަލުގެ އަގަކީ އިބްރާހީމްދީދީގެ ބުނެވިދިޔަ ސިޓީގައި ބަޔާންކުރާ އަދަދުކަން އިބްރާހީމްދީދީގެ އިޢުތިރާފުން ސާބިތުބާކަމަށ ޝަރީޢަތުން ނިންމާފައިވަން އިބްރާހީމްދީދީގެ ފަރާތުން ފޮނުވި ބުނެވިދިޔަ ސިޓީގެ މަޤްސަދާއި، އެސިޓީގައި ބަޔާންކުރާ ބުނެވިދިޔަ ބުނުމުގެ ބޭނުމުގެ މައްޗަށާއި، ތަނުގައި ހުރި ބޭނުން ނުކުރެވޭ މުދާތަކަށ އެއްވެސް މިންވަރަށް ބެއްލެވުމެއްނެތި އަދި Doctrine of laches ގެ އުސ ލާއި ޚިލާފަށްކަމަށް ނިންމާފައިވާކަމަށބުނެ ހުށަހެޅި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް:
12މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު : C/2018-Cv/548 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިބްރާހިމްދީދގީ ފަރާތުން ހުށަހަޅާފައިވާ ނުކުތއާށާއި، އެނުކުތއާ އާ ގުޅިގެން ދެފަރާތުން ދިވެހރާއްޖޭގި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔންތަކަށު ބަލާއިރު އަންނަނިވި ކަން ކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ. ޢަލީދީދީ ކުޅަ ދަޢުވާ:
13ޕްރިސިޑެންސް 1ޢަލީދީދީގެ ފަރާތުން އިބްރާހމްދީދީގެ މައްޗަށް ހުށަހެޅި "ކަރަމަތި" ފިހާރަ އާއި އެފިހާރައިގައ ހުރި ތަކެއްޗާއި މުދަލާއި، ލިޔެކިޔުންތއަ އިބްރާހީ މްދީދީގ ބާރުގެ ދަށަށް ގެންދިޔަކަމަށް ބުނާ ދަޢުވާއަކީ، ލޯ އޮފް ޓޯޓްގައި ބަޔާންކުރާ ހުއްދަ ނނ ގޮތުގައް މުދަލަށް އަތްގަދަކުރުން )interference with Goods unlawful( ތެރޭގައި ހިމެނޭ ދަޢުވާއެކެވެ. އެދަޢުވާގައި ބަޔާންކުރަނީ ކަރަމަތި ފިހާރައިގައިވާ ބަޔާންވެދިޔަ މުދާތައް އިބްރާހީމްދީދީގެ ބެލުމުގެދަށަށް )detain( ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން، މި ޢަމަލު ވެގެންދާނީ، ހުއްދަނނ ގޮތުގައް މުދައު ބެލުމުގެ ދަށަށް ގެނެސް ބަދަލު ކުރުމުގެ )conversion( ޢަމަލަކަށެވެ. މިއީ އިސްލާމީ ޝަރުޢުގައިވެސް މަނާކޮށްފައިވާ ކަމެކެވެ. އަތުގެ ވެރިކަން އޮތުން:
14އެ ދަޢުވާއަކީ ހުއްދަނނ ގޮތުގައް މުދަލަށް އަރައިގަތުން )trespass( ނޫނީ ހުއްދަނނ ގޮތުގައް މުދައު ބަދަލު ކުރުން )conversion( ކަމަށްވިޔަސް، ހުއްދަ ނނ ގޮތުގައް މުދަލަށް އަތްގަދަކޮށްފިކަމަށް ބުނެ ހުށަހަޅާ ދަޢުވާއެއްގައި، އެޢަމަލު ހިންގުނު ވަގުތު، ދަޢުވާކުރާ ފަރާތަށް އެމުދަލުގެ އަތުގެވެރިކަން )possession( ނޫނީ އަތުގެވެރިކަން ދާދިއަވަހަށް ލިބުމުގެ ޙައްޤު )right to immediate possession( އޮތް ފަރާތަކަށް ވާންޖެހެއެވެ. ހުއްދަނނ ގޮތުގައް އެހެން މީހުންގެ މުދަލުގެ މައްޗަށް ތަޞައްރަފު ކުރުމަށް ކުރާ އަމުރު ނުވަތަ ނިންމާ ނިންމުމަކީ ބާޠިލު ކަމެއް ކަމުގައި ވެގެން ދެއެވެ. މިޤާޢިދާގައ ބަޔާންކުރި ޝަރުޢީ ސަބަބުތަކަކީ، ވިއްކުމަކުން ދިނުމަކުން ހިބައަކުން ނުވަތަ އެނޫންވެސް އެފަދަ ހުއްދަ މުޢާމަލާތެއްގެ ތެރެއިން މެނުވީ އެހެން މީހެއްގެ މުދަލެއް ނެގުން ހުއްދަ ވެގެން ނުވުމެވެ.
15ޕްރިސިޑެންސް 2ޢަލީ ދީދީ ހުށަހެޅި ދަޢުވާއާއެކު ހުށަހަޅާފައިވާ "އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ" އަށް ބެލުމުން "ކަރަމަތި" ފިހރަގައިވާ މދަލުގު މިލްކުވެރި ފަރާތަކީ ޢަލދީދީކަމަށްވާތީ، އިބްރާހީމްދީދީ އެފިހާރަ ބަލަހައްޓައި އެފިހާރައިގައިވާ މުދަލުގެ އތުގެވެރިކަނަ އެވަގުތަށް އިބްރާހީމްދީދީއަށް އޮތްނަމަވެސް އެމުދަލުގެ ޙައްޤުވެރި ފަރާތަކީ ޢަލީދީދީ ކަމަށްވާތީ، އޭނާއަކީ އަތުގެވެރިކަން ދާދިއަވަހަށް ލިބިމުގެ ހައްޤުއޮތ ފަރާތްކަން އެނގެއެވެ. މުދަލުގެ މާނަ:
16ޕްރިސިޑެންސް 3މިބާވަތުގެ ދަޢުވާތަކުގައި މުދަލުގެ މާނައިގެ ތެރޭގައި ހިމެނިގެންދާނީ، ފައިސާ ފިޔަވައި، ހުރިހާ އުފުލޭ ތަކެއްޗެވެ. މީގެ އިތުރުން، މުދަލުގެ މާނައިގައި، އެކި އެކި މަޢުލމަތު ތަކާއި، އިންޓެލެކްޗުއަލް ޕްރޮޕަޓީ، އަދި ސިއްރު މަޢުލޫމާތު ހިމެނިދާނެ ކަމަށް ދެކެމެވެ. މުދާ އނަ ބުރާ ރައްދުކުރުމަށް އެދުން:
17ޕްރިސިޑެންސް 4ޤާނޫނާއި ޚިލާފަށް އެހެންމީހެއްގެ މުދަލެއް އަނެކާގެ ބާރުގެ ދަށަށް ގެނެސްފައިވާނަމަ، އެމުދައު ޝަރުޠަކާއި ނުލައި، މުދަލުގެ ވެރިޔާއަށް ޙަވާލުކުރުމަށް އެމުދާ އެމީހެއްގެ ބާރުގެ ދަށަށް ގެނެވުނު މީހާއަށް އަންގަންޖެހެއެވެ. ހުށަހެޅިފައިވާ ދަޢުވާގައި، ޢަލީދީދީ ވަނީ، ކަރަމަތި ފިހާރައާއި އެފިހާރައިގައިވާ މުދައު ޢަލދީދީއީ ޙަވާލު ކުރުމަށް އިބްރާހީމްދީދީއަށް 10 ޖެނުއަރީ 2018 ގައި އަންގާފައެވެ. މިއެންގުމާއި އެއްގޮތަށް ޝަރުޠަކާއި ނުލައި އެމުދާ އނަ ބުރާ ޙަވާލުކރުމަކު ދަޢުވީ ރައްދުވާ އިބްރާހީމްދީދީގެ ޒިންމާއެކެވެ. ނަމަވެސް، އިބްރާހީމްދީދީ ޢަމަލު ކުރިގޮތަކީ، މުދައު ޙަވާލު ކުރުމުގެ ބަދަލުގައި، އެއީ ޙަޤީޤަތެއްނެތ ވާހަކައެއް ކަމަށްބުނެ ޤާނ ނ ނަންބަރު:91/6 (މުދާ ވިއްކުމާބެހޭ ޤާނ ނ) ގައި ވިއްކާ މުދަލާ ގުޅޭ ގޮތުން ބޭނުންކޮށްފައިވަނީ "މިލްކުވެރިކަ ން" )ownership(އެވެ. ޤާނ ނ ނަންބަރު:91/6 (މުދާ ވިއްކުމާބެހޭ ޤާނ ނ) 22(ހ). އެމުދައު އޭނާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢަލީދީދީގެ ރުހުމުގައި "ކަރަމަތި" ޙަވާލު ކުރުމުން ކަމަށް ބުނުމެވެ. ނަގައިދެވޭ ބަދަލު:
18ޤާނޫނާއި ޚިލާފަށް އެހެންމީހެއްގެ މުދަލެއް އަނެކާގެ ބެލުމުގެ ދަށަށް ގެނެސްފިކަމށަ ބުން ހުށަހަޅާ މައްސަލަތަކުގައި ނަގައިދިނުމަށް އެދެވިދާނެ ގެއްލުމުގެ ބަދަލުގެ ތެރޭގައި، އެކަން ކުރިމީހާ ކުރިއަށް އޮތްތަނުގައި އެފަދަ ކަމަކަށް އަރައިގަތުން ދުރުކުރުމަށް އަދަބެއްގެ ގޮތުގައި ނަގައިދެވޭ އެގްޒެމްޕްލަރީ )y/punitiveexemplar( ޑެމޭޖަސް، އާއި އެކަންކުރ ގޮތާއި ސަބަބަށް ބަލާއިރު، އެކަމުގައި ފަލީހަތްކުރުން، ލަދުގެންނެވުން، އަބުރާބެހެން، ނަފްސާނީ އުދަގދިނުން، އިންޒާރުކުރުން، ބަންދުކުރުންފަދަ ކަމެއް ހިމެނިފައި ވުމުގެ ސަބަބުން، އެކުރި ޢަމަލުގެ ސަބަބުން ލިބޭނެ ގެއްލުމަށްވުރެ ގެއްލުން އިތުރުވެފައިވާނަމަ، އެގްރަވޭޓެޑް )aggravated( ޑެމޭޖަސް، އަދި އަސްލު ގެއްލުމެއްވެފައި ނެތްނަމަވެސް އޭނާގެ ޤާނޫނީ ޙައްޤަކަށް އރައިގަތްކަމަށްޓަކައަ ރަމްޒީ ގޮތުން ނަގައިދެވޭ ނޮމިނަލް )nominal( ޑެމޭޖަސް ހިމެނެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި މިބާވަތުގެ ދަޢުވާތަކާއި ގުޅިގެން ނަގައިދެވެނީ އެމުދަލުގެ އަގު ނޫނީ އެމުދަލާއި ގުޅިފައިވާ މަސްލަޙަތުގެ އަގެވެ. އެއަގަކީ، އެމުދަލުގެ އޭރުހުރި ބާޒާރު އަގެވެ. ފިޤުހީ އުޞޫލަކީ، އެފަދައިން އަތުލި އެއްޗެއް އޭގެ ޒާތުން އަނބުރާ ރައްދުކުރުމެވެ. އެހެނީ އަގު ދޭއިރު އުނިވެދާނެ ކަމަށްޓަކައެވެ. ނަމަވެސް، އެއެއްޗަށ އުނިކަމެއް ލިބް ހަލާކެއްވެ ގެއްލިއްޖެނަމަ، އޭގެ ޤީމ ނުވަތާ އަގު އަދާކުރަންޖެހޭނެއެވެ. Chabbra Corporation Pte. Ltd. v Jag Shakti (Owners), The Jag Shakti [1985] AKSLR 1 (PC) އިބްރާހިމްދީދީގެ ދިފާޢު:
19ޕްރިސިޑެންސް 5ޢަލީދީދީ ހުށަހެޅީ ދަޢުވި އާއާ ގުޅިގެނި އިބްރާހީމްދީދީ މައިގަނޑު ގޮތެއްގައި ނަގާފައިވާ ދިފާޢުއަކީ، "ކަރަމަތި" ފިހާރަ އިބްރާހީމްދީދީގެ ބެލު މުގެ ދަށަށް ގެނެސްފައިވަނީ ޢަލީދީދީ ރުހުމުގައީ )consent( ޙަވާލު ކުރުމުން ކަމަށެވެ. މަދަނީ މަސްއ ލިއްޔަތު އުފުލުމަށްޖެހޭ މަދަނީ ކުށުގެ ޢަމަލުތަކުގައި، އެކަމެއް ކުރީ އޭގެ ސަބަބުން ގެއްލުން ލިބުނު ފަރާތުގެ ރުހުމުގައި ކަމަށް ވާނަމަ، ޢާންމު ގޮތެއްގައި އެއީ ފުރިހަމަ ދިފާޢއެއު ކަމުގައި ވާނެއެވެ. މިދިފާޢުނ ދެކަމެއް އިފްތިރާޟް ކުރެވެއެވެ. ފުރަތަމައީ، ރުހުން އޮވެގެން ކުރާ މަދަނީ ކށުގު ޢަމަލެއްގެ ސަބަބުން، އެކަން ކުރިމީހާގެ މައްޗަށް އޮތް ޤާނޫނީ ވާޖިބާ އޭނާ ޚިލާފުވި ކަމަށް ބެލެވެން ނެތުމެވެ. ދެވަނައީ، ރުހުން އޮތުމަކީ ދަޢުވާ ކުރާމީހާ ދަޢުވާލިބޭ މީހާގެ މައްޗަށް ދަޢުވާކުރުމަށް އޮތް ޙައްޤު ދ ކޮށްލާފައިވާކަން އަންގައިދޭ ކަމަކަށްވުމެވެ.
20ރުހުން އޮވެގެން ކުރިކަމެއްކަމަށ ބުން ދިފާޢުނަގައިފިނަމަ، އެދިފާޢު ސާބިތުކޮށްދިނުމަކީ އެކަމެއް ކުރި ނުވަތަ ދަޢުވާ ލިބުނު ފަރާތުގެ މައްޗަށް އޮތް ޒިންމާއެކެވެ. ހުށަހެޅިފައިވާ މައްސަލައިގައި އެޒިންމާ އޮތީ އިބްރާހމީ ދީދް އަށެވެ. ސުވާލަކީ، އިބްރާހީމްދީދީ އަށީ އެދިފާޢު ސާބިތު ކޮށްދެވުނު ހެއްޔެވެ؟ އިބްރާހީ މްދީދީގެ ދިފާޢު ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެއްކަކީ، ޢަލދީ ދީގެ ފަރާތުން މިނިސްޓްރީ އޮފް އކޮނޮމިކި ޑިވެލޮޕްމަންޓްއަށް 11 ސެޕްޓެނބަރް 2017 ގައި ފޮނުވިކަމަށް އިސްވެ ބަޔާންކުރެވުނު ސިޓީއެވެ. އެސިޓީއަށް ބަލާއިރު، "ކަރަމަތި" ފިހާރަ މުދަލާއެކު އިބްރާހީމްދީދީއ ޙަވާލާ ކުރިކަން އެނގޭކަށް ނެތެވެ. އެސިޓީއަށް ބަލާއިރު، ކަރަމަތީގެ ނަމުގައި ހިނގަމުންދިޔަ ވިޔަފާރި އެހެން ޢިމާރާތަކަށ ބަދަލް ކުރުމުގު މަސައްކަތް ކުރިއަށްދާ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. "ވިޔަފާރި" އަކީ ގަނެ ވިއްކުމެވެ. އެއީ މުދާ ގަނެ ވިއްކުމެވެ. އެހެންކަމުން، "ކަރަމަތި" volenti non fit injuria. ފިހާރައިގެ ވިޔަފާރި އެހެން ޢިމާރާތަކަށ ބަދަލް ކުރުމުގު މަސައްކަތް ކުރިއަށް ދާވާހަކަ ބުނުމުން އެނގެނީ، "ކަރަމަތި" ފިހާރައިގައި ވިއްކުމަށް ގެނެސްފައިވާ މުދާތައް އެހެން ޢިމާރާތަކަށް ބަދަލު ކުރާ ކަމެވެ. އެމުދާތައު އިބްރާހީމްދީދީއަށ ދިންކަން ދޭހައެއް ނުކޮށް ދެއެވެ. އަދި ހަމައެހެންމެ، އެސިޓީގައި، އިމާރާތުގެ ވެރިފަރާތަށް "އެހެން ވިޔަފާރިއެއް" އެއިމާރާތުގައި ރަޖިސްޓްރީ ކުރެވޭނެ ގޮތް ހަދައިދިނުމަށް އެދިފައިވާތީ، އެއީ "ކަރަމަތި" ފިހާރައިގައ ހުރި މުދާ އިބްރާހީމްދީދީ ވިޔަފާރި ކުރަން ނުދޭކަން އަންގައިދޭ ކަމެކެވެ.
21އިބްރާހީމްދީދީ 22 ޖެނުއަރީ 2018 ގައި ޢަލީ ދީދީއަށް ފޮނުވިކަމަށް ކުރިން ބަޔާންކުރި ސިޓީގައި އޮތް " 2017 ސެޕްޓެމްބަރު 8 ވަނަދުވަހ ރޭގަނޑު އައިސް އަޅުގަނޑާއި ދިމާލަށްބުނީ އިބްރާހީ މްދީދީއަށް ކަރަމަތި މާގަލަމާރޓް ހާދީ އަށް ކަމަށެވެ." މިކަން ސާބިތު ކުރަން އިބްރާހީ މްދީދީގެ ފަރާތުން ހެކި ހުށަހަޅާފައެއް ނެތެވެ. މިދަޢުވާއާއި ގުޅިގެން އިބްރާހީމްދީދީ އާއި އައްޑޫ ސިޓީ ކައުންސިލް އިދާރާއާ ދެމެދު ވެފައިވާ އެއްބަސްވުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެއީ "ކަރަމަތި" ފިހާރަ ހިންގި ޢިމާރާތަކީ އިބްރާހީމްދީދީ ކުއްޔަށް ހިފާފައީ ވި ތަނެއްކަމުގައި ސާބިތު ކުރުމާއި، އެތަން އިބްރާހީމްދީދީގ ބާރުގެ ދަށަށް ގެނައުމަކީ ޤާނޫނާ ޚިލާފު ޢަމަލެއް ނންކަނ ސާބިތް ކޮށްދިނުމަށެވެ.
22"ކަރަމަތި" ފިހާރަ ހިންގި ޢިމރާތާއާ އެޢިމާރާތް ހުރި ބިމަކީ އިބްރާހީމްދީދީ ކުއްޔަށް ނަގާފައިވާ ތަނަކށަ ވުމުން، އެޢިމާރަތަށ ވަދެނިކުތުމަށް އޮތް ޙައްޤާއިބެހޭ ގޮތުން މިދަޢުވާގައި ސުވާލެއް އުފައްދާފައެއް ނުވެއެވެ. ސުވާލު އުފައްދާފައިވަނީ "ކަރަމަތި" ފިހާރަ އާއި އެފިހާރައިގައިވާ މުދައު އބްރާހިމްދީދީގ ބާރުގެ ދަށަށް ގެންދިޔަ ގެންދިއުމާ ގުޅޭ ގޮތުންނެވެ. "ކަރަމަތި" ފިހާރަ ހިންގި ޢިމާރާތާއި އެޢިމާރާތް ހުރި ބިމަކީ އިބްރާހީމްދީދީ ކުއްޔަށް ނަގާފައިވާ ތަނަކަށް ވުމަކީ، "ކަރަމަތި" ފިހާރައިގައ ހުރި މުދަލުގެ އަތުގެވެރިކަން ނުވަތަ މިލްކުވެރިކަން އިބރާހްމްދީދީއަށ އޮތްކަން ސާބިތުކޮށްދޭ ހެއްކެއް ނޫނެވެ. ވީމާ، އިބްރާހީމްދީދީ ނަގާފައިވާ ޢަލީދީދީގެ ރުހުން އޮތްކަމުގެ ދިފާޢު އިބްރާހީމްދީދީ އަށް ސާބިތު ކޮށްދެވިފައެއް ނެތެވެ. ގެއްލުމުގެ ބަދަލު:
23ޕްރިސިޑެންސް 6ޢަލީދީދީގެ ފަރާތުން "ކަރަމަތި" ފިހާރައިގައ ހުރި މުދަލުގެ ތަފްޞީލެއް ހުށަހަޅާފައެއް ނެތެވެ. ހަމއެކަނަ ބަޔާން ކޮށްފައިވަނީ ޢަލީދީދީއަށް ޤަބޫލު ކުރެވޭ އެތަނުގައި ހުރި މުދަލުގެ އަގެވެ. ނަމަވެސް އެތަނުގައި ހުރި މުދަލުގެ އަގު ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ދަޢުވާކުރި ޢަލީ ދީދީގެ ޒިންމާއެކެވެ. އެކަން ސާބިތުކޮށް ނުދެނީސް، ނުވަތަ އެތަނުގެ ހުރި މުދަލުގެ ތަފްޞީލު ހުށަހަޅާފައި ނެތްޙާލަތެއްގައި، ބާޒާރުގެ އަގަށް ބަލައިގެންވެސް މުދަލުގެ އަގު ޝަރީޢަތަށް ކަނޑައެޅިދާނެ ކަމަށް ނުދެކެވެ. ޢަލީދީދީ ބަޔާންކުރާ ގޮތުން، އެފިހާރައަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީކޮށް ޓެކްސް ދައްކަމުންދާ ފިހާރައެކެވެ. އެހެންކަމަށްވާނަމަ، އެފިހާރައިގައ ހުރި މުދަލުގެ ތަފްޞީލް ސްޓޮކގް ބާކީ ކޯޓަށް ހުށަނޭޅެންވީ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ. އަދި އެފަދަ ސަބަބެއް އޮތްނަމަ، އެކަން ޢަލީދީދީގެ ފަރާތުން ބަޔާން ކޮށްދީފައެއް ނެތެވެ.
24ޢަލީދީދީގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރުވެސް، އެފިހާރައިގައ ހުރި މުދަލުގެ ތަފްޞީލުތައް ބަޔާންކޮށްދީފައެއް ނެތެވެ. އެފިހާރައަކީ އައްޑގައ ހުރި އެންމި "ލާޖް" ސައިޒްގެ ފިހާރައެއްކަމަށް ބުނުމަކީ އެފިހާރައިގައ ހުރި މުދަލުގެ ތަފްޞީލުތައް ދެނެގަނެ ވޭނެ މިންވަރެއް ކަމަކަށް ނުދެކެމެވެ.
25ޢަލީ ދީދީގެ ފަރާތުން ކަރަމަތި ފިހާރައިގައި ހުރިކަމަށް ބުނާ މުދަލުގެ އަގާއި އެތަނުގައި ހުރި ބައެއް އެހެން މުދައު އޭގެ ޒާތުން ލިބިގަތުން ފިޔަވައި ގެއްލުމުގެ އެހެން ބާވަތެއްގެ ބަދަލެއް ހޯދުމަށް ދަށުކޯޓުގައި އެދިފައެއް ނެތެވެ. އިބްރާހމްދީދީގެ އީ ސްތިއުނާފީ ނުކުތާ:
26އިބްރާހީމްދީދީ އިސްތިއުނާފު ކޮށްފައިވާ ފުރަތަމަ ނުކުތާއަކީ، އޭނާ 22 ޖެނުއަރީ 2018 ގައި ޢަލދީދީއަށީ ފޮނުވި ސިޓީގައި އޮތް "ކަރަމަތި ހަވާލުކުރިއިރު ކަރަމަތީގައި ހުރީ -/452000ރ ގެ މުދަލެވެ." މިޢިބާރތުނާ އިބްރާހީމްދީދީގެ އިޢުތިރާފު ނުވަތަ އިޤްރާރު ލިބޭކަމަށް ބަލައި ޙުކުމް ކޮށްފައި އޮތް އޮތު މެވެ.
27ޕްރިސިޑެންސް 7މަދަނީ މައްސަލަތަކުގައި އިޤްރާރާ އަކީ، އަނެކާގެ ޙައްޤެއް ނުވަތަ މަސްލަޙަތެއް އޭނާގެ މައްޗަށް އެބަ އޮތްކަމަށް ބުނެ ވާ އެއްބަސްވުމެވެ. މިއެއްބަސްވުން، ޝަފަހީ (އޯރަލް) ނނ ކިތާބީ (ޑޮކިއުމެންޓްރީ) ނޫނީ އިލެކްޓްރޯނިކް ފޯމެއްގައިވެސް ވެވިދާނެއެވެ. މިގޮތުން، ދެބަސްވުން އުފެދިފައިވާ ޙަޤީޤަތާއި ގުޅޭގޮތުން ނޫނީ ދެބަސްވުން އުފެދިފައިވާ ހަޤީޤާތާއި ގުޅިފައިވާ ކަމަކާއި ގުޅޭ ގޮތުން އޭނާގެ ކިބައިގައި އޮތް މަސްއ ލިއްޔަތެއް ބަޔާންކޮށް ދޭހަކޮށްދޭ ކަންކަމަކީ، މަދަނީ މައްސަލަތަކުގައި ވެވޭ އިޤްރާރު ކަމުގައި ވާނެއެވެ. މިސާލަކަށް ދަޢުވާ ކުރާ މީހާގެ ދަޢުވާއަކީ ދަރަންޏެއް އަނބުރާ ހޯދުމެވެ. ދަޢުވާލިބޭ މީހާގެ އެކައުންޓް ފޮތުގައި އެދަރަނީގެ ވާހަކަ ބަޔާންކޮށްފައި އޮތްނަމަ، އެކަންވެގެންދާނީ ދަޢުވާލިބޭ މީހާގެ އިޤްރާރުގެ ތެރޭގައެވެ. މީގެ ތެރޭގައި ދެފަރާތުން ބަދަލު ކުރާ ސިޓީބިޓީގައ ހިމެނި ވާހަކަތަކުން ދެނެގަނެވޭ ކަންކަންވެސް ހިމެނިދާނެއެވެ. އެހެނީ ލިޔުމުން ވެވޭ އިޤްރާރަކީ އަނގަބަހުންވޭވެ އިޤްރާރެކޭ އެއްފަދަ އެއްޗެކެވެ.
28ޕްރިސިޑެންސް 8ނަމަވެސް ކޯޓުން އެފަދައިން ދޭހަކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް ޙުކުމެއް ކުރެވޭނީ، އެ އީ ސާފު ޞަރީޙަ ޤަޠުޢީ ކަމެއް ކަމުގައި ވާނަމައެވެ. އޭގައި އެއްވެސްކަހަލަ ވަހުމެއ ނުވަތް ޝައްކެއް އޮވެގެން ނުވާނެއެވެ. އެފަދަ އިޤްރާރެއް ދޭހަކޮށްދޭ ބަޔާނެއް ނުވަތަ ސިޓީއެއް ކިޔަންޖެހޭނީ އެކީއެކައްޗަކަށެވެ. ވަކިވަކި ތންތަންކޮޅަ ނަގައިގެން އެއީ އިޤްރާރެއް ކަމުގައި ބަލައިގަނެވިދާނެކަމެއް ކަމަށް ނުދެކެމެވެ.
29އިސްތިއުނާފު ކުރެވި ފައިވާ މައްސަލައިގައި، އިބްރާހީމްދީދީ 22 ޖެނުއަރީ 2018 ގައި ފޮނުވާފައިވާ ސިޓީއަކީ، ކަރަމަތި ފިހާރައިގައ ހުރި މުދަލުގެ އަގުގެ މައްޗަށް ނުވަތަ މުދަލުގެ މައްޗަށް އޭނާ ޞަރީޙަކޮށް ވެފައިވާ އިޤްރާރެއް ކަމަށް އެސިޓީ އެކުގައި ކިޔުމުން ދޭހައެއް ނުވެއެވެ. އެސިޓީއަކ ޢާއިލީ ގުޅުމަކުނ ފެށިގެން އައި ވިޔަފާރިއެއް ބޮޑުވެ ފުޅާވެގެންދިޔަ ގޮތްކަމަށް އިބްރާހީމްދީދީ ދެކޭގޮތް އޭނާގެ ބޭބެ ޢަލީދީދީއަށް ބަޔާން ކޮށްދިނުންކަން މުޅި އެސިޓީ އެކުގައި ކިޔާލުމުން އެނގެއެވެ. އެހެންކަމުން، ދަށުކޯޓުން އިބްރާހީމްދީދީގެ އިޤްރާރު ނުވަތަ އިޢުތރާފި ކަމަށު ދެކިގެން އިބްރާހީ މްދީދީގެ މައްޗަށް ކޮށްފައިވާ ޙުކުމް ރނަ ގަޅެއް ނޫނެވެ.
30ޕްރިސިޑެންސް 9އިބްރާހީމްދީދީގ އިސްތިއުނާފެ ނުކުތާގައި ފާހަގަކުރި ދެވަނަ ކަމަކީ، doctrine of laches މިއުޞލާ ޚިލާފަށް ދަށުކޯޓުން ޙުކުމް ކޮށްފައިވާކަމަށް ބުނެ ފާހަގަ ކުރި ކަންތަކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:A/327-HC/2009 ޤަޟިއްޔާއާއި ނަންބަރު: A/262-HC/2017 ޤަޟިއްޔާގައި މިކަމަށް ޖަވާބަ ދީފައިވެއެވެ. އެހެންކަމުން، ދަށުކޯޓުން މިކަމުގައި ޢަމަލުކޮށްފައި އޮތީ ރނަ ގަޅަށެވެ. ނަތީޖާ:
31ޢަލީދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިނގަމުންދިޔަ "ކަރަމަތި" ފިހާރަ އާއި އެ ފިހާރައިގައިވާ މުދާ އިބްރާހީމްދީދީގ ބެލުމުގެ ދަށަށް ގެންދިޔަކަން ސާބިތުވެއެވެ. އިބްރާހީމްދީދީ ދިފާޢުގެ ގޮތުގައި ނަގާފައިވާ، ކަރަމަތި ފިހާރަ އިބްރާހީމްދީދީގ ބެލުމުގެ ދަށަށް ގެންދިޔައީ ނންކަމާއ އެއި ޢަލީދީދީގެ ރުހުން އޮވެގެން އޭނާ ޙަވާލު ކުރި ތިނެއ ކަމަށް ބުން ބުނުން އިބްރާހަ މްދީދީއަކަށ ސާބިތް ކޮށްދެވިފައެއް ނެތެވެ.
32މިމައްސަލައިގައި، "ކަރަމަތި" ފިހާރައިގެ މުދަލުގެ ތަފްޞީލެއް އަދި އެމުދަލުގެ އަގެއް ޢަލީ ދީދީގެ ފަރާތުން ދަށީ ކޯޓުގައި ސާބިތުކޮށްދީފައެއްނެތެވެ. ދަޢުވާކުރާ ޢަލީ ދީދީގެ ފަރާތުން ކަރަމަތި ފިހާރައިގައ ހުރި މުދަލުގެ ތަފްޞީލު އެއްގޮތަކަށްވެސް ބަޔާންކޮށްދީފައި ނެތީތީ އެމުދަލުގެ އަގެއް ޝަރީޢަތަށް ކަނޑައެޅޭނެ ގޮތެއް އަދި އެމުދަލުގެ އޭރުގެ ބާޒާރު އަގެއް ބެލޭނެ ގޮތެއް ނޯންނާނެއެވެ. ޢަލީދީދީގެ ފަރާތުން އެކަން ސާބިތު ކޮށްދީފައިނެތީސް "ކަރަމަތި" ފިހާރައިގައ ހުރި މުދަލުގެ އަގުގެ ގޮތުގައި ބަޔާންކޮށް އިބްރާހް މްދީދީ އަށް ދެއްކުމަށް އެންގި އަގަކީ، ކަރަމަތި ފިހާރައިގައި ހުރި މުދަލުގެ އަގުކަމަށް އިބްރާހީމްދީދީ ވެފައިވާ އިޢުތިރާފެއްކަމަށް ދެކިގެން ކަނޑައެޅެ އަގެކެވެ. އިބްރާހީމްދީދީ ވެފައިވާ އިޢުތިރާފެއްކަމަށް ދަށުކޯޓުން ބަލައިގަނެ އެމައްޗަށް ބުރަވެ ޙުކުމް ކޮށްފައިވަނީ މިބާވަތުގެ އިޢުތިރާފު ބަލައިގަތުމުގައި ބަލަންޖެހޭ ކަންކަމަށް ބެލިގެނެއް ނޫނެވެ.
33ކަރަމަތި ފިހާރައިގައ ހުރި މުދަލަކީ ކޮބައިކަން ޢަލީދީދީގެ ފަރާތުން ސާބިތުކޮށް ނދެނީސު އެމުދަލުގެ އަގެ ޝަރީޢަތުން ލެއްވިދާނެކަމަށް ނުދެކެމެވެ.
34ކަރަމަތި ފިހާރަ އިބްރާ ހީމްދީދީގ ބެލުމުގެ ދަށަށް ގެންދިޔައިރު، އެތަނުގައި ހުރި ޑިސްޕްލޭ ރެފްރިޖަރޭޓަރ އަކީ ޢަލީދީދީގެ އެއްޗެއްކަމަށް އިބްރާހީމްދީދީ ސިވިލް ކޯޓުގައި ޢިއުތިރާފްވެފައިވާތީ، އެފިހާރާގައ ހުރި ޑިސްޕްލޭ ރެފްރިޖަރޭޓަރއަކީ ޢަލީދީދީގެ މުދަލެއްކަން އިބްރާހީމްދީދީގެ އިޢުތިރާފުން ސާބިތުވެއެވެ.
35ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު:C/2018-Cv/548 ޤަޟިއްޔާގެ ނިންމުމުގެ އ އްބަޔަށެ ބަދަލް ގެންނަންޖެހޭ ކަމަށެވެ. ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގެ 7.5 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ 2009/HC-A/327
- ހައިކޯޓުގެ 2017/HC-A/262
- Chabbra Corporation Pte. Ltd. v Jag Shakti (Owners), The Jag Shakti [1985] (PC) (ލިޔުމުގައި '[1985] AKSLR 1 (PC)' ގޮތަށް)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް