ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-S-A/11
ޙުސަައިން ޝިނާން ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2018/HC-S-A/11
Husaain Shinaan v. Prosecutor General 2018/HC-S-A/11 (2018/HC-S-A/11, High Court of the Maldives, 7 August 2018)
ޙުސަައިން ޝިނާން ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށްޓަކައި، 26 ޖޫން 2018 އިން 01 ޖުލައި 2018 ގެ ނިޔަލަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވި ބަންދުކުރެވުނު ފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުނު މައްސަލައެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އަމުރު ނެރުއްވާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް އެކަށީގެންވާ ގޮތުގެ މަތިން ރިޢާޔަތް ނުކޮށް ކަމަށެވެ (ދެވަނަ ނުކުތާ އުނިކުރިއެވެ).
މައިގަނޑު ސުވާލު
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް އެކަށީގެންވާ ގޮތުގެ މަތިން ރިޢާޔަތްނުކޮށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށްތަކެއްކަމާއި، ބަންދުގެ މައްސަލަތަކުގައި ބޭނުންވަނީ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކިކަމާއި، ހުށަހެޅި ހެކި ޤަރީނާއަކީ ތުހުމަތެއް ކުރުމަށް އެކަށީގެންވާ ހެކިކަން ފާހަގަކޮށް، އަމުރަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނުފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރެ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައިވޭތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރެ ސަބަބެއް ފުރިހަމަވެފައިވާ މީހެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ތަޙްޤީޤު މަރުޙަލާގައި އެމީހަކާ ދެކޮޅަށް ލިބިފައިވާ ހެއްކާއި ޤަރީނާގެ ބުރަދަނަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހުށަހެޅޭ ހެކި/ޤަރީނާ ވާންޖެހޭނީ އެކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާ ނޫނެވެ. އެފަދަ މައްސަލަތަކުގައި ހެކި/ޤަރީނާގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި/ޤަރީނާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު)
- 2011/SC-A/33
- 2010/SC-A/19
- 2012/HC-A/340
- 2012/HC-A/263
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް