ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/117
ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ރަޝީދު، 2024/HC-A/117
Green Paath Private Limited v. Mohamed Rasheed 2024/HC-A/117 (2024/HC-A/117, High Court of the Maldives, 26 October 2025)
ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ރަޝީދު
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ނަންބަރު 4612/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތް ޙާޟިރުނުވުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/117
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 މެއި 2024 – ބާޠިލުކުރި ތާރީޚް: 26 އޮކްޓޯބަރ 2025
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑް
5އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު ރަޝީދު
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 4612/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 4612/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/117 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/117 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމެއް 26 އޮކްޓޯބަރ 2025 ދުވަހުގެ 10:00 ގައި ބޭއްވުމަށްޓަކައި، ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑަށް އެޑްރެސްކޮށް ފޮނުވާފައިވާ، މި ކޯޓުގެ ނަންބަރު 95-B7/CHT/2025/3674 (02 އޮކްޓޯބަރ 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު" އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/117 ޤަޟިއްޔާގައި އެ ކުންފުނި ތަމްސީލުކުރުމަށް ޢައްޔަނުކޮށްފައިވާ އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީގެ ފަރާތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުވުމަށް ހަމަޖައްސާފައިވާ ވަކީލަށް އެޑްރެސްކޮށް ފޮނުވާފައިވާ، މި ކޯޓުގެ ނަންބަރު 95-B7/CHT/2025/3675 (02 އޮކްޓޯބަރ 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު"، އެ ލޯ ފަރމްއަށް ރައްދުކުރެވިފައިވާކަން ލިޔުންތަކުންދައްކައެވެ.
އަދި މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރުމަށް ވަކީލު ޢައްޔަންކޮށް 25 އޮކްޓޯބަރ 2025 (ހޮނިހިރު) ދުވަހު މި ކޯޓަށް ސިޓީއަކުން އަންގާފައިވާއިރު، މި މައްސަލައިގައި 26 އޮކްޓޯބަރ 2025 ދުވަހުގެ 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލް ކޮށްދިނުމަށްވެސް އެ ފަރމްގެ އިތުރު ސިޓީއަކުން އެދިފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދިފައިވަނީ، 26 އޮކްޓޯބަރ 2025 ދުވަހުގެ 10:00 އަށް ތާވަލުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޑުއެހުމާއި ކައިރިވަގުތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ޙާޟިރުވާންޖެހޭތީކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC- B6/2025/509 "ކޯޓަށް ޙާޟިރުވުމަށް އަންގާ އަމުރު" 03 ސެޕްޓެމްބަރ 2025 ދުވަހު ލިބިފައިވުމުންކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޙާޟިރުވާންޖެހެނީ 11:15 އަށްކަމުގައިވެފައި، އެދިވަޑައިގެންފައިވާ ގޮތުގެމަތިން މި ކޯޓުގެ ނަންބަރު 2024/HC-A/117 ޤަޟިއްޔާއާ ގުޅިގެން 26 އޮކްޓޯބަރ 2025 ދުވަހުގެ 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލް ކުރެވެން ނެތްކަމަށް، މި ކޯޓުގެ ނަންބަރު 95-B7/PRIV/2025/60 ސިޓީއިން 26 އޮކްޓޯބަރ 2025 ދުވަހުގެ 08:38 ގައި، އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރާ ލޯ ފަރމަށް އީ- މެއިލްކުރުމުން، އީ-މެއިލް ލިބިފައިވާކަމަށް 26 އޮކްޓޯބަރ 2025 ދުވަހުގެ 08:40 ގައި، އެ ލޯފަރމްއިން މި ކޯޓަށް އީ-މެއިލުން އަންގާފައިވެއެވެ.
ބުނެވިދިޔަ ގޮތުގެމަތިން ކަންހިނގާފައިވަނިކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95- B7/CHT/2025/3675 (02 އޮކްޓޯބަރ 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު"އާ ޙަވާލުވެ، ބުނެވިދިޔަ އަމުރުގައިވާ ތާރީޚާއި ގަޑިއަށް، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ ލޯ ފަރމްގެ ފަރާތުން މަޤުބޫލު ޢުޒުރެއްނެތި ޙާޟިރުވެފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ)ގެ ދަށުން، ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/117 ޤަޟިއްޔާގެ ދަޢުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފަނޑިޔާރު އިބްރާހީމް މާހިރު
- ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ (ރިޔާސަތު)، އިބްރާހީމް މާހިރު
- ރިޔާސަތު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 30 މޭ 2024 · ނިމުނީ 26 އޮކްޓޫބަރު 2025 (16.9 މަސް)