ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/412
ގޭޖް ޕްރައިވެޓް ލިމިޓެޑް ވ. ނާޝިޛު އުޘްމާން، 2022/HC-A/412
Geyj Private Limited v. Naashizu Uthmaan 2022/HC-A/412 (2022/HC-A/412, High Court of the Maldives, 6 February 2024)
ގޭޖް ޕްރައިވެޓް ލިމިޓެޑް ވ. ނާޝިޛު އުޘްމާން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޙުކުމެއް އިސްތިއުނާފުކޮށް ތަންފީޒު ފަސްކުރުމުގެ އަމުރު ހޯދުމަށްފަހު، އިސްތިއުނާފުކުރި ފަރާތުގެ ވަކީލު ބަލިވުމާއި އާއިލީ ސަބަބުތައް ބުނެ ޖެހިޖެހިގެން 3 އަޑުއެހުން ކެންސަލްކުރުމަށް އެދި، މެޑިކަލް ލިޔުމެއް ހުށަނާޅައެވެ.
މައިގަނޑު ސުވާލު
އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު މެޑިކަލް ލިޔުމެއް ހުށަނާޅައި ތަކުރާރުކޮށް އަޑުއެހުންތައް ކެންސަލްކުރުމަށް އެދެމުންދާ ޙާލަތުގައި އިސްތިއުނާފު ފޯމް ބާޠިލުކުރެވޭނެތޯ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު
ގަވާއިދާ އެއްގޮތަށް މެޑިކަލް ލިޔުން ހުށަހަޅަން އަންގައި، ނުހުށަހަޅައިފިނަމަ ބާޠިލުކުރެވޭނެކަން އެންގި ނަމަވެސް ހުށަނާޅާތީ، މައްސަލަ ލަސްކުރުމަކީ ޝަރުޢީ ނިޒާމުގެ ނަހަމަ ބޭނުމެއްކަމަށް ބުރަވެވުނެވެ.
- ހައިކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 7 ވަނަ މާއްދާ
- ހައިކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 21 ވަނަ މާއްދާ
- ބެންޗު
- ޙުސައިން މަޒީދު (ރިޔާސަތު)، މުޙައްމަދު ނިޔާޒް، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް