ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/243
ފާޠިމަތު އާމާލް ޢަބްދުއްސައްތާރު ވ. ނެތް، 2021/HC-A/243
Fathimath Aamaal Abdhusathaaru v. Not specified 2021/HC-A/243 (2021/HC-A/243, High Court of the Maldives, 30 November 2021)
ފާޠިމަތު އާމާލް ޢަބްދުއްސައްތާރު ވ. ނެތް
މައިގަނޑު ސުވާލު
ގޯތީގައިވާ ޢިމާރާތް އެއްމެދު ޢިމާރާތަކަށް ބަދަލުކޮށް ފްލޯރތައް ޢައްޔަންކުރުމަށް އެދޭ މައްސަލައެއްގައި، އެއްމެދު ޢިމާރާތުގެ ރަޖިސްޓްރީ ހުށަނާޅާތީ ސިވިލް ކޯޓުން ދަޢުވާ ފޯމު ބާޠިލުކުރުމަކީ ނެޗުރަލް ޖަސްޓިސްގެ އުޞޫލާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- އެއްމެދު ޢިމާރާތަކީ، އެއް ބިސީއަށްވުރެ ގިނަ ބިސީއަށް ވަކިން ދިރިއުޅެވޭގޮތަށް ވަކި ފުލެޓްތަކަކަށް ހަދައި، އެކަކަށްވުރެ ގިނަ މީހުންނަށް މިލްކުވެފައިވާ ޢިމާރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ޢިމާރާތެއް އެއްމެދު ޢިމާރާތެއްގެ ޝަރުޠު ހަމަވުމަކީ ކޯޓުން އެތަން އެއްމެދު ޢިމާރާތެއްގެ ގޮތުގައި ބަހައި ޢައްޔަންކޮށްދެވޭނެ ސަބަބެއް ނޫނެވެ؛ އެކަމުގެ ކުރިން ޤާނޫނު ލާޒިމްކުރާ ކަމަކީ އެއީ އެއްމެދު ޢިމާރާތެއްކަމަށް ރަޖިސްޓްރީކުރުމެވެ؛ އެއީ ކޯޓުން ކޮށްދޭ ކަމެއް ނޫން، ކަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިގެން އިދާރީ ގޮތުން ކުރަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ކޯޓު މެދުވެރިކޮށް އެއްމެދު ޢިމާރާތެއްގެ ފްލޯރތައް ޢައްޔަންކުރުމަށް އެދޭނަމަ، އެއީ އެއްމެދު ޢިމާރާތެއްކަން އެނގޭ ރަޖިސްޓްރީ ހުށަހެޅުމަކީ މައްސަލަ ބަލައިގަތުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުޠެކެވެ (prerequisite)؛ އެ ރަޖިސްޓްރީ ހުށަނާޅާނަމަ ކޯޓަކަށް އެއީ އެއްމެދު ޢިމާރާތެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ޤާނޫނު (positive law) ގައި ވަކި ކަމެއް ވަކި ގޮތަކަށް ފުރިހަމަވެގެން ނޫނީ ނުކުރެވޭނެކަމަށް ބަޔާންކުރާ ކަމެއް ކުރެވޭނީ އެގޮތަށް ކުރުމުންނެވެ؛ އެކަން ކުރުމަށް ދަތިވުމަކުން ނުވަތަ ގޮންޖެހުންތަކެއްގެ ސަބަބުން ނެޗުރަލް ޖަސްޓިސްގެ އުޞޫލުން ނުވަތަ އިސްތިޙްސާނީ އުޞޫލަކުން ފަރުވާ ނުދެވޭނެއެވެ؛ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ކުރާ ކަމަކީ ޤާނޫނީ ހަމައިން ބާޠިލު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް މައްސަލައިގެ އަސާސް ބިނާވާ ލިޔުމެއް ހުށަހަޅަން ލާޒިމްވެ އޮވެ، އެ ލިޔުން ހުށަނާޅައިފިނަމަ، އެއީ މައްސަލަ ކޯޓަށް ބަލައިނުގަތުމުގެ ޤާނޫނީ ޖާއިޒު ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ޙައްޤު ފެށޭނީ، ޤާނޫނުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަކޮށް މައްސަލަ ކޯޓަށް ހުށަހެޅުމުގެ ވާޖިބު އަދާކޮށްގެންނެވެ؛ ހުރަހެއްގެ ސަބަބުން އެ ވާޖިބު އަދާނުކުރެވޭނަމަ، ކުރަންޖެހެނީ ޤާނޫނީ އިމުގެ ތެރެއިން އެ ހުރަސް ނައްތާލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- (ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު) މައްސަލަ ހުށަހަޅާ ފޯމުގައި މަޢުލޫމާތު ފުރިހަމަވޭތޯއާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިވޭތޯ ބެލުމަކީ މައްސަލަ ރަޖިސްޓްރީކުރުމުގެ ކުރިން ރަޖިސްޓްރާރު ކުރަންޖެހޭ ކަމެކެވެ؛ ޢައްޔަންކުރުމުގެ މައްސަލައެއްގައި އެންމެ ފަހުގެ ރަޖިސްޓްރީގެ ކޮޕީއަކީ އެންމެ އަސާސީ ލިޔުމެއް ކަމަށްވާއިރު، އިތުރު މުއްދަތު ދީގެންވެސް އެ ލިޔުން ހުށަނާޅާތީ ފޯމު ބާޠިލުކުރުމަކީ ބާޠިލުކުރަންޖެހޭ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25-28، 30)
- (ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު) ނެޗުރަލް ޖަސްޓިސްގެ އުޞޫލަކީ އެއްވެސް އިސްތިސްނާއެއް ނެތި، ކޮންމެ ޙާލަތެއްގައި ތަޠުބީޤުކުރެވޭ އުޞޫލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 21C/20-Cv/1845 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، […] / ފާޠިމަތު އާމާލް ޢަބްދުއްސައްތާރު (އައި.ޑީ.ކާރޑް ނަންބަރު:) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތެއް ހިމެނިފައި ނުވެއެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2[…] ކިޔުނު ބަންޑާރަ ގޯއްޗަކީ 14 އޭޕްރީލް 1997 ގައި ކަޅުޢުމަރު ޙުސައިންގެ ޢަބްދުއްސައްތާރު ޙުސައިންގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ގޯއްޗެކެވެ.
3ޢަބްދުއްސައްތާރު ޙުސައިންގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާ މިގޯތީގައިވ އެންމެހާ ޢިމާރާތްތަކާއި ވަޅު ފަދަ ތަންތަން އޭނާގެ ދެދަރިންކަމުގައިވާ ފަތީނާ ޢަބްދުއްސައްތާރާއި ފާޠިމަތު އާމާލު ޢަބްދުއްސައްތާރުއަށް ހިބައިން ދީފައިވެއެވެ. އަދި މިހިބައިގ މައްސަލެ މަދަނަ ކޯޓުގެ ނަންބަރު: MC/98/1100 ޤަޟިއްޔާއިން ބަލައި، ކަޅުޢުމަރު ޙުސައިންގެ ޢަބްދުއްސައްތާރު ޙުސައިންގެ ނަމުގައި މިގޯތި ރަޖިސްޓްރީކޮށްދީފައިވަނީ، […] އެވާ ކިޔާ ބަންޑާރަ ގޯތަ 3 ބައިކޮށް ދެކުނަށް އޮތް ބައިގައިވާ ޢިމާރާތްތައް ޢަބްދުއްސައްތާރު ޙުސައިންއަށް މިލްކުވެގެ ންވާކަން މިނިސްޓްރީ އޮފް ޖަސްޓި ސ އެންޑް އިސްލާމިކް އެފެއާޒް / ކޯޓު ނަންބަރު 4 އިން 7 މެއި 1996 ގައި ނިންމެވި ނަންބަރު 4/95-JC/26 ޤަޟިއްޔާއިން މިބައި ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމާއި ގުޅިގެންކަމަށް […] ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނަންބަރު ބ11850 ގައި ބަޔާންކޮށް ފައިވެއެވެ. މިހިބަ އެދެމީހުންނަށ މިލްކުވެގެންވާކަމަށް ކަނޑައެޅުމުން، މިގޯތި އެދެމީހުންގެ ނަން މަތީ ރަޖިސްޓްރީ ކޮށްދީފައިވެއެވެ.
4[…] އެވާ ކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ 06 ފަންގިފިލާއާއި ޓެރެސ ހިމެނޭހެން ކޮށްފައިވާ ޢިމާރާތުގެ ފްލޯރތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އާއި އެޤާނޫނުގެ ދަށުން ހަދައިފައިވާ އެއްމެދު ޢިމާރާތްކުރުމުގެ ޤަވާޢި ދ އެއްގޮތްވާ ގޮތުގެ މަތިން […] އެއްމެދު ޢިމާރާތަކަށް ބަދަލުކޮށް، ޢިމާރާތުގައި ހިމެނޭ އެޕާޓްމަންޓްތައް ޢައްޔަނުކޮށް، ޢިމާރާތުގެ ވެރިފަރާތްތަކުގެ މެދުގައި ހަމަހަމައަށް ބަހައި ވަކިވަކިން ރަޖިސްޓްރީ ކޮށްދިނުމަށް އެދި ފާޠިމަތު އާމާލް ޢަބްދުއްސައްތާރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
5އެ މައްސަލައި ގައި […] ކިޔާ ޢިމާރާތުގެ ފްލޯ ޢައްޔަންކުރުމަށް ބޭނުންވާ އެއްމދެ ޢިމާރާތުގެ ރަޖިސްޓްރީ ހުށަހަޅާފައިނުވާތީ، އެރަޖިސްޓްރީ ހުށަހެޅުމަށް ސިވިލް ކޯޓުނި 23 މެއި 2021 ގައި ފާޠަ މަތި އާމާލް ޢަބްދުއްސައްތާރުއަށް އެންގިއެވެ.
6[…] އެވާ ކިޔާ ބަންޑާރަ ގޯތި އެއްމެދު ޢިމާރާތެއްގައި ރަޖިސްޓްރީކުރެވެނީ އިޝާރާތް ކުރެވުނު ލިޔުން ހުށަހެޅިގެންކަމަށް ބަޔާންކޮށް، މިލިޔުމާއ ނުލައި ފާޠިމަތު އާމާލް ޢަބްދުއްސައްތާރުގެ ފަރާތުން ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމައި މައްސަލައިގެ ދަޢުވާ ފޯމު ސިވިލް ކޯޓުން ބާޠިލްކު ރިއެވެ. ފާޠިމަތު އާމާލް ޢަބްދުއްސަތާރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިމިވަނީ މިމައްސަލައވެ. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނަންބަރު ބ11850 މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަ ބަލާ ޑިވިޒަނަށ މައްސަލް ހުށަހަޅަ ފޯމު، އެންޓްރީ ނަންބަރު 1945. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
7ސިވިލް ކޯޓުގެ ނަންބަރު: C/2021-Cv1845 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، […] އެވާ ކިޔުނު ބަންޑާރަ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ފްލޯރތައް ބެހެނިވެރިންގެ މެދުގައި ބައިކޮށް، ޢައްޔަންކުރުމަށް އެދި ފާޠިމަތު އާމާލް ޢަބްދުއްސައްތާރު ހުށަހަޅާފައިވާ މިމައްސަލައިގައި، […] އެވާ ކިޔު ބަންޑާރަ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ އެއްމެދު ޢިމާރާތުގެ ރަޖިސްޓްރީ 20 ޖޫން 2021 ގެ ކުރިން މިކޯޓަށް ހުށަހެޅުމަށް ފާޠިމަތު އާމާލް ޢަބްދުއްސައްތާރުއަށް 23 މެއި 2021 ގައި އަންގާފައިވާއިރު، މިހާތަނަށްވެސް […] އެވާ ކިޔުނު ބަންޑާރަ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ އެއްމެދު ޢިމާރާތުގެ ރަޖިސްޓްރީ މި ކޯޓަށް ހުށަހަޅާފައިނުވާތީ، މިމައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށް ޙުކުމްކޮށްފީމެވެ". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:
8ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/1845 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާ ނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ފާޠިމަތު އާމާލް ޢަބްދުއްސައްތާރުގެ ފަރާތުން ތިރިގައިވާ ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާއަ ކ:
1.8 ނެޗުރަލް ޖަސްޓިސްގު މަފްހޫމްގެ އުޞޫ ލެއްކަމުގައިވ ނިންމާ ނިންމުމަކާ ޙާލަތަށާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު އެކަށޭނެ ނިންމުމަކަށް ވާންޖެހޭއިރު، މައްސަލައިގައި ހިމެނޭ ވާގިއާތަކާއި ޙާލަތަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމައިފައިވުމާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
9އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، […] އަކީ އިސްތިއުނާފުކުރާ ފަރާތާއި ފަތީނާ ޢަބްދުއްސައްތާރުގެ ނަންމަތީގައި ހަމަހަމައަށް ލިބިދީ ރަޖިސްޓްރީ ކޮށްދެއްވާފައިވާ ގޯއްޗެއްކަމަށެވެ. ނަމަވެސް ޢި މާރާތާއ ގޯތި ބެލެހެއްޓުމަށާއި، ގޯތިން ލިބޭ މަންފާއާ ގުޅިގެން ޢަމަލުކުރަންވީ ގޮތް ބަޔާންވެގެންވާ އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި ހެދިފައިނުވާކަމަށެވެ. އަދި ޢިމާރާތާއި ގޯއްޗާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތަކެއް އަދާކުރަމުންދަނީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތުން ކަމަށާއި، ޢިމާރާތާއި ގޯތިން ލިބޭ އެންމެހާ މަންފާއެއްވެސް މިވަގުތު ލިބިގެންދަނީ އިސްތިއުނާފުކުރާ ފަރާތަށްކަމަށެވެ. އަދި ގޯއްޗާއި ގުޅިގެން ފަތީނާ ޢަބްދުއްސައްތާރު އެއްބާރުލުން ދީފައިނުވާކަމަށާއި، އެހެންކަމުން ޢިމާރާތާއި ގޯތީގެ މަންފާތަކާއި ގުޅިގެން މުސްތަޤުބަލުގައި ޚުޞޫމާތެއް އުފެދުމުގެ އިހްތިމާލެއް އޮތުމުގެ ސަބަބުން އެކަމަށް ފުރުޞަތު ނުދިނުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ބޭނުންވަނީ ގޯތީގައި ހަފާދައިވާ ޢިމާރާތް އެއްމެދުކޮށް ޢި މާ ރާތާއ ގުޅިގެނި ދެފަރާތުގެ މަޞްލަޙަތު ވަކިކުރުމަށްކަމަށެވެ.
10ސިވިލް ކޯޓުގައި ގޮތެއް ކަނޑައެޅުމަށްޓަކައ އިސްތިއުނާފުކުރި ފަރާތުން އެދިފައިވަނީ ގޯއްޗާއި ގުޅިގެން އުފެދޭ އިލްތިޒާމްތަކާއި ލިބިދޭ މަންފާތައް ގޯތީގެ ވެރިފަރާތްތަކުގެ ދެމެދުގައި ބަހައިލެވޭނެ ގޮތެއް ހަމަޖައްސައި ދިނުންކަމަށެވެ. ސިވިލް ކޯޓުން ހުށަހެޅުމަށް އެންގި ގޯތީގެ އެއްމެދު ޢިމާރާތުގެ ރަޖިސްޓްރީ ހުށަހެޅުމަށް ޢުޒުރުވެރިވަނީ އެފަދަ ރަޖިސްޓްރީއެއް އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި ނެތުމުންކަމަށާއި، މިކަން ސިވިލް ކޯޓަށް އަންގާފައިވާނެކަމަށެވެ. އަދި ގޯތީގެ ދެން ހުރި ފަރާތާއި ގޯއްޗާއި ގުޅިގެން އެއްވެސް ކަހަލަ މުޢާމަލާތެއް ކުރުމުގެ ފުރުޞަތު ބަންދުވެފައިވާކަމަށެވެ. އެހެންކަމުން ގޯތިން ލިބޭ މަންފާ އާއި އިލްތިޒާމްތަކާމެދު ޢަމަލުކުރާނެ ގޮތެއް ހަމަޖެއްސޭނެ ގޮތެއް ނެތްއިރު، އެއްމެދު ރަޖިސްޓްރީއެއް ނެތުމުން ޢިމާ ރާތާއ ގުޅިގެނި ދެފަރާތުގެ މަޞްލަޙަތު ވަކިކުރެވޭނެ ގޮތެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
11ސިވިލް ކޯޓުން މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށްފައިވަނީ ނެޗުރަލް ޖަސްޓިސް މަފްހޫމްގެ އުޞޫލާއި ޚިލާފަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ޙައްޤަށް އުނިކަން އަންނަގޮތަށްކަމަށް ކަނޑައަޅައިދެއްވައި، ސިވިލް ކޯޓުގެ ނިންމުން ބާޠިލްކޮށް، މިމައްސަލަ ސިވިލް ކޯޓުން އަލުން ބަލަންޖެހޭކަމަށް ކަނޑައަޅުއްވައި ދެއްވައި މައްސަލަ ތަހްވީލްކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގައި އެދިފައިވެއެވެ.
12މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/1845ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ފާޠިމަތު އާމާލް ޢަބްދުއްސައްތާރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ދަށުކޯޓަށް ހުށަހެޅި ދަޢުވާ:
13އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި މައްސަލަކީ "ޢައްޔަންކުރުން/ގޯތި ބައިކުރުން" މިނަމުގައި އޮތް ފޯމަކުން ހުށަހެޅި މައްސަލައެކެވެ. މިފޯމުގައި "ބައިކުރަން ނުވަތް ޢައްޔަން ކުރަ ން އެދޭގޮތުގެ ޚުލާޞާގައި ބަޔާންކޮށްފައިވަނީ؛ "...ދަޢުވާކުރާ ފަރާތުން އެދެނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްމެދު ޢިމާރާތުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން […] އެއްމެދު ޢިމާރާތާތަކަށް ބަދަލުކޮށް، ޢި މާރާތުގައ ހިމެނި އެޕާރޓްމަންޓްތައް ޢައްޔަންކޮށް..." މިފަދައިންނެވެ. މިބަޔާނަށް ބަލާއިރު، މިބަޔާނުގައި ދެކަމެއް ހިމެނެއެވެ. ފުރަތަމަ ކަމަކީ، "އެއްމެދު ޢިމާރާތަކަށް ބަދަލު" ކުރުމެވެ. ދެވަނަ ކަމަކީ "އެޕާރޓްމަންޓްތައް ޢައްޔަން" ކުރުމެވެ. އެއްމެދު ޢިމާރާތް:
14ޕްރިސިޑެންސް 1އެއްމެދު ޢިމާރާތަކީ، އެއްބިސީއަށް ވުރެ ގިނަ ބިސީއަށ ވަކިން ދިރިއުޅެވޭ ގޮތަށް ވަކި ފުލެޓުތަކަކަށް ހަދައި، އެކަކަށްވުރެ ގިނަމީހުންނަށް މިލްކުވެފައިވާ ޢިމާރާތެވެ. މިތަޢުރީފަށް ބަލާއިރު، މައްޗަންގޮޅި ސްކައިވިލާ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ ޢިމާރާތަކީ އެއްމެދު ޢި މާރާތެއްގައި ހުންނަންވީ ޝަރުޠުތައް (1) އެއްބިސީއަށްވުރެ ގިނަ ބިސީއަށް ވަކިން ދިރިއުޅވޭ ގޮތަށް ( 2) ވަކި ފުލެޓްތަކަކަށް ހަދައި (3) އެކަ ކ ށްވުރެ ގިނަމީހުންނަށް މިލްކުވެފައިވާ (4) ޢިމާރާތެއް؛ ފުރިހަމަވާ ތަނެއްކަން އެނގެއެވެ. އެއްމެދު އިމާރާތަކަށ ބަދަލް ކުރުން:
15ޕްރިސިޑެންސް 2ޢިމާރާތަކީ އެއްމެދު ޢިމާރާތެއްގެ ޝަރުޠު ހަމަވާ ތަނަކަށްވުމަކީ އެތަން އެއްމެދު ޢިމާރާތެއްގެ ގޮތުގައި ކޯޓުން ބަހައި ޢައްޔަންކޮށްދެވޭނެ ސަބަބެއް ނޫނެވެ. އެކަން ކުރުމުގެ ކުރިން )prerequisite( ކުރުން ޤާނޫނު ލާޒިމްކުރާ ކަމަކީ އޢި މާރާތަކީ އެއްމެދު ޢި މާރާތެއްކަމަށް ރަޖިސްޓްރީ ކުރުމެވެ. މިއީ ކޯޓުން ކޮށްދޭ ކަމެއް ނޫނެވެ. މިކަމަކީ އިދާރީގޮތުން ކަމާގުޅޭ މިނިސްޓްރީ އަށް ހުށަހަޅައިގެން ކުރަންޖެހޭ ކަމެކެވެ. ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 30 ވަނަ މާއްދާ. […] ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ. ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާ އަދި "އެއްމެދު ޢިމާރާތާބެހޭ ޤަ ވާޢދު" ގެ 4 ވަނަ މާއްދާ. އެއްމެދު އިމާރާތް ކޯޓް މެދުވެރިކޮށް ޢައްޔަންކުރުން:
16ޕްރިސިޑެންސް 3ޕްރިސިޑެންސް 4ކޯޓު މެދުވެރިކޮށް އެއްމެދު ޢިމާރާތެއްގެ ފުލޯތައ ޢައްޔަންކުރުމަށް އެދް ހުށަހަޅާނަމަ، އޢެމާރާތަކީ އެއްމެދު ޢިމާރާތެއްކަން އެނގޭ ރަޖިސްޓްރީ ކޯ ޓަށް ހުށަހެޅުމަކީ އެމައްސަލައެއް ކޯޓަށް ބަލައިގަތުމުގެ ކުރިން )prerequisite( ފުރިހަމަވާންޖެހޭ ޝަރުޠެކެވެ. ސަބަބަކީ، އެއްމެދު އިމާރާތަކަށ ބަދަލް ކުރެވޭނީ ޤާނޫނާއި ގަވާއިދުގައިވާގޮތުގެ މަތިން ޢަމަލުކޮށް ރަޖިސްޓްރީ ކޮށްގެންކަމަށްވާތީއެވެ. އެފަދަ ރަޖިސްޓްރީއެއް ކޯޓަށް ހުށަނާޅާނަމަ، އެއީ އެއްމެދު ޢިމާރާތެއްގެ ގޮތުގައި ކޯޓަކަށް ބަލައެއް ނުގަނެވޭނެއެވެ. އަދި ޤާނޫނުގައި ބަޔާނކުރް ގޮތުން އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ނަތީޖާއެއްގެ ގޮތުން އޢެމާރާތުގައި ހަދާފައިވާ ފުލެޓްތައް ވިއްކައި، ހިބައިން ނުވަތަ ވަޞިއްޔަތުން ނުވަތަ އެނޫންވެސް ގޮތަކުން ދީ، ކުއްޔަށްދީ ހެދުމުގެ އިޚްތިޔާރު ލިބިދެވެއެވެ. އެހެންކަމުން، ޤާނޫނުން ވަކިގޮތަކަށް ޢަމަލު ކުރުމަށް ލާޒިމްކުރާ ކަމެއްގައި އެކަން އެގޮތަށް ނުކޮށް ވާނެ އެހެން ގޮތެއް ދެއްކޭނީ، ޤާނޫނަށް ގެނެވޭ ބަދަލަކުންނެވެ. އެކަން ކުރުމަށް ދަތިވުމަކުނ ނުވަތް ހުރި ގޮންޖެހުން ތަކެއްގެ މައްޗަށް ބަލައި، ނ ޗ ރަލް ޖަސްޓިސްގެ އުޞޫލުން ނުވަތަ އެނޫންވެސް އިސްތިޙްސާނީ އުޞޫލަކުން ފަރުވާދެވޭނެ ކަމެއް ކަމަށް ނުދެކެމެވެ.
17ޕްރިސިޑެންސް 5އެހެންކަމުން، ޤާނޫނާއި ޤަ ވާ ޢދާ އެއްގޮތަށް މައްސަލައި އްގެ އަސާސް ބިނާވާ ލިޔުމެއް ހުށަހަޅަން ލާޒިމެވެ އޮވެ، އލިޔުމެއް ހުށަނާޅައިފިނަމަ، އެއީ އެމައްސަލައެއް ކޯޓަށް ބަލައިވެސް ނުގެނެވޭނެ ޤާނޫނީ ޖާއިޒު ސަބަބެކެވެ. މިޙާލަތުގައި ނޗުރަލެ ޖަސްޓިސްގެ އުޞޫލުން ކޯޓުން ކުރަންޖެހޭނެ ކަމެއް އޮންނާނެ ކަމަކަށް ނުދެކެމެވެ. ޤާނޫނު )positive law( ގައި ވަކިކަމެއް ވަކިގޮތަކަށް ފުރިހަމަވެގެން ނޫނީ ނުކުރެވޭނެ ކަމަށް ބަޔާންކުރާ ކަންކަން ކުރެވޭނީ އެކަން އެގޮތަށް ކުރުމުންނެވެ. ކުރިން ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް، އެކަމެއް ކުރިޔަސްވާނ ޤާނޫނީ ހަމައިން ބާޠިލު ކަމަކަށެވެ. އެއީ ވުޟޫނެތި ނަމާދުކުރުން ކަހަލަ ކަމެކެވެ. ފަތީނާ ޢައްބުއްސައްތާރުގެ އެއްބާރުލުން ނުލިބުން:
18[…] ކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ ޢިމާރާތް އެއްމެދު ޢި މާރާތަކަށް ބަދަލުކޮށް، އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރެވި ވަނީ ފަތީނާ ޢަބުއްސައްތާރުގެ އެއްބާރުލުން ނުލިބިގެން ކަމަށްވާނަމަ، އެއީ ހުށަހެޅިފައިވާ މައްސަލައާއި ގުޅުން އޮތްކަމެއް ނޫނެވެ. އެއީ އެޢިމާރާތް އެއްމެދު ޢި މާރާތަކަށް ބަދަލު ކުރުމާއި ރަޖިސްޓްރީ ކުރުމާއި ގުޅިފައިވާ ކަމެކެވެ. އެކަމަކީ ކުރިން ބަޔާންކުރިހެން ކޯޓުން ކުރާކަމެއް ނޫނެވެ.
19ޕްރިސިޑެންސް 6ހަމައެހެންމެ، މިއީ ބަޔާންވެދިޔަ ގޮތަށް ފަތީނާ ޢަބްދުއްސައްތާރުގެ އެއްބާރުލުން ނުލިބިގެން، އެކަމާމެދު ހުށަހެޅުނު ދަޢުވާއެއް ނޫނެވެ. އަދި ދަޢުވާއަކީ ފަތީނާ ޢަބދްއްސައްތާރާއި ފާޠިމަތު އާމާލް ޢަބްދުއްސައްތާރުއާ ދެމެދު އޮތް ދެބަސްވުން ޞުލްޙަ )mediate( ކުރުމަށް ހުށަހެޅި މައްސަލައެއްވެސް ނޫނެވެ. އެހެންކަމުން، ހުށަހެޅިފައިވާ ދަޢުވާއަށް ބަލާއިރު، މިދަޢުވާގެ ތެރެއިން އެއްވެސް ފަރާތަކަށް އަޑުއެހުމެއް ނުލިބިގެން، ނުވަތަ އެނޫންވެސް ސަބަބަކާހެދި ނެޗުރަލް ޖަސްޓިސްގެ އުޞޫލާ ޚިލާފުވެވޭނެ ސަބަބެއް ނެތެވެ. އެހެނީ މިއީ ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫއަށް ބަލާއިރު، ފުރަތަމަ ކޯޓުން އެއްވެސް ފަރާތެއްގެ އަޑުއަހަން ޖެހޭ ގޮތަށް ހުށަހަޅާފައި އޮތް މައްސަލައެއް ކަމަކަށް ނުވެއެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤު ފެށޭނީވެސް، އެޙައްޤާއިގުޅިފައިވާ ވާޖިބު )duty( އަދާކޮށްގެންނެވެ. އެ ވާޖިބަކީ ޤާނޫނުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަކޮށް އެމައްސަލައެއް ކޯޓަށް ހުށަހެޅުމެވެ. އެވާޖިބު އަދާކުރެވެނ ނެތް ކޮންމެވެސް އެހެން ސަބަބެއް ނުވަތަ ހުރަހަކާ ހެދި ކަމަށް ވާނަމަ، ދެން ކުރަންޖެހޭ ކަމަކީ، އެ ސަބަބެއް ނުވަތަ އެހުރަހެއް ނައްތާލުމުގެ މަސައްކަތް ޤާނޫނީ އިމުގެ ތެރެއިން ކުރުމެވެ. އެއީ ކޯޓު މެދުވެރިކޮށް ހޯދަންޖެހޭ ފަރުވާއަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
20ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ޢައްޔަންކުރުމަށް/ ގޯތި ބައިކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
21ކޯޓުތަކުގައި އެކިއެކި މައްސަލަތައް ހުށަހެޅުމަށް އެ މައްސަލައެއްގެ ޠަބީޢަތާ ގުޅޭގޮތުން ތަފާތު ފޯމުތައް ހުންނަކަމ ފެންނަނީ އޮތް ޙަޤީޤަތެކެވެ.
22ކޮންމެ ފޯމެއްގައިވެސް އެ ފޯމަކުން ހުށަހަޅާ މައްސަލައަކާ ގުޅިގެން ކޯޓަށް އެ ފޯމާއެކު ވަކި ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.
23މިގޮތުން، މި ޤަޟިއްޔާގައި ސިވިލް ކޯޓަށް ހުށަހެޅި "ޢައްޔަންކުރުން/ ގޯތި ބައިކުރުން" މި ފޯމާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަކީ :
1.23 މައްސަލަ ހުށަހަޅަނީ ފަރުދަކު ނަމަ އެފަރާތުގެ އައިޑީކާޑު/ޕާސްޕޯޓް/ޑްރައިވިންގ ލައިސަންސް ކާޑުގެ ކޮޕީ
2.23 ބައިކުރަން ނުވަތަ ޢައްޔަންކުރަން އެދޭގޮތުގެ ލިޔުން ނުވަތަ ކުރެހުން.
3.23 ބައިކުރަން ނުވަތަ ޢައްޔަންކުރަން ހުށަހަޅާ ރަޖިސްޓްރީ ކޮށްފައިވާ މުދަލެއްނަމަ އެންމެ ފަހުގެ ރަޖިސްޓްރީގެ ކޮޕީ.
4.23 ބައިކުރަން ނުވަތަ ޢައްޔަންކުރަންއެދެނީ ރަހުނު ކުރެވިފައިވާ މުދަލެއްނަމަ ރަހުނު ބެހެއްޓި ފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން.
5.23 ޤާނޫނީ ޝަޚްޞެއްނަމ މައްސަލަ ހުށަހެޅުމަށާއި، އެފަރާތެއް ކޯޓުގައި ތަމްޘީލު ކުރުމަށް ކަނޑައަޅާފަރާތެއް ޢައްޔަންކޮށް، ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަން ނުވަތަ ޤަރާރު ފަދަ ލިޔުންތައް.
6.23 މައްސަލަ ހުށަހަޅަނީ ޕަވަރ އޮފް އެޓާނީއެއ ލިބިގެން ކަމަށްވާނަމަ، ޕަވަރ އޮފް އޓާނީގެ ކޮޕީ.
7.23 ބޯޑު ރިޒޮލިއުޝަނުން ބާރު ލިބިގެން ހުށަހަޅާނަމަ، ބާރު ލިބިފައިވާ ފަރާތުގެ އައިޑީކާޑުގެކޮޕީ/ރަޖިސްޓްރީގެ ކޮޕީ.
24ބުނެވިދިޔަ ލިޔެކިޔުންތަކަކީ ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައްކަން އެނގެއެވެ.
25ޕްރިސިޑެންސް 7ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުމަކީ ރަޖިސްޓްރާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެކެވެ .
26އެހެންކަމުން، ކޯޓަށް މައްސަލަ ހުށަހަޅާ ފޯމު ކޯޓަށް ބަލައިގަތުމުގެ ކުރިން އެ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކޮށްފައި ވޭތޯއާއި އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހަމަޔަށް ހުށަހަޅާފައިވޭތޯ ބަލައި އެކަން ކަށަވަރުކުމަކީ ކޯޓުގައި މައްސަލަ ރަޖިސްޓްރީކުރުމުގެ ކުރި ން ކުރަންޖެހޭނެ ކަމެއްކަން އެނގެއެވެ .
27ނަމަވެސް، މި މައްސަލައި ގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޢައްޔަންކުރުމަށް/ ގޯތި ބައިކުރުމަށް ހުށަހެޅި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ "ބައިކުރަން ނުވަތް ޢައްޔަންކުރަން ހުށަހަޅާ ރަޖިސްޓްރީ ކޮށްފައިވާ ޤާނޫނު ނަންބަރު 2010/22 ކޯޓުތަކުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ހ) މުދަލެއްނަމަ އެންމެ ފަހުގެ ރަޖިސްޓްރީގެ ކޮޕީ " ލިޔުން ހުށަހަޅާފައި ނެތްކަން އެނގެންއޮވެއެވެ. އަދި އެ ލިޔުމަކީ ޢައްޔަންކުރުމަށް/ ގޯތި ބައިކުރުމަށް ހުށަހަޅާ މައްސަލައިގެ އެންމެ އަސާސީ އެއް ލިޔުންކަން އެނގެއެވެ .
28ބުނެވިދިޔަ ލިޔުން ފޯމާއެކު ހުށަހަޅާފައި ނުވާތީ، އެ ލިޔުން ހުށަހެޅުމަށް ޝަރީޢަތުން އިތުރު މުއްދަތެއް ދީފައިފައިވެއެވެ. އަދި އެ މުއްދަތުގައި އެ ލިޔުން ހުށަހަޅާފައި ނުވުމުގެ ސަބަބުން ފޯމު ބާޠިލުކޮށް މައްސަލައި ގައި ޙުކުމްކޮށްފައިވާކަން އެނގެއެވެ.
29ޕްރިސިޑެންސް 8އެ ޙުކުމް ނެޗުރަލް ޖަސްޓިސްގެ މަފްހޫމްގެ އުޞޫ ލެއްކަ މުގައިވާ ނިންމާ ނިންމުމަކީ ޙާލަތަށާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު އެކަށޭނެ ނިންމުމަކަށް ވާންޖެހޭއިރު، މައްސަލައިގައި ހިމެނޭ ވާގިއާތަކާއި ޙާލަތަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް މައްސަލަ ނިންމާފައިވާކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތުން އެކަން ފާހަގަކޮށް ވަކާލާ ތުކޮށްފައިވެއެވެ. ނަމަވެސް، ނެޗުރަލް ޖަސްޓިސްގެ އުޞޫލަކީ އެއްވެސް އިސްތިސްނާއެއް ނެތި ތަޠުބީޤުކުރެވޭ އުޞޫލެއް ނޫނެވެ. އަދި އެއީ ކޮންމެ ކޮންމެ ޙާލަތެއްގއަ ތަޠުބީޤުކުރެވޭނެ އުޞޫލެއްވެސް ނޫންކަން ފާހަގަކުރަމެވެ .
30ދަށު ކޯޓުން ނިންމި ނިންމުމަކީ ނެޗުރަލް ޖަސްޓިސްގެ އުޞޫލު ކޮންމެހެން ތަޠުބީޤުކުރަންޖެހޭ ޙާލަތުގައި އެ އުޞޫލު ތަޠުބީޤުކުރުމެއްނެތ ނިންމި ނިންމުމެއްކަން އިސްތިއުނާފުކުރާ ފަރާތަށް ހަމަދެއްކުމާއެކު އަހުރެންނަށް ޤަބޫލުކުރެވޭ މިންވަރަށް ބަޔާންކޮށްދެވިފައި ނެތަތީއާއި މި ޙާލަތުގައި ދަށުކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ޖާއިޒު ޙުއްޖިއްޔަތެއް ދެއްކިފައި ނެތަތީ އެ ޙުކުމް ބާޠިލުކުރަންޖެހޭ ކަމަކަށް އަހުރެން ނުދެކެމެވެ.
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 30 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާ
- އެއްމެދު ޢިމާރާތާބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުއްރައޫފު އިބްރާހީމް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙަސަން ޝަފީޢު