ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/185
އެންތޮނީ ވޮރެން ނަދީޝް ޕެރޭނާ ވ. މޯލްޑިވްސް އިމިގްރޭޝަން، 2024/HC-A/185
Enthonee Voren Nadheesh Pereynaa v. Maldives Imigreyshan 2024/HC-A/185 (2024/HC-A/185, High Court of the Maldives, 10 August 2026)
އެންތޮނީ ވޮރެން ނަދީޝް ޕެރޭނާ ވ. މޯލްޑިވްސް އިމިގްރޭޝަން
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/185
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 ސެޕްޓެންބަރު 2024 – ބާޠިލުކުރި ތާރީޚް: 10 އޮގަސްޓު 2026
4އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: އެންތަނީ ވަރެން ނަދީޝް ޕެރޭރާ
5އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް)
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން (ވަގުތީ އަމުރު) އާ ގުޅޭ މައުޟޫއީ މައްސަލާގައި ގޮތެއް ކަނޑައަޅާފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ފަރާތުން ހުށަހަޅާފައިވާ ހައިކޯޓުގެ ނަންބަރު 2024/HC-A/185 ޤަޟިއްޔާގެ އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ވަކީލުގެ ފަރާތުން 09 އޮގަސްޓް 2026 ދުވަހު މިކޯޓުގައި އެދިފައިވާތީ[1] ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 75 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ[2] (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/185 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
[1]އެންތަނީ ވަރެން ނަދީޝް ޕެރޭރާ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ އެމް.އެމް. ޗެމްބަރސް އެލް.އެލް.ޕީގެ ފަރާތުން އަލްއުސްތާދާ މަރްޔަމް މުނާގެ ފަރާތުން ފޮނުވި އީމެއިލް
[2]ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ)
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 2 ސެޕްޓެމްބަރު 2024 · ނިމުނީ 10 އޮގަސްޓް 2026 (23.2 މަސް)