ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/238
އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، 2024/HC-A/238
Eekomekscheynjemvee Private Limited v. Maldives Broadkaasting Commission 2024/HC-A/238 (2024/HC-A/238, High Court of the Maldives, 11 January 2026)
އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ނަންބަރު 497-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2024/HC-A/238 އިސްތިއުނާފީ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/238
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 31 އޮކްޓޫބަރު 2024 – ބާޠިލުކުރި ތާރީޚް: 11 ޖަނަވަރީ 2026
4އިސްތިއުނާފު ކުރި ފަރާތްތައް:
ފުރިހަމަ ނަން: އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑް
5އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 497-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2024/HC-A/238 އިސްތިއުނާފީ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 497-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/238 ޤަޟިއްޔާއިން ބަލަމުންދާ އިސްތިއުނާފު، އިތުރަށް ކުރިއަށް ގެންދިޔުމަށް ބޭނުން ނުވާތީ، އިސްތިއުނާފީ ދައުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި 08 ޖަނަވަރީ 2026 ގައި، އިސްތިއުނާފު ކުރާ އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިކޯޓުގައި ތަމްސީލް ކުރުމަށް އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު އޒ.އ.ޢާއިޝަތު ޝީނާ މުޙައްމަދުގެ ފަރާތުން މި ކޯޓަށް ސިޓީ ފޮނުވާފައިވާތީ، ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/238 ޤަޟިއްޔާގެ އިސްތިއުނާފީ ދައުވާ ފޯމް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
8މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 31 އޮކްޓޫބަރު 2024 · ނިމުނީ 11 ޖަނަވަރީ 2026 (14.4 މަސް)