ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/50
ސިވިލް ސަރވިސް ކޮމިޝަން ވ. ޙުސައިން އިބްރާހީމް، 2023/HC-A/50
Civil Service Commission v. Hussain Ibrahim 2023/HC-A/50 (2023/HC-A/50, High Court of the Maldives, 26 February 2025)
ސިވިލް ސަރވިސް ކޮމިޝަން ވ. ޙުސައިން އިބްރާހީމް
މައްސަލައިގެ ޚުލާޞާ
ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 7/VTR/2022 ނިންމުން އިސްތިއުނާފުކުރިއެވެ. ޝަރީޢަތުގެ ދުވަހު ހެނދުނު ވަކީލު ބަލިވެގެން އަޑުއެހުން ފަސްކުރަން އެދުނު ނަމަވެސް ކޯޓުން އެ އެދުން ޤަބޫލުނުކުރިއެވެ؛ އޮންލައިންކޮށް ބައިވެރިވާން އެދުމުން އީމެއިލް ފޮނުވަން އެންގި ނަމަވެސް 09:35 ވީއިރުވެސް ނުފޮނުވައި ޙާޟިރުވެސް ނުވިއެވެ.
މައިގަނޑު ސުވާލު
ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވެފައިވާއިރު، ވަކީލަކު ބަލިވުމުގެ ސަބަބުން އަޑުއެހުން ފަސްކުރަން އެދި، ޝަރީޢަތަށް ޙާޟިރުނުވި އިސްތިއުނާފުކުރި ފަރާތުގެ އިސްތިއުނާފު ފޯމް ބާޠިލުކުރަންވީތޯ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު
9 ވަކީލުންނަށް ބާރުދީފައިވާއިރު އެކަކަށް ޙާޟިރުނުވެވުމަކީ ފަސްކުރާނެ ސަބަބެއް ނޫންކަމަށާއި، އޮންލައިން ފުރުޞަތުވެސް ބޭނުންނުކޮށް ޝަރީޢަތަށް ޙާޟިރުނުވުމުން ފޯމް ބާޠިލުކުރިއެވެ.
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/50
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ފެބުރުވަރީ 2023 * ބާޠިލުކުރި ތާރީޚް: 26 ފެބުރުވަރީ 2025
4އިސްތިއުނާފ ކުރް ފަރާތް: * ފުރިހަމަ ނަން: ސިވިލް ސަރވިސް ކޮމިޝަން * ޢާއްމު ނަން: - * އައިޑީކާޑު ނަންބަރު: - * މިހާރުގެ އެޑްރެސް: […] * ދާއިމީ އެޑްރެސް: […]
5އިސްތިއުނާފ ރައްދުވް ފަރާތް: * ފުރިހަމަ ނަން: ޙުސައިން އިބްރާހީމް * ޢާއްމު ނަން: ޙުސައިން * އައިޑީ* މިހާރުގެ އެޑްރެސް: […] * ދާއިމީ އެޑްރެސް: […]
6ހުށަހެޅިފައިވާ މައްސަލަ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 7/VTR/2022 ނިންމުން އިސްތިއުނާފުކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 07/VTR/2022 ނިންމުން އިސްތިއުނާފުކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން ބަލަމުންދާ ހައިކޯޓުގެ ނަންބަރު 2023/HC-A/50 ޤަޟިއްޔާގެ ޝަރީޢަތް ބޭއްވުމަށްޓަކައި، 25 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 0009: އަށް ތާވަލު ކުރެވުނު ޝަރީޢަތުގެ މަޖީލީހަށް ޙާޟިރުވުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި ފޮނުވުނު، މިކޯޓުގެ ނަންބަރު : B3/CHT/2025/755-95 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" 12 ފެބުރުވަރީ 2025 ގައި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވެފައިވާއިރު، 25 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 08:25 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ސިޓިއެއް ފޮނުވައި، އެ ކޮމިޝަނުގެ އެޓަރނި އަލްއުސްތާޛާ ނަޝްމ ވަޙީދާ ބަލިޙާލަތު ހުރިގޮތުން ސަލާމުގެ ޗުއްޓީއެއް ނަންގަވާފައިވާތީ، 25 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 09:00 އަށް ތާވަލުކުރެވިފައިވާ އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހައިކޯޓުގައި ދަޢުވާކުރާ މައްސަލަތަކާއި، ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް ހުށަހެޅޭ މައްސަލަތަކއާ ގުޅިގެނި ކޯޓުގައި ވަކީލުން މައްސަލަ ތަމްސީލު ކުރުމުގެ ބާރާއި އިޚްތިޔާރު ދީފައިވާ ޤަރާރެއް މި މައްސަލައާއި ގުޅިގެން މި ކޯޓަށް ހުށަހަޅާފައިވާއިރު، އެ ޤަރާރުގައި 09 ވަކީލުންގެ ނަން ހިމަނާފައިވާތީ، ހަމައެކަނި އެންމެ ވަކީލަކަށް ޙާޟިރު ނުވެވުނުނަމަވެސް، 25 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 0009: އަށް ތާވަލު ކުރެވިފައިވާ ޝަރީޢަތް ފަސްކޮށްދެވެނ ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް މިކޯޓުން ފޯނުން ގުޅާ އެންގިއެވެ. އެގޮތަށް އެންގުމުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މައްސަލަ އޮންލައިންކޮށްދޭން އެދުމުން، މައްސަލަ އޮންލައިންކޮށް ހިންގުމަށްޓަކައި ލިންކު ފޮނުވަންޖެހޭ އީމެއިލް އައިޑީ މިކޯޓަށް މެއިލް ކުރުމަށް އެންގުނެވެ. އެހެންނަމަވެސް، 09:35 ވީއިރުވެސް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ކޯޓަށް ހާޟިރުވުމަކާނުލައި އޮންލައިންކޮށް މައްސަލަ ހިންގުމަށްޓަކައި ލިންކު ފޮނުވަންޖެހޭ އީމެއިލް އައިޑީ ފޮނުވާފައެއްވެސް ނުވެއެވެ. މިދެންނެވި އޮންލައިން ޝަރީޢަތުގައި ބައިވެރިވާނީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ކުރިންވެސް ހާޟިރުވާނ ކަމަށެ ބުނެފައިވް ވަކީލު ކަމަށް އޮންލައިންކޮށް އިސްވެ ބުނެވުނު މެއިލްގައި ސިވިލް ސަރވިސް ކޮމިޝަނުން ބަޔާންކޮށްފައި ވެއެވެ. ބުނެވި ދިޔަ ކަންކަން އެގޮތުގައި ހިނގާފައި ހުރުމުން، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުނު 14iaiim-lM " :, :, ,, ' > :, :, ~ 0.,,, '1, ;' .?.-1 .S.?.J';',_,:.J ✓, .rf!!V 95-B3 /CHT /2025/7 55 ,, 0 't..X o,.,,,.,,,. ,,.,.,.,,,. ,::, .;c.:, ~ o:,.,,, .X + .,,, ,,,, ,,,,
0 .,,, '::,,x ~ .,,,. ' r.JO.? .s,JO.s _p.-1.s -? ,, C :, CJ _, ~ .,,, ~,,,,.,,, :, o,-:,:, :,~:, 0 C. 0 / X 2023/HC-A/50 J f!!V.-1/ .J'.-1_,,l .}-./,r./ ,r.;:,;<v _,,l/4'-"'.J"~-"' .sr~.;:,v ,, ,, ,, ,, ,, '' ox> ~ •_p.;:,_,,1.rv7fto> -? ,, 0, &!{ , /~-"',,,I .,,..;:,.,,,,✓. .;:, J'.,,,, t./4'_,,I ,, ,, www-highcourt-gov -mv info@ highcourt-gov-mv
- ބެންޗު
- ޙުސައިން ޝަހީދު (ރިޔާސަތު)، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ރިޔާސަތު
- ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 5 ފެބުރުއަރީ 2023 · ނިމުނީ 26 ފެބުރުއަރީ 2025 (24.7 މަސް)