ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-B12/12
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ސާޖިދު އަޙްމަދު، 2026/HC-B12/12
2026/HC-B12/12 (2026/HC-B12/12, High Court of the Maldives, 3 May 2026)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ސާޖިދު އަޙްމަދު
މައްސަލައިގެ ޚުލާޞާ
މައްސަލަ ސާބިތުކުރުމަށް ހެކީގެ ގޮތުގައި ހުށަހެޅި ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓަކީ ކުރިން ހާމަކޮށްފައިނުވާ ހެއްކެއްކަމަށްވާތީ އެ ހެކި ބަލައިނުގަތުމަށް ނިންމެވިއެވެ.
މައިގަނޑު ސުވާލު
ދަޢުވާ ފޯމުގައި ތައްޔާރުކުރަމުންދާ ރިޕޯޓެއްކަން ފާހަގަކޮށް އެ ރިޕޯޓު ނިމުމުން ހެކީގެ ގޮތުގައި ހުށަހަޅާނެކަމަށް ބަޔާންކުރި ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓަކީ ކުރިން ހާމަކޮށްފައިނުވާ ރިޕޯޓެއްކަމަށާއި، ކުރިން ހާމަކުރި ހެއްކެއްކަމަށްވާނީ ހެކީގެ ކޮންޓެންޓްވެސް ހާމަކުރުމުންކަމަށް ފާހަގަކޮށް ކުރިން ހާމަނުކުރާ ހެއްކެއްކަމަށްވަތީ އެ ހެކި ބަލައިނުގަތުމަށް ޝަރީޢަތުން ނިންމެވިއެވެ. (ހެކީގެ ރެލަވަންސީއާމެދު އެއްވެސް ސުވާލެއް އުފައްދާފައެއް ނުވެއެވެ.)
ނިންމި ގޮތް
މި މައްސަލާގައި ދަށުކޯޓަށް ޕްރޮސިކިއުޝަނުން ހުށަހަޅަން އެދުނު ރިޕޯޓު ހުށަހަޅާފައިވަނީ ކޯޓުން ކަނޑައެޅި މުއްދަތުގެ ތެރޭގައިކަމަށްވާތީއާއި، އެ ރިޕޯޓު ބަލައިނުގަތުމަށް ދަށުކޯޓުން ނިންމާފައިވާ ނިންމުން ބިނާކުރި އަސާސްތައް ރަނގަޅުކަމަށް ނުފެންނާތީ، އެ ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުޞޫލު