ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/170
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް، 2025/HC-A/170
2025/HC-A/170 (2025/HC-A/170, High Court of the Maldives, 17 November 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
މައްސަލައިގެ ޚުލާޞާ
އަކްރަމް އަލީގެ މައްޗަށް ހދ.ހަނިމާދޫ ކޯޓަށް ހުށަހެޅި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ނެތްކަމަށް ނިންމަވާފައިވެއެވެ.
މައިގަނޑު ސުވާލު
ހދ.ހަނިމާދޫ ކޯޓަށް މައްސަލަ ހުށަހެޅިއިރު، އެ ކޯޓަށް އިޚްތިޞާޞްލިބޭކަމާއި، މައްސަލަ އެ ކޯޓަށް ހުށަހަޅަން ޕީޖީ ނިންމި ސަބަބު ތަފްޞީލްކޮށްފައިނުވާތީ، އެ ކޯޓުން މައްސަލަ ބަލައިގަންނަން ނުޖެހޭނެކަމަށް.
ނިންމި ގޮތް
މައްސަލަ ނިންމެވި. ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމި ގޮތް ބާޠިލްކުރައްވައި (J31.01.2024.37) 14 ދުވަސްތެރޭގައި ހުށަހަޅައިފިނަމަ މައްސަލަ ބަލައިގަނެ ކުރިއަސް ގެންދިއުމަށް ނިންމަވައި.
ކަނޑައެޅުނު އުޞޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޚްތިޞާޞްއާއި، ކޯޓުތަކުގެ ޤާނޫނުން ކަނޑައަޅާފައިވާ އިޚްތިޞާޞް ކިޔަންޖެހޭނީ އެކުގައި ކަމަށާއި، އޭގެ ތެރެއިން ހުށަހަޅާނެ ކޯޓެއް ނިންމުމަކީ ޕީޖީގެ އިޚްތިޔާރެއްކަމަށެވެ.