ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/8
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް، 2024/HC-B12/8
2024/HC-B12/8 (2024/HC-B12/8, High Court of the Maldives, 8 February 2024)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
މައްސަލައިގެ ޚުލާޞާ
މިއީ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ބަންދުކޮށްދޭން ފުލުހުން ފޯމެއް ހުށަހެޅުމުން އެއަށް ކްރިމިނަލް ކޯޓުގެ ސިޓީއަކުން، ކްރިމިނަލް ކޯޓަށް މީހަކު ޑްރަގް އޮފެންޑަރ ސެންޓަރުގައި ބަންދު ނުކުރެވޭނެކަމަށް ޖަވާބު ދީފައިވާތީ، އެ ސިޓީ އެޕީލްކުރި ކުރުމެއް.
މައިގަނޑު ސުވާލު
އިޝޫއަކީ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި މީހަކު ބަންދުކުރުމުގެ އިހްތިސާސް ނުހިނގާކަމަށް ބަޔާންކޮށް ކްރިމިނަލް ކޯޓުން ފުލުހުން ހުށަހެޅި ފޯމަކަށް ޖަވާބުދިނުމެވެ.
އެޕީލް ނުކުތާއަކީ މިކަމުގެ ސަބަބުން އިސްތިއުނާފީ ހައްގަށް ހުރަސް އެޅުނު ކަމެވެ. އަދި، މަސްތު ގާނޫނުގެ 103 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ކްރިމިނަލް ކޯޓަށް މިކަން ކުރެވޭނެކަމެވެ.
ނިންމި ގޮތް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު: MF/202420 ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު އާ ގުޅިގެން ކްރިމިނަލް ކޯޓުން ޢަމަލުކޮށްފައިވަނީ، މިފަދަ އަމުރުތަކާ ގުޅިގެން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ޚިލާފަށް ކަނޑައަޅައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުޞޫލު
ހައިކޯޓުން ނިންމެވީ، ކްރިމިނަލް ކޯޓުން އަމަލުކުރެއްވި ގޮތުން އިސްތިއުނާފީ ހައްގަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި، ކްރިމިނަލް ކޯޓުން ސީދާ ގޮތެއް ނިންމާފައިނުވާތީ 103 ވަނަ މާއްދާއާ ގުޅިގެން ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށެވެ.