ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/27
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް، 2024/HC-B12/27
2024/HC-B12/27 (2024/HC-B12/27, High Court of the Maldives, 18 July 2024)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
މައްސަލައިގެ ޚުލާޞާ
ކޮމިއުނިކޭޝަން އޮތޯރިޓީއިން ފުލުހުން ހޯދަން ބޭނުންވީ؛
ނިޔާވި މީހާގެ ފޯނުން ކޮށްފައިވާ އެންމެހާ ފޯން ކޯލްތަކުގެ ތަފްޞީލުތަކާއި؛ އެންމެހާ ކޯލްތަކުގެ ރިކޯޑިންގތަކާއި؛ އެންމެހާ ޓެކްސްޓް މެސެޖްގެ ތަފްޞީލުތަކާއި؛ ސެލްޓަވަރުތަކުގެ ތަފްޞީލުތައް؛
ކްރިމިނަލް ކޯޓުން އަމުރެއް ނުދެއްވިއެވެ.
މައިގަނޑު ސުވާލު
ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގެ ދަށުން މަރެއް ނެރުމުގައި ރިޢާޔަތްކުރާންޖެހޭ ކަންކަމަކީ ކޮބައިތޯ؟
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިއަދުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑި އިރުތެރޭގައި އަލުން ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް.
ކަނޑައެޅުނު އުޞޫލު
ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރަށް ބަލާއިރު؛ އަމުރެއްގެ ދަށުން ފުލުހުންނަށް މަޢުލޫމާތު ހޯދޭނެ. މަޢުލޫމާތުގެ ވެރިފަރާތުގެ ރުހުން ހޯދާކަށް ނުޖެހޭ.
- މި ޙާލަތުގައި ކޯޓުން ބަލަންޖެހެނީ؛
1. ޖިނާއީ ޙަރަކާތެއް ހިންގައިފިކަމުގެ ޝައްކެއް އޮތްތޯ؛
2. އެ ޝައްކުގެ މައްޗަށް ތަޙްޤީޤެއް ހިންގަންޖެހޭތޯ؛
3. އަމުރެއް ނެރުމަށް ޕްރޮބަބަލް ކޯސްއެއް އޮތްތޯ؛