ސައިޓޭޝަން ކޮޕީ ކުރުމަށް
2022/SC-A/51
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އ.ޚ.މ، 2022/SC-A/51
2022/SC-A/51 (2022/SC-A/51, Supreme Court of the Maldives, 3 July 2022)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އ.ޚ.މ
މައިގަނޑު ސުވާލު
ޝަރީޢަތްކުރާ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑަކީ ކޮބާ؟
ނިންމި ގޮތް
ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން. |
ކަނޑައެޅުނު އުޞޫލުތައް
އިސްތިއުނާފުގެ މައްސަލަތަކުގައި ގިރާކުރަންޖެހޭ ޤާނޫނީ އޮނިގަނޑު
- ސުޕްރީމްކޯޓުގެ އިބްރާހީމް ޖިހާދު ވ. ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުގައި ކަނޑައަޅުއްވާފައިވާ އުސޫލު ދަމަހައްޓާފައިވޭ. އެ ޤަޟިއްޔާގައި ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލްނުވެވޭކަން.