ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/643
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން އިސްހާޤު، 2019/HC-A/643
2019/HC-A/643 (2019/HC-A/643, High Court of the Maldives, 4 July 2024)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން އިސްހާޤު
މައްސަލައިގެ ޚުލާޞާ
މި މައްސަލައިގައި ކުޑަކުއްޖަކަށް ޖިންސީ ޢަމަލެއް ހިންގާފައިވާތީ ދަައުވާ އުފުލިއެވެ. ކްރިމިނަލް ކޯޓުން ނިންމެވި ދަޢުވާ ސާބިތުނުވާކަމަށެވެ. ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގެ އަޣްލަބިއްޔަތުން ނިންމެވީ، ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނަގައިފައި ނުވާތީ، ކުއްޖާގެ ހެކިބަސް މި މައްސަލައިގައި ނެތްކަމަށެވެ. ވީމާ، ކުއްޖާގެ ހެކިބަހުގެ ޙަޤީޤަތް މި މައްސަލައިގައި ބަލާނެ ގޮތެއް ނެތްކަމަށެވެ.
މައިގަނޑު ސުވާލު
މިޒާތުގެ މައްސަލަތަކުގައި ކުއްޖާގެ ހެކިބަސް ޝަރީޢަތުން ނަގަންޖެހޭތޯ؟
ނިންމި ގޮތް
މި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް މައްސަލައިގައި ހައިކޯޓުން މީގެކުރިން ކަނޑައެޅި އުޞޫލުތަކުގެ އަލީގައި މި މާއްސަލައިގައި ކުއްޖާގެ ހެކިބަސް ޝަރީޢަތުން ހޯދާފައިނުވާތީ، މައްސަލަ ސާބިތުނުވާކަމަށް.
2. ތަފާތުވި ރަޢުޔުގައި ފާހަގަކުރެއްވީ، ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނެގުން ލާޒިމް ނޫންކަމަށާއި، ކުއްޖާގެ ހެކިބަހުގެ އެތެރެއާއި ބޭރު ބެލުމަށް ހުރި ހެކިތައް ވަޒަންކުރާއިރު ކުއްޖާގެ ބަސް ޤަބޫލުކުރެވޭކަމަށް.