ސައިޓޭޝަން ކޮޕީ ކުރުމަށް
2013/HC-A/21
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ އަލްޤީން، 2013/HC-A/21
2013/HC-A/21 (2013/HC-A/21, High Court of the Maldives, 10 September 2015)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ އަލްޤީން
މައްސަލައިގެ ޚުލާޞާ
ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ އެކައުންޓަށް ޖަމާވާންޖެހޭ ފައިސާ ޢަބްދުﷲ އަލްޤީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވުން.
ފައިސާއަށް ޚިިޔާނާތްތެރިވެފައިވުން
މައިގަނޑު ސުވާލު
މޫސުމާބެހޭ ތަޙްލީލް ކުރުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީއާއި (ޖެމްސްޓެކް) އާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ އަބްދުﷲ އަލްޤީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރިކަމަށް ކުރިމިނަލް ކޯޓުގެ ޝަރީޢަތުގައި އަބްދުﷲ އަލްޤީން އިޢުތިރާފްވެފައިވާއިރު އެ އިޢުތިރާފަށް އެކަށީގެންވާ ބުރަދަނެއް ދީފައިނުވުން.
އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާއާއި ތަކެއްޗަކީ ދިވެހި ސަރުކާރަށް ލިބެންޖެހޭ ފައިސާއާއި ތަކެތި ކަމަށްވާއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވުން
ދިވެހިރާއްޖޭގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތަކަށް ޚަރަދުކޮށްފައިވަނީ ދިވެހި ސަރުކާރުންކަން އެނގެން ނެތްކަމަށް ފާހަގަކުރައްވައި ނިންމަވައިފައިވުން
ނިންމި ގޮތް
ކުރިމިނަލް ކޯޓުގެ ގަޟިއްޔާ އިސްތިޢުނާފް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އަޤުލަބިއްޔަތުން ކަނޑައަޅައި ޙުކުމްކުރެއްވި.
ކަނޑައެޅުނު އުޞޫލު
މައްސަލާގައި ލިބިފައިވާ ހެކީގެ ނިސްބަތަށާއި ހެކިތަކުން ހާސިލުވި ބުރަދަނާއި ހާދިސާ ހިނގިކަމަށް ބުނާ ގޮތަށާއި މައްސަލާގައި ވަށައިގެން ހުރި އެންމެހައި ކަންކަމަށް ބެލުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ދަށުން އެކަށިގެންވާ ޝައްކެއްނެތް މިންގަނޑުން ސާބިތުވެފައިނުވުން