ސައިޓޭޝަން ކޮޕީ ކުރުމަށް
2008/SC-A/08
ޙުސައިން އަޝްރަފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2008/SC-A/08
2008/SC-A/08 (2008/SC-A/08, Supreme Court of the Maldives, 4 October 2009)
ޙުސައިން އަޝްރަފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2006/HC-A/249 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތް ރަނގަޅުނޫން ކަމަށް ބުނެ އެ ޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދި މއ.ކަނބާލިފަރު، ޙުސައިން އަޝްރަފް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައިވަނިކޮށް، 07 އޮގަސްޓު 2008 ގައި ޢަމަލުކުރަން ފެއްޓުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ބެލި މައްސަލައެކެވެ.
ޙުސައިން އަޝްރަފްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އުފުލުނީ 27 ޖޫން 2005 ދުވަހު އޭނާގެ އަތުން ފެނުނު ފާރުސަލުން 6.6 ގްރާމް ހެރޮއިން ފެނިފައިވާތީއެވެ.
މައިގަނޑު ސުވާލު
1. މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްތަ؟
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުޞޫލު
- މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމަކީ އިސްތިސްނާއެއްނެތި، މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން. މަސްތުވާއެއްޗެއް އަތުން ފެނުން އެއީ ކުށް ސާބިތުކުރުމަށް ކާފީ "ޤާނޫނީ ޤަރީނާ" އެއްކަން. (މިހާރު އޯވަރޫލް ކުރެވިފައިވާ އުސޫލެއް)