ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/338
ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް ވ. ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑް، 2019/HC-A/338
Banee Holdings (Beeveeai) Limited v. Seylskoa Private Limited 2019/HC-A/338 (2019/HC-A/338, High Court of the Maldives, 30 June 2021)
ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް ވ. ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
އިންވޮއިސްތަކުގައިވާ ޝަރުޠު ޖަޒާއީގެ ދަށުން (ލަސްވާ ކޮންމެ ދުވަހަކަށް %5)، ގެއްލުން ވަޒަންކުރުމަކާ ނުލައި، ޕްރިންސިޕަލް ޢަދަދުގެ 57 ގުނައަށްވާ ޖޫރިމަނާއެއް ދަށު ކޯޓުން ނަގައިދިނުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތް ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެނެސް، ޖޫރިމަނާގެ ޢަދުލުވެރި ޢަދަދެއް ކަނޑައެޅުމަށް ސިވިލް ކޯޓަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާކުރުން ލަސްވުމުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައެޅުމުގެ ބާރު ފްރީޑަމް އޮފް ކޮންޓްރެކްޓްގެ ދަށުން ބައިވެރިންނަށް ލިބިގެންވި ނަމަވެސް، އެއީ ޝަރުޢީ އަދި ޤާނޫނީ ޤައިދަކާ ނުލައި މުޠުލަޤުކޮށް ބޭނުންކުރެވޭނެ ބާރެއް ނޫނެވެ. ލިބޭ ގެއްލުމާ ނުބައްދަލު، އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލެއް ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާ ތަޢާރުޟުވާ ކަމެކެވެ (ސުޕްރީމް ކޯޓުގެ 2015/SC-A/16). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.1)
- ސުޕްރީމް ކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުން ބަދަލުނުކުރާހާ ހިނދަކު، އެ ނިންމުމަށް ދަށު ކޯޓުތަކުން ތަބާވުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ލާޒިމުކުރެއެވެ؛ ދަށު ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ނިމިފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.1)
- ޖަޒާއީ ޝަރުޠުގައި ކަނޑައެޅިފައިވާ ބަދަލުގެ މިންވަރަކީ ތަޢައްސުފީ، ލިބިދާނެ ގެއްލުމާ ނުބައްދަލު، އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވެގެން ނުވާނެއެވެ. ބަދަލު ދޭންޖެހޭ ފަރާތުން އެކަން ފަނޑިޔާރަށް ހުށަހެޅުމުން އެކަން ބެލުމަކީ ފަނޑިޔާރަށް ލާޒިމް ކަމެކެވެ. ޖަޒާއީ ޝަރުޠަކީ އަދަބެއްގެ ގޮތުން ހިމަނާފައިވާ މާއްދާއެއްކަމަށް ކަނޑައެޅިއްޖެނަމަ، އެއްބަސްވެފައިވާ ގޮތަށް އެ މާއްދާ ތަންފީޒުކޮށްދިނުމަކީ ކޯޓުތަކަށް ލާޒިމް ކަމެއް ނޫނެވެ (ސުޕްރީމް ކޯޓުގެ 2020/SC-A/28). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.3)
- ގެއްލުން ވަޒަންކުރުމަކާ ނުލައި، ދަޢުވާކުރި ޕްރިންސިޕަލް ޢަދަދުގެ ގިނަ ގުނައަކަށް (މި މައްސަލައިގައި 57 ގުނަ) ވާ ޖޫރިމަނާއެއް ޤައިދަކާ ނުލައި ނަގައިދިނުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފު ކަމެކެވެ. އެފަދަ ޙާލަތެއްގައި ޖޫރިމަނާގެ ޢަދުލުވެރި ޢަދަދެއް ކަނޑައެޅުމަށް މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.2، 12.4)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާ ނިންމފައިވަނާ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް (ރަޖިސްޓްރީ ނަންބަރ: C/101/91/120-MTI) ގެ ފަރާތުން (މީގެފަހުން "ބަނީ ހޯލްޑިންގްސް " ނުވަތަ " އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރ: 159/2003-C) މީގެފަހުން "ސޭލްސްކ" ނުވަތަ " އިސްތިއުނާފުރައްދުވާ ފަރާތް" ކަމަށް ބުނެފައިވް ފަރާތް) އެވެ.
2ބަނީ ހޯލްޑިންގްސްގެ ފަރާތުން ބ. އަތޮޅު ކުންފުނަދޫގައި ހިނގަމުންދިޔަ "ސޮނެވާފުށި ރިސޯޓް" އަށް ބޭނުންވާ ބައެއް ހާޑްވެއަރ ސާމާނު ސޭލްސްކޯ އިން ގަނެފައި ވެއެވެ. އެގޮތުން މުދާ ގަތުމަށް ބަނީ ހޯލްޑިންގްސގް ފަރާތުން އެކި ދުވަސްމަތިން ޕަރޗޭސް އޯޑަރުތަކެއް ސޭލްސްކޯ އަށް ފޮނުވައި އެ ޕަރޗޭސް އޯޑަރުތަކުގައިވ މުދާ ބަނާ ހޯލްޑިންގްސް އިން އެދިފައިވާ ގޮތަށް އެފަރާތަށް ރައްދުކޮށދެމުން ގޮސފައް ވެއެވެ.
3ބުނެވުނު ފަދައިން ކުރެވުނު މުޢާމަލާތްތަކުގެ ތެރެއިން ބަނީ ހޯލްޑިންގްސްގެ ފަރާތުން އެކި ދުވަސްމަތިންސޭލްސްކޯ އަށް ފޮނުވާފއިވަ 06 (ހައެއް) ޕރާ ޗޭސް އޯޑަރަކަށް ސަޕްލައިކޮށދެވުން މުދަލަށް ސޭލްސްކޯ އިން 06 އިންވޮއިސް، ބަނީ ހޯލްޑިންގްސް އަށް ފޮނުވާފައި ވެއެވެ. އެ އިންވޮއިސްތަކުގެ ތިރީގައި ކުދި އަކުރުތަކަކުން އިންވޮއިސްއާމެދ ކަމެއު ސާފުކުރަން އޮތްނަމަ 24 ގަޑިއިރުތެރޭގައ އެކަނި އެ ންގުމަށާއި، 45 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށާއި، އެ މުއްދަތަށް ފަހު ފައިސާ ނުދައްކާ ހިނގާ ކޮންމެ ދުވަހަކަށް %5 (ފަހެއް އިންސައްތަ) ޖޫރިމަނާ ވާނެކަމުގައ ބަޔާންކޮށްފައި ވެއެވެ.
4ބުނެވުނު އިން ވޮއިސްތަކ ގުޅިގެނާ ފައިސް ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާ ގައި ސޭލްސްކޯ އިން ބަނީ ހޯލްޑިންގްސްގެ މައްޗަށް ދަޢުވާކުރިއެވެ. އެގޮތުން، ކޮށްފައިވާ ދަޢުވާއަކީ ބަނީ ހޯލްޑިންގްސް އިން ބ. ކުންފުނަދޫގައި ހިންގަމުންދާ ސޮނެވާފުށި ރިސޯޓަށް ސޭލްސްކޯ އިން އެކިފަހަރުމަތިން ދަރަންޏަށް ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ދައްކަންޖެހި ނުދައްކައިވާ 12/74،361ރ. (ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ބާރަ ލާރި) އާއި، ފައިސާ އަދާކުރަންޖެހޭ ތާރީޚުގައި އަދާނުކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ޙުކުމްކުރާ ދުވަހާ ހަމައަށް އަރަމުންދަ ފައިސާ ބަނީ ހޯލްޑިންގްސްގެ ކިބައިން ހޯދުމަށް އެދި ކުރި ދަޢުވާއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުއި ހުރުމާއެކު، ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށައަޅާފައިވާ މި މައްސަލާގައި، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށްފޯރުކޮށްދީފައިވާ މުދަލުގެ އަގާ އ، މައްސަލާގައި ޙުކުމްކުރުމާ ހަމައަށް އަރާފައިވާ ޖޫރިމަނާއާ . ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު. . ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާގެ ޙުކުމް. އެކުޖުމްލަ 71/4,306,557ރ. (ހަތަރުމިލިއަން ތިންލައްކަ ހަހާސް ފަސްސަތޭކަ ފަންސާސް ހަތްރުފިޔާ ހަތްދިހަ އެއްލާރި) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 30 އެޕްރީލް 2019 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްއަށް އަންގައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
6ސޭލްސްކޯ އިން ބަނީ ހޯލްޑިންގްސް ގެ މައްޗަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް ތިރީގައި މިވަނީއެ ވެ.
6.1. ބަނީ ހޯލްޑިންގްސްގެ ޖަވާބުގައި ދަޢުވާގައި ބަޔާންކޮށްފައިވާ ނަންބަރު SH1/140/15 އިން ވޮއިސްއާއި، ނަންބަރު SH1/0649/16 އިންވޮއިސްއާއި، ނަންބަރު SH1/1522/16 އިންވޮއިސްއާއި، ނަންބަރު SH1/0535/17 އިންވޮއިސްއާއި، ނަންބަރު SH1/0603/17 އިންވޮއިސްއާއި، ނަންބަރު SH1/1119/17 އިންވޮއިސްގައިވާ މުދަލުގެ އަގުގެ ގޮތުގައި ސޭލްސްކގޯ ފަރާތުން ހޯދުމަށް އެދުނު 74,361/12ރ. (ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ބާރަ ލާރި) އަށް ބަނީ ހޯލްޑިންގްސްގެ ފަރާތުން އިންކާރުކުރާ ކަމަށް ބުނެފައި ވީނަމަވެސް، ބަނީ ހޯލްޑިންގްސގް ފަރާތުން 11 އެޕްރީލް 2019 ގައި ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އެ އިންވޮއިސްތަކާއި، އިންވޮއިސްތަކުގައިވާ މުދާ ބަނީ ހޯލްޑިންގްސް އަށް ލިބިފައިވާކަމަށާއި، އަދި އެމުދަލުގެ އަގު އަދާނުކޮށްވާކަ މަށް ބުނެފައިވުމުން، މިދަޢުވާގައި މުދަލުގެ . ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު. އަގުގެ ގޮތުގައި ސޭލްސްކޯ ގ ފަރާތުން ހޯދުމަށް އެދުނު 74,361/12ރ. (ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ބާރަ ލާރި) އަކީ ބަނީ ހޯލްޑިންގްސގް ފަރާތުން ސޭލްސްކޯ އަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާއެއްކަމުގެ މައްޗަށް ބަނީ ހޯލްޑިންގްސް ގ ފަރާތުގެ އިޢުތިރާފު ލިބޭކަމާއި، ދަޢުވާގައި ހުށަހެޅިފައިވާ އިންވޮއިސްތައް ދަޢުވާލިބޭ ފަރާތަށް ލިބިފައި (ނުވަތަ ރައްދުވެފައި) ވާކަން އެނގެން އޮތުން؛
6.2. ސޭލްސްކގޯ ފަރާތުން ފޮނުވާފައިވާ އިންވޮއިސްތަކަށް ބަލާއިރު، ކޮންމެ އިންވޮއިސްއެއްގައި، އެ އިންވޮއިސްގައިވާ ތާރީޚުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އިންވޮއިސްގައިވާ ފައިސާ ދެއްކުމަށާއި، އެފަދައިން އެފައިސާ ނުދައްކައިފިނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގައިވާ ފައިސާގެ %5 (ފަހެއް އިންސައްތަ) އަށްވާ ފައިސާ ނެގޭނެކަމަށް ބަޔާންވެގެންވާކަނ އެނގެން އޮތުން؛
6.3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޝަރުޠު ޖަޒާއީގެ މައުޟޫޢުގައި ޝަރީޢަތުން މައްސަލަތައް ނިންމުމުގައި މިހާރު ރިޢާޔަތްކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެމައުޟޫޢުގައި ފަހުން ނިންމާފައިވާ ނިންމެވުމާ އެއްގޮތަށްކަން އެނގެން އޮންނަހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، މައްސަލައިގައި ސޭލްސްކޯގެ ފަރާތުން ހުށަހެޅި އިންވޮއިސްތަކުންކުރެ، ކޮންމެ އިންވޮއިސްއެއްގައިވާ ތާރީޚުން 45 (ސާޅީސްފަހެއް) ދުވަސް އުނިކޮށް، މައްސަލައިގެ ޙުކުމްކުރުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ފައިސާ ނަގައިދެވިދާނކަނެ އެނގެން އޮތުން؛
6.4. ނަންބަރު SH1/140/15 އިންވޮއިސްއާއި، ނަންބަރު SH1/0649/16 އިންވޮއިސްއާއި، ނަންބަރު SH1/1522/16 އިންވޮއިސްއާއި، ނަންބަރު SH1/0535/17 އިންވޮއިސްއާއި، ނަންބަރު SH1/0603/17 އިންވޮއިސްއާއި، ނަންބަރު SH1/1119/17 އިންވޮއިސް ގައިވާ މުދަލުގެ އަގު އަދާނުކޮށް އޮތުމުގެ ސަބަބުން 30 އެޕްރީލް 2019 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ޖުމްލަ 59/4,232,196ރ. (ހަތަރުމިލިއަން ދެލައްކަ ތިރީސްދެހާސް އެއްސަތޭކަ ނުވަދިހަ ހަރުފިޔާ ފަންސާސް ނުވަލާރި) ވާކަން އެނގެން އޮތުމުން މުދަލުގެ އަގާއެކު ބަނީ ހޯލްޑިންގްސގް ފަރާތުން ސޭލްސްކޯ އަށް އަދާކުރަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދަކީ 71/4,306,557ރ. (ހަތަރުމިލިއަން ތިންލައްކަ ހަހާސް ފަސްސަތޭކަ ފަންސާސް ހަތްރުފިޔާ ހަތްދިހަ އެއްލާރި) ކަން އެނގެން އޮތުން، މިއެވެ.
7ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ބަނީ ހޯލްޑިންގސްގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެ ނުކުތާ ތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތައް ތިރީގައި މިވަނީއެވެ. ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާގައި، ދަޢުވާކުރާ އިންވޮއިސްތަކުގެ ޕްރިންސިޕަލް ޢަދަދަކީ 74,361/12ރ. (ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ބާރަލާރި) ކަމަށާއި، ގެއްލުމުގެ ބަދަލަކީ -3,443,969/ރ. (ތިންމިލިއަން ހަތަރުސަތޭކަ ސާޅީސްތިންހާސް ނުވަސަތޭކަ ފަސްދޮޅަސްނުވަރުފިޔާ) ކަމަ ށާއި، އެއީ އަޞްލު އިލްތިޒާމަށްވުރެ ގާތްގަނޑަކަށް 46 ގުނަ ބޮޑު ގެއްލުމުގެ ބަދަލެއްކަމަށާއި، އެހެންކަމުން އެއީ، ގެއްލުމަކާ އެކަށީގެންވާ މުނާސިބު ބަދަލެއް ނޫންކަން އެނގޭކަމަ ށާއި، އެ ބަދަލު އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާ ކަނޑައެޅިގެން ތަޢާރުޟުވެ ކަމެއްކަނުދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/16 ޤަޟިއްޔާއިން އެނގެން އޮތްނަމަވެސް، ޙުކުމްކުރެއްވިއިރު ސިވިލް ކޯޓުން އެކަމަށް ރިޢާޔަތްކުރެއް ވިކަން ފެންނަނނެތްކްމަށ ބުން ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާގައި ބަދަލު ނަންގަވައި ދެއްވާފައިވަނީ ޙުކުމަ ކުރެއވް ދުވަހާ ހަމައަށް ކަމަށްވެފައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާގައި ބަދަލު ނަންގަވާ ދެއްވާފައިވަނީ ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރީގެ ތާރީޚަކަށް ޤައިދުކޮށްފައިވާ ބަދަލެއްގެ މައްޗަށް ކަމަށްވާތީ، ސިވިލް ކޯޓުން އިސްވެ ދެންނެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ޠަޠްބީޤުކުރައްވާފައިވަނީ ރަނގަޅަށްކަމަށް ނުފެންނަ ކަމަށް ބަޔާންކޮށް ފާހަގަކުރި ނުކުތާއެވެ.
8މީގެ އިތުރުން އިސްތިއުނާފީ 3 ވަނަ ނުކުތާއެއްވެސް އިސްތިއުނާފު ފޯމުގައި ލިޔެފައިވެއެވެ. ނަމަވެސް އެ ނުކުތާ ދޫކޮށްލަން ބޭނުންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަނީ ހޯލްޑިންގސްގް ފަރާތުން ބުނެ، އެނުކުތާ ދޫކޮށްލާފައިވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
9އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ބަނީ ހޯލްޑިންގސްގެ ފަރާތުން ބުނެފައިވަން ދަށުކޯޓުގައި ސޭލްސްކޯގެ ފަރާތުން ދަޢުވާކުރި އިންވޮއިސްތަކުގެ ޕްރިންސިޕަލް ޢަދަދަކީ 74,361/12ރ. (ހަތްދިހަ ހަތަރުހާސ . އިސްތިއުނާފީ 3 ވަނަ ނުކުތާގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ލިޔެފައިވާ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 4071/Cv-C/2018 ޤަޟިއްޔާ ގައި ދަޢުވާކުރާ ފަރާތުން އެދިފައިވާ "ފައިން ޕަރ ޑޭ " އަށް ޖެހޭ މިންވަރާއި، މުއްދަތު ގުނަކޮށްލުމުން، އަންނަ ޢަދަދު ތަފާތުވާތީ، ދަޢުވާކުރާ ފަރާތުން، ބުނާ ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވާ ގޮތެއް ސާފުނުވާކަމަށް ބުނި ނުކުތާއަށް ރިޢާޔަތްކުރައްވާފައި ނެތް ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ . ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ބާރަ ލާރި) ކަމަށާއި، ނަމަވެސް ޖ ރުމާނާގ ގޮތުގައެ މި ޢަދަދުގެ ގާތްގަނޑަކަށް 46 ގުނަ ދަށު ކޯޓުން ނަގައިދީފައިވާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި، ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓެއްގެ ބައިވެރިންނަށް ލިބިދީފައިވީނަމަވެސް، އެ އިޚްތިޔާރަކީ ޤައިދެއްނެތި މުޠުލަޤުކޮށް ބޭނުންކުރެވޭނެ އިޚްތިޔާރަކައި ބާރެއް ނޫންކަމަށް ކަނޑައަޅުއްވާފައިވުމުން، ލިމިޓެއް ނެތި ޖުރުމާނާ ކުރެވޭނެ ކަމަށް ޤަބޫލުނުކުރާކަމަށާއި، ނަމަވެސް ދަށުކޯޓުން މި ކަމށަ ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އަދި ދަށުކޯޓުން ޖުރުމާނާ ނަގައިދިނުމުގައި ރިޢާޔަތްކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާގައި ބަދަލު ނަންގަވާދެއްވާފައިވަނީ ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރީގެ ތާރީޚަކަށް ޤައިދުކޮށްފައިވާ ބަދަލެއްގެ މައްޗަށްކަމަށްވާތީ، ސިވިލް ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާ ޠަޠްބީޤުކުރައްވާފައިވަނީ ރަނގަޅަށްކަމށަ ނުދެކޭކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުގެ ޙުކުމް ބާޠިލްކުރުމާއެކު މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކޮށްދިނުން ކަމަށެވެ.
10ޖަވާބުގައި ސޭލްސްކޯގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/16-C2015/S ޤަޟިއްޔާގައި ޖުރުމާނާ ނަގާދީފައިނުވަނީ އިންވޮއިސް ރައްދުވިކަން ނޭނގޭތީ ކަމަށާއި، މި މައްސަލައަށް އެ ޤަޟިއްޔާގައިވާ އުސޫލު ތަޠުބީޤުނުކުރެވޭނެ ކަމަށެވެ. އަދި ޖުރުމާނާގެ ޢަދަދު ބޮޑުވެފައިވަނ ބަނީ ހޯލްޑިންގްސް އިން އިންވޮއިސްތަކަށް ފައިސާ ނުދައްކާ ލަސްކުރުމުގެ ސަބަބުން ކަމަށާއި، ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކޭކަމަށެވެ. އަދި މީގެ އިތުރުން ދަށުކޯޓުގައި ދަޢުވާކުރި ޕްރިންސިޕަލް އެމައުންޓް މިހާރު ސޭލްސްކޯ އަށް ލިބިފައިވާކަމުގައި ސޭލްސްކޯގެ ފަރާތުން ދިވެހިރާއްޖޭ ގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
11އިސްތިއުނާފީ ދެ ނުކުތާއަކީވެސ ދަށް ކޯޓުނު ނަގައިދީފައިވާ ޖުރުމާނާގެ ޢަދަދު ދަޢުވާކުރި ޕްރިންސިޕަލް އެމައުންޓަށް ވުރެ އެތައް ގުނައަކުން ބޮޑު ކަމަށާއި މި ކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފާހަގަކޮށް ހުށަހެޅި ދެ ނުކުތާއެވެ. މިނުކތާތަކަށު ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
11.1. ދަށު ކޯޓުގައި ސޭލްސްކޯގެ ފަރާތުން ކުރި ދަޢުވާއަކީ، ބަނީ ހޯލްޑިންގްސް އިން ބ. ކުންފުނަދޫގައި ހިންގަމުންދާ ސޮނެވާފުށި ރިސޯޓަށް ސޭލްސްކޯ އިން އެކިފަހަރުމަތިން ދަރަންޏަށް ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ދައްކަންޖެހި ނުދައްކައވި 74,361/12ރ. (ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ބާރަ ލާރި) އާއި، ފައިސާ އަދާކުރަންޖެހޭ ތާރީޚުގައި އަދާނުކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ޙުކުމްކުރާ ދުވަހާ ހަމައަށް އަރަމުންދާ ޖޫރިމަނާގެ ފައިސާ ބަނީ ހޯލްޑިންގްސްގެ ކިބައިން ހޯދުމަށް ކުރި ދަޢުވާއެއް ކަން އެނގެއެވެ. ސިވިލް ކޯޓުން މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޙުކުމް ކުރި ތާރީޚާ ހަމައަށް (30 އޭޕްރީލް 2019) އިންވޮއިސްތަކަށްވާ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 59/4,232,196ރ. (ހަތަރުމިލިއަން ދެލައްކަ ތިރީސްދެހާސް އެއްސަތޭކަ ނުވަދިހަ ހަރުފިޔާ ފަންސާސް ނުވަލާރި) ވާކަން އެނގެން އޮންނަ ކަމަށް ބަޔާންކޮށް، މުދަލުގެ އަގާއެކު އިންވޮއިސްތަކުގައިވާ ޖުރުމާނއާ އެކާ ޖުމްލަ 71/4,306,557ރ. (ހަތަރުމިލިއަން ތިންލައްކަ ހަހާސް ފަސްސަތޭކަ ފަންސާސް ހަތްރުފިޔާ ހަތްދިހަ އެއްލާރި) އަކީ ބަނީ ހޯލްޑިންގްސް އިން ސޭލްސްކޯ އަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުން 30 އެޕްރީލް 2019 ތާރީޚުގައި ޙުކުމްކޮށްފައިވެއެވެ.
12ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޕްރިސިޑެންސް 4މި ޙުކުމަށް ބަލާއިރު ހަމައެކަނި ޖުރުމާނާގެ ގޮތުގައި ނަގައިދީފައިވާ ފައިސާއަކީ ދަޢުވާކޮށްފައިވާ ޕްރިންސިޕަލް އެމައުންޓް ކަމަށްވާ 74,361/12ރ. (ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ބާރަ ލާރި) ގެ 57 (ފަންސާސް ހަތެއް) ގުނަ ބޮޑު ޢަދަދެއްކަން އެނގެއެވެ. އިސްތިއުނާފީ މި މަރުޙަލާގައި އިސްތިއުނާފުކުރާ ބަނީ ހޯލްޑިންގްސގް ފަރާތުން ސުވާލު އުފައްދާފައިވަނީ ޖުރުމާނާގެ ޢަދަދާ މެދުގައެވެ. ޕްރިންސިޕަލް އެމައުންޓް މިހާރު ސޭލްސްކޯ އަށް ލިބިފައިވާކަމުގައި ސޭލްސްކޯގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވުމުން މިކަމުގައި މިހާރު ބަހުސެއް ނެތެވެ.
12.1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 03 އޮކްޓޫބރަ 2016 ތާރީޚުގައި ނިންމަވާފައިވާ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނުކުތާގައި، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދ ނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު "މަބްދައު ސުލްޠާނިލް އިރާދާ" ((Freedom of Contract ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެ ބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރްޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުޠުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ ޤަޟިއްޔާގެ 7 ވަނަ ނުކުތާގައި، ބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" ވެ، ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތޤްރާރުވެފައިވި އަޙްކާމްތަކާ ކނޑައެޅިގެނަ ތަޢާރުޟުވާ ކަމެއްކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި ކޮން ޓްރެކެއްގެ ދަށުން އަދާކުރުން . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ. ލާޒިމް ވެގެންވާ އިލްތިޒާމަކީ ކ ނޑައެޅިގެންވާ ޢަދަދެއްގެ ފައިސާކަމަށް ވާނަމަ، އެ ފައިސާ އަދާކުރުން ލަސްވުމުނ ލިބް ގެއްލުން ވަޒަންކޮށް ދައްކަންޖެހޭ ބަދަލާމެދު ކުރިއާލައި އެއްބަސްވުމާމެދު ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާ ބޭ ރ ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކުގައި ޤައިދުކޮށް ތަންޒީމުކުރެވިފައިވާ ކަމާއި، އޭގެ ބޭނުމަކީ އެފަދަ ބަދަލު ނަހަމަގޮތުގަ އ ނުޙައްޤުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ޢަދަދަކަށް ނެގުމަށް ވެވޭ އެއްބަސްވުން މަނާކުރުން ކަމާއި؛ މިގޮތުން، ތިޖާރީ އަދި ބޭންކިންގ ދާއިރާގައި އިސްތިޤްރާރުވެފައިވާ އާދަކާދަޔާއި "އަޢުރާފު" ނުހިމެނޭ ގޮތުގެ މަތިން، އެފަދަ ބަދަލު ޤާނޫނުގައި ކަނޑައަޅާފައިވާ ނިސްބަތަށް ވުރެ ބޮޑު ނިސްބަތަކަށ ނެގުން މިޒަމާނުގެ ގިނަ ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކުގައި މަނާކޮށްފއިވާކަމާ، އަދި ބައެއް ޖުރިސްޑިކްޝަންތަކުގައި އެ ބަދަލުގެ މިންވަރު އަދާކުރަންޖެހޭ އަޞްލު އިލްތިޒާމށްވުރަ ބޮޑުވުނވެސް މަނާކުރާކަ ން މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކަށާއި، ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެނގެން އޮންނަ ކަމުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަކީ ދަށު ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ނިމިފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި ނިންމުން އެހެން ގޮތަކަށް ބަދަލު ނުކުރާހާ ހިނދަކު، މި ނިންމުމަށް އެއަށްވުރެ ދަށު ކޯޓުތަކުނަ ތަބާވުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ލާޒިމް ކުރެއެވެ.
12.2. އެހެންކަމުން ދަޢުވާކޮށްފައިވާ ޕްރިންސިޕަލް އެމައުންޓުގެ 57 ގުނައަށްވާ ފައިސާގެ މިންވަރެއް، ޤައިދަކާ ނުލައި، ޖުރުމާނާގެ ގޮތުގައި ދަށު ކޯޓުން ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކަނޑައަޅުއްވާފައިވ އުސޫލުތަކާ ޚިލާފަށާ ކަމުގައް ދެކެމެވެ.
12.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ޙަސަނު ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް މައްސަލައިގައި، ޖަޒާއީ ޝަރުޠުގައި ކަނޑައެޅިފައިވާ ބަދަލުގެ މިންވަރަކީ ތަޢައްސުފީކޮށް، ލިބިދާނެ ގެއްލުމުގެ ބަދަލާ ނުބައްދަލު، އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވެގެން ނުވާނެކަމަށާއި، އެފަދަ މައްސަލަ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ބަދަލު ދޭންޖެހޭ މީހާ ފަނޑިޔާރަށް ހުށަހެޅުމުން އެކަން ބެލުމަކީ ފަނޑިޔާރަށް ލާޒިމް ކަމެއް ކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި ޖަޒާއީ ޝަރުތކަ އެއްބަސްވުމާ ޚިލާފުވި ފަރާތަ އ އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްކަމަށް ކަނޑައެޅިއްޖެނަމަ، އެ މާއްދާ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ތަންފީޒުކޮށްދިނުމަކީ ކޯޓުތަކަށް ލާޒިމް ކަމެއް ނޫންކަމަށް ކަނޑައަޅުއްވާފައިވެއެވެ. މީގެ އިތުރުން، މީގެ ކުރިން ޝަރުޠު ޖަޒާއީއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައިވާ ކޯޓުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަކުރުމާއި، ގެއްލުން އަންދާޒާ ކުރުމެއްނެތި އެއްބަސްވުމުގައި ޝަރުޠު ޖަޒާއީއެއް ހިމެނިފައިވާތީ، އެ ހިމެނިފައިވާ ފަދައިން ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކަކީ އެ އުސޫލުތަކުނ އެއްކޮށް ހިޖުރަކުރަންޖެހޭ އުސޫލުތަކެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
12.4. އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ގެއްލުން ވަޒަންކުރުމަކާ ނުލައި، ޖުރުމާނާގެ ބޮޑު ޢަދަދެއް ސިވިލް ކޯޓުން ނަގައިދީފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުސޫލަށް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 28A/-/SC2020 ޤަޟިއްޔާ. ރިޢާޔަތްކޮށް، ޖުރުމާނާގެ ޢަދުލުވެރި ޢަދަދެއް ކަނޑައެޅުމަށްޓަކައ މައްސަލި ދަށުކޯޓަށް ތަޙެވީލުކުރަނަޖެ ހ ކަމުގައި އަހުރެންނަށް ބުރެވވއެވެ.
13ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ފަނޑިޔާރުމުޙައްމަދު ފައިޞަލްގެ ރައުޔު؛
14ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ވީމާ، ސިވިލް ކޯޓުގެ ނަންބަރ 4071/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ބަނީ ހޯލްޑިންގްސް (ބީ. ވީ. އައި) ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލހީ ށ އިއްތިފާޤުވެވުނެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) (ދަށު ކޯޓުގެ ޙުކުމުގައި)
- ސުޕްރީމް ކޯޓުގެ 2015/SC-A/16 (އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2020/SC-A/28 (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2014/SC-A/01 ޤަޟިއްޔާ (ދަށު ކޯޓުން ރިޢާޔަތްކުރި)
- ބެންޗު
- ޙުސައިން މަޒީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް