ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/124
އާމިނަތު ރައިއާ މުނައްވަރު ވ. އަރާކިސް ޕްރައިވެޓް ލިމިޓެޑް، 2023/HC-A/124
Aminath Raiaa Munavaru v. Araakis Private Limited 2023/HC-A/124 (2023/HC-A/124, High Court of the Maldives, 21 June 2023)
އާމިނަތު ރައިއާ މުނައްވަރު ވ. އަރާކިސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 115/VTR/2021 ނިންމުން އިސްތިއުނާފުކުރުމަށް މުވައްޒަފު ފަރާތުން (2023/HC-A/60) ހުށަހެޅުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން އިތުރު އިސްތިއުނާފެއް ހުށަހެޅިއެވެ.
އިތުރު އިސްތިއުނާފު ހުށަހެޅި ފަރާތުން ބުނީ، 2023/HC-A/60 ގެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުކޮށް އަލުން ބެލުމަށް އަންގައިފިނަމަ ރައްދު އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ނުވަތަ އަލުން ހުށަހެޅޭނެ ފުރުޞަތު އޮތްނަމަ، މި މައްސަލަ އަނބުރާ ގެނައުމަށް އެދޭކަމަށެވެ.
މައިގަނޑު ސުވާލު
މައިގަނޑު އިސްތިއުނާފު (2023/HC-A/60) ބާޠިލުކުރުމަށްފަހު، އެއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި އިތުރު (ރައްދު) އިސްތިއުނާފު ކުރިއަށް ގެންދަންވީތޯ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު
މައިގަނޑު އިސްތިއުނާފު ބާޠިލުކޮށްފައިވުމާއި އިތުރު އިސްތިއުނާފު ހުށަހެޅި ފަރާތުން ފޮނުވި ސިޓީއަށް ރިޢާޔަތްކޮށް ދަޢުވާ ފޯމް ބާޠިލުކުރިއެވެ.
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- ހައިކޯޓުގެ ނަންބަރު 2023/HC-A/60 ޤަޟިއްޔާ
- ބެންޗު
- ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް