ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/404
އާމިނަތު ޢައްޒާ ވ. އައިލެންޑަރސް އެޑިއުކޭޝަން ޕވޓ ލޓޑ، 2017/HC-A/404
Aminath Azaa v. Ailendars Education Pvt Ltd 2017/HC-A/404 (2017/HC-A/404, High Court of the Maldives, 9 May 2019)
އާމިނަތު ޢައްޒާ ވ. އައިލެންޑަރސް އެޑިއުކޭޝަން ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ނޯޓިސް ދީފައިނުވާތީ 3 މަސްދުވަހުގެ ނޯޓިސް ފައިސާ 24,108 ރުފިޔާ މުވައްޒަފު ކުންފުންޏަށް ދައްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއެވެ.
2 އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާގައި ހުރި މުވައްޒަފު، ނޯޕޭ ޗުއްޓީއަށް އެދި، ނުދެވޭނަމަ ވަކިކޮށްދިނުމަށް އެދި ސިޓީ ފޮނުވައި 3 މަސްދުވަހުގެ ނޯޓިސް ނުދީ ވަޒީފާއިން ވަކިވިއެވެ.
މުވައްޒަފު ބުނީ ނޯޓިސް ޤަވާޢިދުން ދީފައިވާ ކަމަށާއި، މުވައްޒަފު ދޭންޖެހޭ ނޯޓިސް މުއްދަތު ވަޒީފާދޭ ފަރާތުން ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 22 (ހ) އާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
މުވައްޒަފު ވަޒީފާއިން ވަކިވުމުގައި އެއްބަސްވުމުގެ 3 މަސްދުވަހުގެ ނޯޓިސް ދީފައިވޭތޯ، އަދި މުވައްޒަފު ދޭންޖެހޭ ނޯޓިސް މުއްދަތު އެއްބަސްވުމުގައި ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 22 (ހ) އާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލު، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ސިޓީއަކީ ނޯޓިހެއް ނޫންކަމާއި، 22 (ހ) އަކީ ވަޒީފާދޭ ފަރާތުގެ ނޯޓިހުގެ މާއްދާއެއްކަމާއި، މުވައްޒަފުގެ ނޯޓިސް ޝަރުޠަކީ ޤާނޫނާ ޚިލާފު ޝަރުޠެއް ނޫންކަމަށް ކަނޑައަޅައި ނިންމުން ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓެއްގެ ބައިވެރިން ޢަމަލުކުރަންވާނީ ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތަށެވެ. އެހެން ގޮތަކަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔާ ލުޔެއް ދީފިނަމަ ނުވަތަ އެހެން ގޮތަކަށް އެއްބަސްވެއްޖެނަމައެވެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ)).
- ނޯޕޭ ޗުއްޓީއަށް އެދި، ޗުއްޓީ ނުދެވޭނަމަ ވަޒީފާއިން ވަކިކޮށްދިނުމަށް އެދޭ ސިޓީއަކީ އެއްބަސްވުމުގެ ދަށުން މުވައްޒަފު ދޭންޖެހޭ 3 މަސްދުވަހުގެ ނޯޓިސް ކަމުގައި ނުބެލެވޭނެއެވެ؛ ވަޒީފާދޭ ފަރާތުން ލުޔެއް ދީފައިވާކަން ނޭނގޭނަމަ ނޯޓިސް ދީފައިވާކަމަށް ނުބެލެވޭނެއެވެ.
- ވަޒީފާއާބެހޭ ޤާނޫނުގެ 22 (ހ) އަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ވަޒީފާދޭ ފަރާތުން ބާޠިލުކުރާއިރު ވަޒީފާދޭ ފަރާތުން ދޭންޖެހޭ ނޯޓިހެވެ. އެއީ މުވައްޒަފު ވަޒީފާއިން ވަކިވާއިރު ދޭންޖެހޭ ނޯޓިހުގެ ވާހަކަ ނޫނެވެ.
- މުވައްޒަފު ވަކިވުމުގެ ކުރިން ދޭންޖެހޭ ނޯޓިސް މުއްދަތާއި ނޯޓިސް ނުދީފިނަމަ ނޯޓިސް މުއްދަތަށްވާ ފައިސާ ހިފެހެއްޓުން ވަޒީފާގެ އެއްބަސްވުމުގައި ހިމެނުމަކީ ވަޒީފާއާބެހޭ ޤާނޫނާއި ކޮންޓްރެކްޓާބެހޭ ޤާނޫނާ ނުވަތަ ޝަރުޢީ ޤާނޫނީ އުޞޫލަކާ ޚިލާފު ކަމެއް ނޫނެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ވަޒީފާގެ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (d)، ޝެޑިއުލް ބީ ގެ 6.1 (f) އާއި (g)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް