ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-DM/03
އަޙްމަދު ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް، 2020/HC-DM/03
Ahmed Naseer v. Attorney General's Office 2020/HC-DM/03 (2020/HC-DM/03, High Court of the Maldives, 4 March 2021)
އަޙްމަދު ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ޤާނޫނު ނަންބަރު 2019/24 ގެ ބައެއް މާއްދާތަކުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގައި 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކޮށްފައިވުމަކީ ޤާނޫނުއަސާސީގެ 2، 8، 10، 16، 17، 18، 20، 26، 67، 70 އަދި 268 ވަނަ މާއްދާތަކާ ޚިލާފު ކަމަށްބުނެ، އެ މާއްދާތައް ބާޠިލު ކަމަށް ކަނޑައަޅައިދިނުމަށް އެދި ފަރުދަކު އެޓަރނީ ޖެނެރަލްގެ އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 2019/24 (ލާމަރުކަޒީ ޤާނޫނަށް 8 ވަނަ އިސްލާޙު) ގެ 24 ވަނަ މާއްދާގެ (ށ)، 41 ވަނަ މާއްދާގެ (ހ) އާއި (ނ)، އަދި 56.5 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ކައުންސިލްތަކުގައި 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކަކީ ޤާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއް ކަމަށް ކަނޑައެޅުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކުރުން.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 03/DM-/HC2020
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމް * ފޯމު ނަންބަރު:-
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ޖުލައި 2020 * ބާޠިލުކުރި ތާރީޚް: 04 މާރިޗު 2021
4މައްސަލަ ހުށަހެޅި ފަރާތް: * ފުރިހަމަ ނަން: އަޙްމަދު ނަޞީރު * ޢާއްމު ނަން: ނަޞީރު * އައި.ޑީ* ދާއިމީ އެޑްރެސް: […]
5އިސްތިއުނާފ ރައްދުވް ފަރާތް: * ފުރިހަމަ ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) * ޢާއްމު ނަން: އެޓަރނީ ޖެނެރަލްގެ އޮފީސެ * ރަޖިސްޓްރީ ނަންބަރު:- * ދާއިމީ އެޑްރެސް: […]
6ހުށަހެޅިފައިވާ މައްސަލަ: މި މައްސަލައަކީ، ޤާނޫނު ނަންބަރު: 2010/7 (ދިވެ ހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު (2019/24) ގެ 24 ވަނަ މާއްދާގެ (ށ) އާއި 41 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 56.5 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ރަށްރަށުގެ ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިންގުމުގައި ކޮންމެ ކައުންސިލެއްގައިވެސް އިންތިޚާބުކުރެވޭ ކައުންސިލަރުންގެ ތެރޭގައި 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކޮށް އެ ކައުންސިލްތަކުގައި 33 އިންސައްތަ އަންހެނުން އިންތިޚާބުކުރުމަށް ރައްޔިތުންނަށް ލާޒިމުކޮށްފައި އޮތް އޮތުމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 2 ވަނަ މާއްދާ އާއި 8 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 20 ވަނަ މާއް ދާ އާއި 26 ވަނަ މާއްދާ 67 ވަނަ މާއްދާ 70 ވަނަ މާއްދާއއާ 268 ވަނަ މާއްދާއާ ޚިލާފު މާއްދާތަކެއް ކަމަށްވާތީ ބުނެވުނު ޤާނޫނު (2019/24) ގެ 24 ވަނަ މާއްދާގެ (ށ) އާއި 41 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 56.5 ވަނަ މާއްދާގެ (ހ) އާއި (ށ) އަކީ ބޠިލާ މާއްދާތަކެއް ކަމަށް ކަނޑައަޅުއްވާ ދެއްވުން އެދި ދަފްތަރު ނަންބަރު: ރސ 14282، އަޙްމަދު ނަޞީރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް: ޤާނޫނު ނަންބަރު: 2010/7 (ދިވެ ހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު (2019/24) ގެ 24 ވަނަ މާއްދާގެ (ށ) އާއި 41 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 56.5 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ރަށްރަށުގެ ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިންގުމުގައި ކޮންމެ ކައުންސިލެއްގައިވެސް އިންތިޚާބުކުރެވޭ ކައުންސިލަރުންގެ ތެރޭގައި 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކޮށް އެ ކައުންސިލްތަކުގައި 33 އިންސައްތަ އަންހެނުން އިންތިޚާބުކުރުމަށ ރައްޔިތުންނަށް ލާޒިމުކޮށްފައި އޮތް އޮތުމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 2 ވަނަ މާއްދާ އާއި 8 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ
- ބެންޗު
- ޙުސައިން ޝަހީދު (ރިޔާސަތު)، ހާތިފް ޙިލްމީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 22 ޖުލައި 2020 · ނިމުނީ 4 މާރިޗު 2021 (7.4 މަސް)