ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/19
އަޙްމަދު އާޤާން ވ. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، 2024/HC-A/19
Ahmed Aaqaan v. Hanboa Company Private Limited 2024/HC-A/19 (2024/HC-A/19, High Court of the Maldives, 29 October 2025)
އަޙްމަދު އާޤާން ވ. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ނަންބަރު 144-BHD17/VN/2023/04 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް އެދި މާލެ / ގ. އަރިސް، އަޙްމަދު އާޤާންގެ ފަރާތުން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އިސްތިއުނާފު ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތް ޙާޟިރުނުވުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/19
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފް ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޖަނަވަރީ 2024 – ބާޠިލުކުރި ތާރީޚް: 29 އޮކްޓޫބަރު 2025
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: އަޙްމަދު އާޤާން
5އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 144-BHD17/VN/2023/04 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް އެދި މާލެ، އަޙްމަދު އާޤާންގެ ފަރާތުން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އިސްތިއުނާފު ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 144-BHD17/VN/2023/04 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް އެދި މާލެ، އަޙްމަދު އާޤާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ބެލުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/19 ޤަޟިއްޔާގެ ޝަރީޢަތް 2025 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 09:00 ގައި ބޭއްވުމަށްޓަކައި ފޮނުވުނު، ހައިކޯޓުގެ ނަންބަރު 95-B1/CHT/2025/3933 "ކޯޓަށް ހާޒިރުވުމުގެ އަމުރު" އަޙްމަދު އާޤާން ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ފަރާތްކަމަށްވާ ޝުނާނާ އެންޑް ކޯ އެލް.އެލް.ޕީ އަށް ރައްދުވެފައިވާއިރު، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވެފައި ނުވާތީއާއި، ގަޑިއަށް ޙާޒިރުވެވެން ނެތްކަން ބަޔާންކޮށް މަޤުބޫލު ސަބަބެއްވެސް އެފަރާތުން ކޯޓަށް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، މާލެ، އަޙްމަދު އާޤާންގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/19 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ)
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 25 ޖަނަވަރީ 2024 · ނިމުނީ 29 އޮކްޓޫބަރު 2025 (21.1 މަސް)