ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/278
އައްޑޫ ސިޓީ ކައުންސިލް ވ. ހައްވާދިޔެ، 2022/HC-A/278
Addu Sitee Council v. Havaadhiye 2022/HC-A/278 (2022/HC-A/278, High Court of the Maldives, 27 August 2026)
އައްޑޫ ސިޓީ ކައުންސިލް ވ. ހައްވާދިޔެ
މައިގަނޑު ސުވާލު
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 191/S2C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/278 (2021/HC-S-A/02)
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: ގޯއްޗާބެހޭ
3މައްސަލަ ރަޖިސްޓަރީކުރެވުނު ތާރީޚް: 05 ސެޕްޓެންބަރު 2021 ބާޠިލްކުރި ތާރީޚް: 27 އޮގަސްޓު 2026
4އިސްތިއުނާފުކުރި ފަރާތް:
ފުރިހަމަ ނަން: އައްޑޫ ސިޓީ ކައުންސިލް
5އިސްތިއުނާފު ރައްދުވި ފަރާތްތައް:
ފުރިހަމަ ނަން: ޙައްވާދިޔެ
ފުރިހަމަ ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
6ތަދައްކުލުވި ފަރާތް:
ފުރިހަމަ ނަން: ޢަބްދުﷲ
7ހުށަހެޅިފައިވާ މައްސަލަ:
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 191/S2C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
8ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިގޮތް:
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 191/S2C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މިކޯޓުން ބަލަމުންދަނީ މިކޯޓުގެ ނަންބަރު 2022/HC-A/278 (2021/HC-S-A/02) ޤަޟިއްޔާއިންނެވެ.
މި މައްސަލައިގައި ހިމެނޭ އެއް ޚަޞްމު ނިޔާވެފައިވާތީއާއި މި މައްސަލަ ކުރިއަށްގެންދިޔުމުގައި ކައުންސިލްގެ މަޞްލަޙަތެއް މިވަގުތު އޮތްކަމަށް ނުފެންނަކަމަށް ބުނެ މި މައްސަލަ ބާޠިލުކޮށްދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މި ކޯޓަށް ސިޓީ[1] ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/278 (2021/HC-S-A/02) ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
9މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ފަނޑިޔާރު ޙަސަން ޝަފީޢު
[1]އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 426-AB/95/2026/1 (26 އޮގަސްޓް 2026) ސިޓީ
- ބެންޗު
- ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ޙަސަން ޝަފީޢު
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 5 ސެޕްޓެމްބަރު 2021 · ނިމުނީ 27 އޮގަސްޓް 2026 (59.7 މަސް)