ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/280
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވ. ޢާއިޝަތު ޢަބްދުﷲ، 2025/HC-A/280
Addu Sitee Council Office v. Aishath Abdhuﷲ 2025/HC-A/280 (2025/HC-A/280, High Court of the Maldives, 30 June 2026)
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވ. ޢާއިޝަތު ޢަބްދުﷲ
މައިގަނޑު ސުވާލު
އިސްތިއުނާފު ހުށަހެޅުމަށްފަހު އައްޑޫ ހުޅުދޫ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައި ރަށު ކައުންސިލް އުފެއްދުމުން، އިސްތިއުނާފުކުރާ ފަރާތުގެ ޙައިސިއްޔަތާއި، ފަހުން އުފެދުނު ކައުންސިލުން މައްސަލަ އަނބުރާ ގެންދިއުމަށް އެދުމުގެ އަސަރު.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފު އަނބުރާ ގެންދިޔުމުން)
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/280
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 21 އޮކްޓބަރޯ 2520 * ބާޠިލްކުރި ތާރީޚް: 30 ޖޫން 2620
4އިސްތިއުނާފު ކުރި ފަރާތް: * ފުރިހަމަ ނަން: އައްޑޫސިޓީ ކައުންސިލްގެ އިދާރާ * ޢާއްމު ނަން: * ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: - * ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް:[…]
5އިސްތިއުނާފު ރައްދުވާ ފަރާތް: * ފުރިހަމަ ނަން: ޢާއިޝަތު ޢަބްދު ﷲ * ޢާއްމު ނަން: ޢާއިޝަތުދިޔެ * ދިވެހި ރައްޔިތެއްކަން އަންގައިދޭ* ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […]
6ހުށަހެޅިފައިވާ މައްސަލަ: އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2025-S6C-CIV-8 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި އައްޑޫސިޓީ ކައުންސިލގް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިގޮތް: އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2025-S6C-CIV-8 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި އައްޑޫސިޓީ ކައުންސިލގް އިދާރާގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/280 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ. 2 ދަޢުވާ ފޯމު ބާޠިލުކުރި ރިޕޯޓު 2025/HC-A/280 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/280 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 33/2025 "ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އިޞްލާޙުކުރުން" އައްޑުއަތޮޅު ހުޅުދޫއަކީ "އައްޑޫ ހުޅުދޫ" (03 ނޮވެމްބަރ 2025) ނަންދެވިފައިވާ މީހުންދިރިއުޅޭ ވަކިރަށެއްގެގޮތުގައި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/34 "އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައެޅުމާއި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުން" (03 ނޮވެމްބަރ 2025)އިން އައްޑޫސިޓީ ކައުންސިލްގެ މަސައްކަތްތައް އަލުންކަނޑައެޅުމުގެ ތެރޭގައި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލް " އުފައްދާ ފައިވެއެވެ. އަދި އެއަށްފަހު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 124 ވަނަ މާއްދާގެ ދަށުން، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ" އުފައްދަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 12/2026 "ދެންނެވުނ( "18 މެއި 2026)އިން އަންގަވާފައިވެއެވެ. އަދި މި މައްސަލައަކީ މިހާރު އައްޑޫސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައިހިމެނޭ މައްސަލައެއްކަމުގައި ނުވާތީ، އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާއާ މުޢާމަލާތްކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ލިޔުމުން އެދިފައިވެއެވެ. ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރިއިރު، މި މައްސަލައަކީ އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ ޖުޑީޝަލް ރިވިއުގެ މައްސަލައަކަށްވެފައި، މި މައްސަލަ ކުރިން އިސްތިއުނާފުކުރުމަށް ހުށަހެޅި އައްޑޫސިޓީ ކައުންސިލްގެ ޙައްޤުތައް، އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާއަށް ނަގުލުވެފައިވާކަމަށް ބުރވަ ވޭތީ، މި މައްސަލައިގައި މިހާރު އިސްތިއުނާފުކުރާ ފަރާތަކީ އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާކަމަށް ބަލަންޖެހެއެވެ. މި މައްސަލައަކީ އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2025-S6C-CIV-8 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، 14 އޮގަސްޓު 2025 ދުވަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެފައި، އެއީ އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރގާ މަސައްކަތްތައް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ދަށުގައި އޮތްއިރު، އެ އިދާރާއިން އިސްތިއުނާފު ކުރުމަށްއެދި ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، މި މައްސަލަ އިތުރަށް ކުރިޔަށް ގެންދަން މިހާރު ބޭނުންނުވާކަމަށާއި، މައްސަލަ އަނބުރާ ގެންދިޔުމަށް އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާއިން ނިންމަވާފައިވާކަމަށް، އައްޑުއަތޮޅު އައްޑޫ
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 124 ވަނަ މާއްދާ
- ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 އިޞްލާޙުކުރުން)
- ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 34/2025 (އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައެޅުމާއި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުން)
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 12/2026
- ބެންޗު
- ދީބާނާޒް ފަހުމީ (ރިޔާސަތު)، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ރިޔާސަތު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް