ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A-02/05
ޢަބްދުﷲ ނަޘީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2023/HC-A-02/05
Abdhuﷲ Natheef v. Prosecutor General 2023/HC-A-02/05 (2023/HC-A-02/05, High Court of the Maldives, 21 September 2023)
ޢަބްދުﷲ ނަޘީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން (1028/Cr-C/2011) ޤާނޫނު ނަންބަރު 1/81 ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން މެރުމަށް ޙުކުމްކޮށް، ހައިކޯޓުން (2017/HC-A/369) އެ ޙުކުމަށް ތާއީދުކުރިއެވެ. ސުޕްރީމް ކޯޓުން (2020/SC-A/72) ކުށްވެރިކަމަށް ތާއީދުކޮށް، 9/2014 ގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޢުޒީރީ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް ހައިކޯޓަށް ޙަވާލުކުރިއެވެ.
ޤަސްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިކޮށް، ވާރިސުން ޤިޞާޞް ހިފަން އެދުނުކަމަށް ބުނެފައިވާތީ މަރުގެ ޙުކުމް ކުރެވުނު މައްސަލައެއްގައި، ސުޕްރީމް ކޯޓުގައި މަރުވި މީހާގެ ހުރިހާ ވާރިސުން ޙާޟިރުވެ ކުށްވެރިޔާއަށް މަޢާފުދިނެވެ.
ދެފަރާތުންވެސް ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުން ހައިކޯޓަށް ޙަވާލުކުރި ޤަސްދުގައި މީހަކު މަރާލުމުގެ މައްސަލައެއްގައި، މަރުވި މީހާގެ ވާރިސުން މަޢާފުދީފައިވާތީ ތަޢުޒީރީ އަދަބު ކަނޑައެޅުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުން.
ނިންމި ގޮތް
ތަޢުޒީރީ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރި
މިއީ ހައިކޯޓުން މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ޤަޟިއްޔާއެއް ނޫންކަމަށާއި، ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރަންޖެހޭކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤަސްދުގައި މީހަކު މަރާލުމުގެ މައްސަލައެއްގައި ދަށުކޯޓުގައި ޤިޞާޞް ހިފުމަށް އެދުމަށްފަހު މަރުވި މީހާގެ ހުރިހާ ވާރިސުން ކުށްވެރިޔާއަށް މަޢާފުދީފިނަމަ، ސުޕްރީމް ކޯޓުގެ ނިންމުމުގެ މަތިން، ކުށްވެރިޔާގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ތަޢުޒީރީ އަދަބެއް ކަނޑައަޅަންވާނެއެވެ؛ އަދި އެ އަދަބުގެ މިންވަރު ކަނޑައަޅަންވާނީ ޤާނޫނުލްޢުޤޫބާތުގައިވާ ގޮތުގެމަތިން ކްރިމިނަލް ކޯޓުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 1، 4)
- ސުޕްރީމް ކޯޓުން ހައިކޯޓަށް މައްސަލައެއް ޙަވާލުކުރީ ހަމައެކަނި ދަށުކޯޓަށް ތަޙުވީލުކުރުމަށް ކަމަށްވާނަމަ، އެއީ ހައިކޯޓުން މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ޤަޟިއްޔާއަކަށް ނުވާތީ، ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން އަދަބު ކަނޑައެޅުމަށް މައްސަލަ ދަށުކޯޓަށް ތަޙުވީލުކޮށް ނިންމަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5)
- ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އަދި (ރ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/72 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2017/HC-A/369 ޤަޟިއްޔާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޢާސިރު، ޢަލީ އަޙްމަދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް