ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-A/44
1.އާއިޝަތު ނިހާދު ވ. ނެތް، 2026/HC-A/44
1.Aaishathu Nihaadhu v. Not specified 2026/HC-A/44 (2026/HC-A/44, High Court of the Maldives, 14 April 2026)
1.އާއިޝަތު ނިހާދު ވ. ނެތް
މައިގަނޑު ސުވާލު
އެއްމެދު ޢިމާރާތެއްގެ ޢާންމު ތަންތަނުގެ މިލްކުވެރިކަމަށް އެހެން ޔުނިޓު ގަތް ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކަށް، އެ ޢިމާރާތުން ޔުނިޓު ގަތް އެހެން ފަރާތްތަކަށް ތަދައްޚުލުވުމުގެ ހުއްދަ ނުދިނުމަށް ސިވިލް ކޯޓުން ނިންމުން ރަނގަޅުތޯ؛ އެ ފަރާތްތަކަށް އެ މައްސަލަތަކާ ސީދާ ގުޅުމާއި މަޞްލަޙަތު އޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ ތަދައްޚުލުވުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށް ކަނޑައެޅި
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނޫނު) ގެ 8 ވަނަ މާއްދާއަށް ބެލުމުން، ޢާންމު ތަންތަނަކީ ޢިމާރާތުގެ ހުރިހާ މިލްކުވެރިންގެ ހަމަހަމަ ހިއްސާ އެކުލެވިގެންވާ، ވަކި ފަރާތަކަށް ޚާއްޞަ ހިއްސާއެއް ނުވަތަ ޙައްޤެއް ލިބިގެންނުވާ ޢާންމު ސަރަހައްދުތަކާއި ޢާންމު ވަސީލަތްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- އެއްމެދު ޢިމާރާތެއްގެ ޔުނިޓެއްގެ ވެރިފަރާތަށް އެ ޔުނިޓާ ގުޅޭ ގޮތުން ލިބިދޭ ޙައްޤުތަކާއި މަޞްލަޙަތުތަކަކީ، ޢިމާރާތުގެ ޢާންމު ތަންތަނާ ގުޅޭ ގޮތުން (އެހެން ޔުނިޓުތަކުގެ ވެރިފަރާތްތަކާއެކު ބޭނުންކުރުމުގެ ޙައްޤު) ލިބިދޭ ޙައްޤުތަކާއި މަޞްލަޙަތުތަކާ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- ޢާންމު ތަންތަނުގެ މިލްކުވެރިކަން ހަމައެކަނި ބައެއް ޔުނިޓު ވެރިންނަށް ލިބިދިނުމަށް އެދޭ މައްސަލައެއްގެ މައުޟޫއާ، އެ ޢިމާރާތުން ޔުނިޓު ގަތް ނުވަތަ ގަތުމަށް އެއްބަސްވެފައިވާ އެހެން ފަރާތްތަކަށް ސީދާ ގުޅުމާއި މަޞްލަޙަތު އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33، 34)
- ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޙައްޤެއް ނުވަތަ މަޞްލަޙަތެއް އޮތް ފަރާތަކަށް ޚަޞްމެއްގެ ގޮތުގައި ތަދައްޚުލުވުމަށް އެދިދާނެއެވެ؛ ޚަޞްމަކު އިތުރުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ކޯޓަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36، 38، 39)
- ތަދައްޚުލުވުމުގެ ހުއްދަ ދިނުމުގައި ކޯޓުން ބަލަންޖެހެނީ: މައްސަލައިގެ ވާޤިޢާއާއި ޤާނޫނީ ނުކުތާ އެއްގޮތްތޯ، އެދޭ ފަރާތާ ސީދާ ގުޅުމެއް ނުވަތަ މަޞްލަޙަތެއް އޮތްތޯ، ނިންމާ ގޮތަކުން އެ ފަރާތުގެ ޙައްޤެއް ގެއްލިދާނެތޯ، އަދި ޢަދުލުއިންޞާފު ޤާއިމުކުރުމަށް އެ ފަރާތް ތަދައްޚުލުކުރުން މުހިއްމު އަދި ބޭނުންތެރިތޯއެވެ. މީގެ ބޭނުމަކީ އެއް ބާވަތުގެ މައްސަލަތަކުގައި އެކި ގޮތަށް ޙުކުމްކުރެވުން ހުއްޓުވުމާއި ވަގުތާއި ޚަރަދު ސަލާމަތްކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39)
- ތަދައްޚުލުވުމުގެ ފުރުޞަތު ދިނުމަށްފަހު އެ ފަރާތުގެ މަޞްލަޙަތު ނެތްކަމަށް ފެނިއްޖެނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 81 ވަނަ މާއްދާގެ (ށ) ގެ ދަށުން ޚަޞްމުންގެ ތެރެއިން އެ ފަރާތް އުނިކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41)
މައްސަލައިގެ ތަޢާރަފު:
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2025/2025/02-HD2/TH/283B-144 އާއި ނަންބަރު 2025/2025/01-HD2/TH/351B-144 "ތަދައްޚުލުވުމަށް ހުއްދް ދިނުމާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި […] / ޢާއިޝަތު ނިހާދު އާއި، […] / ޙުސައިން ޙަމީދު އާއި، ހުޅުމާލެ ގޯތި ނަންބަރު 10530 / ތައުފީޤު މުޙައްމަދު އާއި، […] / މުޙައްމަދު ވިޝާޙު އާއި، ގދ.ތިނަދޫ / ޖެމްނީހައުސް، ޢަލީ ޝަމީމު އާއި، ހއ.ހޯރަފުށީ / ގުލްޝަނީގެ ބަހާއުއްދީން އާއި، […] / ފަޟީލް ޚަލީލު އާއި، […] / ލަޠީފާ އިސްމާޢީލް އާއި، ހދ.ނޮޅިވަރަންފަރު / ސީރާޒީގެ، ސަމީހާ ޙުސައިން އާއި، […] / މާރިޔާ ޝަރީފް އާއި، ބ.އޭދަފުށި / އެލީޒާ، ޢަލީ ރަޝީދު އާއި، […] / ފާޠިމަތު ޝިފާޢު އާއި، ށ.ބިލަތްފަހި / ޕެރިސް، ޢަބްދުލްޢަޒީޒު ޔު ސުފް އާއި، ސ.މީދޫ / މިނާރު، ސަމ ޙަލީމާ އާއި، […] / ބަސްމ އިބްރާހީމާ ޞާބިރު އާއި، […] / އަޙްމަދު މައުމޫން (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް/ފަރާތްތައް" ކަމުގައި ބަޔާންކޮށްފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މިކޯޓުން ބަލައި ނިންމި ގޮތެވެ.
2ސިވިލް ކޯޓުގެ ނަންބަރު 2025/2025/02-HD2/TH/283B-144 "ތަދައްޚުލުވުމަށް ހުއްދް ދިނުމާމެދު ނިންމިގޮތް" އިސްތިއުނާފުކުރި މައްސަލަ މިކޯޓުގައ ރަޖިސްޓްރީ ކުރެވިފައިވަނީ މިކޯޓުގެ ނަންބަރު A/44-C2026/H ޤަޟިއްޔާގައެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 2025/2025/01-HD2/TH/351B-144 "ތަދައްޚުލުވުމަށް ހުއްދް ދިނުމާމެދު ނިންމިގޮތް" އިސްތިއުނާފުކުރި މައްސަލަ ރަޖިސްޓްރީ ކުރެވިފައިވަނީ މިކޯޓުގެ ނަންބަރު A/45-C2026/H ޤަޟިއްޔާ ގައެވެ.
3މި ދެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ އެއް ނުކުތާގެ މައްޗަށް ކަމަށްވެފައި، ޖަވާބު ދޭންޖެހޭ ޤާނޫނީ ނުކުތއަކީވެސާ އެއްނުކުތާ ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، މިބާވަތުގެ މައްސަލަތައް ބަލައި ނިންމުމާގުޅޭ ގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލަށާއި، މިކޯޓުގެ "މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތް ކުރުމާބެހޭ އުޞޫލު" އަށް ރިޢާޔަތްކޮށް، މިދެ ޤަޟިއްޔާގެ ޝަރީޢަތް މިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ، ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައެވެ. އަދި މިދެ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ލިޔެފައި ވަނީ އެއް ރިޕޯޓެއްގެ ގޮތުގައެވެ.
4ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ދެ ޤަޟިއްޔާގައި ތަދައްޚުލުވުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ހުށަހެޅުމާމެދު އެކޯޓުން ނިންމި ގޮތް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތެއްނެތި exparte މައްސަލައެއްގެ ގޮތުގައެވެ. އަދި މި މައްސަލަތކުގަ ޝަރީޢަތް މިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތއި ވެ.
5ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 ޤަޟިއްޔާއަކީ، ހުޅުމާލޭގައި ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑނު ޢިމާރާތްކޮށް ނުނިމިވާ Exotic – Gardens The leganceE އެވެ ކިޔާ އެޕާޓްމަންޓް ކޮންޕްލެކްސްއިން ސަން އެންޑް ކޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާ އެޕާޓްމަންޓް ޔުނިޓއާ އެތަނާ ގުޅުން ހުރި ތަންތަނުގެ މިލްކުވެރިކަން އެފަރާތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ޕެރެގްރާފް އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އެޕާޓްމަންޓް ކޮމްޕްލެކްސްގ ނަމުގެ ގޮތުގައި Exotic – Gardens “The Excellence” ލިޔެފައިވީނަމަވެސް ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދައުވާއާއި މައްސަލައިގެ އެހެނިހެން ލިޔެކިޔުންތަކުގައި އެޕާޓްމަންޓް ކޮމްޕްލެކްސްގެ ނަމުގެ ގޮތުގައި Exotic Elegance” – “The Gardens ލިޔެވިފައިވާތީ މި ރިޕޯޓުގައި ވެސް އެޕާޓްމަންޓް ކޮމްޕްލެކްސްގ ނަމުގެ ގޮތުގައެ ބޭނުންކޮށްފައިވާނީ Exotic Elegance” – “The Gardens އެވެ. ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ސަން އެންޑް ކޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ކުރުމުން ސިވިލް ކޯޓުން ބަލަމުންދާ ޤަޟިއްޔާއެކެވެ.
6އެ ޤަޟިއްޔާގއަ 10 އޮގަސްޓް 2025 ގއ ސިވިލް ކޯޓުގެ ނަންބަރު 2025/2025/01-HD2/VA/283B-144 ވަގުތީ އަމުރު ނެރެފައި ވެއެވެ.
7އެ ވަގުތީ އަމުރުގައި، އެ ޤަޟިއްޔާގެ މައުޟޫޢުގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ނިޔަލަށް ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑައެޅުމުގެ ނިޔަލަށް، ދަ ގާޑެން އެގްޒޯޓިކް އެލިގެންސް އެޕާޓްމަންޓް ކޮމްޕްލެކްސްގެ ޔުނިޓް 1201 (ދަ ގާޑެން މޭނޝްން) އާއި އެޕާޓްމަންޓް ޔުނިޓުގެ މަތި 13 ވަނަ ފަންގިފިލާގެ 6327.35 އަކަފ ޓުގެ ސަރަޙައްދު ވިއްކުން،އަދި/ނުވަތަ މިލްކްކޮށްދިނުން، އަދި/ނުވަތަ ރަހުނުކޮށް ދިނުން، އަދި/ނުވަތަ އެތަނުގެ ޤާނޫނީ މިލްކްވެރިކަން ބަދަލުވާފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި މިއެޕާޓްމަންޓް ޔުނިޓުގެ އަދި އެއެޕާޓްމަންޓް ޔުނިޓްގެ މަތި 13 ވަނަ ފަންގިފިލާގެ 6327.35 އަކަފ ޓުގެ ސަރަޙައްދުގައި އެއްވެސް މަރާމާތެއް އަދި/ނުވަތަ މަސައްކަތެއް، ދަޢުވާކުރާ ފަރާތުގެ ރުހުމާއެކު ނ ނ ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އަށް އަންގާފައިވެއެވެ.
8އިސްތިއުނާފުކުރާ ފަރާތްތަކަކީވެސް އެމައްސަލައިގައި ހިމެނޭ އެޕާޓްމަންޓް ކޮމްޕްލެކްސްއިން އެޕާޓްމަންޓްތަކެއް ގަތުމަށް ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަކިވަކި އެއްބަސްވުންތަކެއްގައ ސޮއި ކޮށްފައިވާ ފަރާތްތަކއްކަމަށ އެފަރާތްތަކުން ބުނެއެވެ.
9އިސްވެ ބަޔާން ވެ ދިޔަ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އަދި އެމައްސަލައިގައި ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ، ދަ ގާޑެން އެގްޒޯޓިކް އލިގެންސެ (leganceE Exotic – Gardens The) އެޕާޓްމަންޓް ކޮމްޕްލެކްސްގެ ޔުނިޓް 1201 (ދަ ގާޑެން މޭނޝް ން) ގެ މަތި 13 ވަނަ ފަންގިފިލާގެ 6327.35 އަކަފ ޓުގެ ސަރަޙައްދަކީ، ހަމައެކަނި ސަން އެންޑް ކޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މަސްލަޙަތު ހިމެނޭ ސަރަހައްދެއް ނ ންކަމާއި، އެ ސަރަޙައްދަކީ އިސްތިއުނާފުކުރާ ފަރާތްތަކާއި، އެތަނުން އެޕާޓްމަންޓް ޔުނިޓު ގަނެފައިވާ އެންމެހއަ ފަރާތްތަކުގެ މަސްލަޙަތު ހިމެނޭ ސަރަޙައްދެއް ކަމަށް ބަޔާންކޮށް، އިސްތިއުނާފުކުރާ ފަރާތްތަކަށް ދަށު ކޯޓަށް ހުށހެޅިފަ އިވަ މައްސަލައިގައި ބަސް ބުނެ، ދައްކަން ހުރި ވާހަކަތަކާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތަކާއި، ލިޔެކިޔުން ހުށަހެޅުމުގެ ފުރުޞަތު ލިބިދެއްވުން އެދި އެޤަޟިއްޔާއަށް ތަދައްޚުލުވުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅިއެވެ.
10ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-351 ޤަޟިއްޔާއކަވެސް ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑނު ޢިމާރާތްކޮށް ނުނިމިވާ Exotic – Gardens The leganceE އެވެ ކިޔާ އެޕާޓްމަންޓް ކޮންޕްލެކްސްއިން އެ އެޕާޓްމަންޓް ޔުނިޓއި އެޔުނިޓ ގުޅިފައިވާ އެހެނ ތަންތަނުގެ މިލްކުވެރިކަން […] / މާލެ، މުޙައްމަދު ޝަމްޢނަށ ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން ސިވިލް ކޯޓުން ބަލަމުންދާ ޤަޟިއްޔާއެކެވެ.
11އެ ޤަޟިއްޔާގައި 29 ސެޕްޓެންބަރު 2025 ގައި އެކޯޓުގެ ނަންބަރު 2025/2025/02-HD2/VA/351B-144 ވަގުތީ އަމުރު ނެރެފައިވެއެވެ.
12އެ ވަގުތީ އަމުރުގައި، އެ ޤަޟިއްޔާގެ މައުޟޫޢުގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ނިޔަލަށް ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑައެޅުމުގެ ނިޔަލަށް، ގޑެން އެގްޒޯޓާ ކ އެޕާޓްމަންޓް ކޮމްޕްލެކްސްގެ އެޕާޓްމަންޓް ޔުނިޓް 202 (ދަ ގާޑެންސް ވިލާ) އާއި އެ ޔުނިޓާއެކު ގަނެފައިވާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރއިން 1353 އަކަފ ޓުގެ ސަރަހައްދުގެ ޔުނިޓަކާއި، ގްރައުން ފްލޯރއިން އިތުރު 3663.50 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، އަދި އެޕާޓްމަންޓް ޔުނިޓް 302 (ދަ ގާޑެނސް ސއުޓް) އާއި އެ ޔުނިޓާއެކު ގަނެފައިވާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރއިން 528 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، ސެކަންޑް ފްލޯރއިން އިތުރު 2092.18 އަކަފޓުގ ސަރަހައްދުގެ ޔުނިޓް ވިއްކުން،އަދި/ނުވަތަ މިލްކްކޮށްދިނުން، އަދި/ނުވަތަ ރަހުނުކުރުން،އަދި/ނުވަތަ އެތަނުގެ ޤާނޫނީ މިލްކްވެރިކަން ބަދަލުވާފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި މިދެ އެޕާޓްމަންޓް ޔުނިޓާއި އެޔުނިޓްތަކާއެކު ގަނެފައިވާ ބުނެވި ދިޔަ ސަރަހައްދުތަކުގައި އެއްވެސް މަރާމާތެއް އަދި/ނުވަތަ އެއްވެސް މަސައްކަތެއް ދަޢުވާކުރާ ފަރާތުގެ ރުހުމާއެކު ނ ނ ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އަށް އަންގކަމަށެވެ.
13އިސްތިއުނާފުކުރާ ފަރާތްތަކަކީވެސް އެމައްސަލައިގައި ހިމެނޭ އެޕާޓްމަންޓް ކޮމްޕްލެކްސްއިން އެޕާޓްމަންޓްތަކެއް ގަތުމަށް ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަކިވަކި އެއްބަސްވުންތަކެއްގައ ސޮއި ކޮށްފައިވާ ފަރާތްތަކއ ކަމަށް އެފަރާތްތަކުން ބުނެއެވެ.
14ދަޢުވާގައި ބަޔާންކޮށްފައިވާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ އެޕާޓްމަންޓް ޔުނިޓް 202 (ގާޑެން ވިލާ) އާއި އެޔުނިޓާއެކު ގަނެފައިވާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރއިން 1353 އަކަފ ޓުގެ ސަރަހައްދުގެ ޔުނިޓަކާއި، ގްރައުން ފްލޯރއިން އިތުރު 3663.50 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، އަދި އެޕާޓްމަންޓް ޔުނިޓް 302 (ގާޑެން ސުއިޓް) އާއި އެޔުނިޓާއެކު ގަނެފައިވާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރއިން 528 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، ސެކަންޑް ފްލޯރއިން އިތުރު 2092.18 އަކަފ ޓުގެ ސަރަހައްދުގެ ޔުނިޓް ހިމެނޭ ސަރަޙައްދަކީ ހަމައެކަނި މުޙައްމަދު ޝަމްޢނުގެ މަސްލަޙަތު ހިމެނޭ ސަރަހައްދެއް ނޫންކަމާއި، އެ ސަރަޙައްދަކީ އިސްތިއުނާފުކުރާ ފަރާތްތަކާއި، އަދި – The Gardens Elegance Exotic އިން ޔުނިޓު ގަނެފައިވާ އެންމެހއަ ފަރާތްތަކުގެ މަސްލަޙަތު ހިމެނޭ ސަރަޙައްދެއް ކަމަށްވާތީ އެފަރާތްތަކުން އެ މައްސަލައިގައި ދައްކަންހުރި ވާހަކަތަކާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތަކާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުމުގެ ފުރުޞަތު ލިބދެއްވުނި އެދް އެޤަޟިއްޔާއަށް ތަދައްޚުލުވުމށަ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅިއެވެ.
15ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 ޤަޟިއްޔގައާ ތަދައްޚުލްވމަށު ހުށަހެޅި ހުށަހެޅުމާމެދު އެކޯޓުގެ ނަންބަރު 2025/2025/02-HD2/TH/283B-144 "ތަދައްޚުލުވުމަށް ހުއްދަ ދިނުމާމެދު ނިންމި ގޮތް" އިން ނިންމާފައިވަނީ؛ "....ތަދައްޚުލްވުމަށް ހުށަހަޅާފައިވް ހުށަހެޅުމަށް ޝަރީޢަތުން ނަޒަރުކުރާއިރު، މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަކީ ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން އިމާރާތްކޮށް ނުނިމިވާ The Gardens Excellence Exotic – އެވެކިޔާ އެޕާރޓްމަންޓް ކޮންޕްލެކްސ އިން އެޕާރޓްމަންޓް ޔުނިޓް ގަތުމާމެދު ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާދެމެދު ވަކިން އެއްބަސްވެފައިވާ ފަރާތްތަކެއްކަމަށ ވުމުން އެފަރާތްތަކަށް ވަކިވަކިން ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އެ ފަރާތްތަކުގެ ބަހެއް ހޯދުމެއްނެތި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 ޤަޟިއްޔާގައި ގޮތް ކަނޑައެޅިގެންދިޔަނަމަވެސް އެނިންމުމުގެ ސަބަބުން އެފަރާތްތަކުގެ ޙައްޤަށް ސީދާ އަސަރުކުރާނެ ޙާލަތެއްއޮތްކަމަށ ޝަރީޢަތަށް ބުރަނުވެވޭކަމާއި، އެހެންކަމުން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 ޤަޟިއްޔާއާއި ގުޅިގެން ޢާއިޝަތު ނިހާދު، ޙުސައިން ޙަމީދު، ތައުފީޤު މުޙައްމަދު، މުޙައްމަދު ވިޝާޙު، ޢަލީ ޝަމީމު، ބަހާއުއްދީން، ފަޟީލު ޚަލީލު، ލަޠީފާ އިސްމާޢީލް، ސަމީހާ ޙުސައިން، މާރިޔާ ޝަރީފް، ޢަލީ ރަޝީދު، ފާޠިމަތު ޝިފާޢު، ޢަބްދުލްޢަޒީޒު ޔޫސުފް، ސަމާ ޙަލީމް، ބަސްމ އިބްރާހީމާ ޞާބިރު، އަދި އަޙްމަދު މައުމ ންގެ ފަރާތުން ތަދައްޚުލުވުމަށް އެދި ހުށަހެޅި ފޯމު ބަލައިނުގަންނަން ނިންމިކަން އަންގަމެވެ." މިފަދައިންނެވެ.
16ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-351 ޤަޟިއްޔާއަށް ތަދައްޚުލްވމަށު އެދި ހުށަހެޅި ހުށަހެޅުމާމެދު އެ ކޯޓުގެ ނަންބަރު 2025/2025/01-HD2/TH/351B-144 "ތަދައްޚުލުވުމަށް ހުއްދަ ދިނުމާމެދު ނިންމި ގޮތް" އިން ނިންމާފައިވަނީ؛ "....ތަދައްޚުލްވުމަށް ހުށަހަޅާފައިވް ހުށަހެޅުމަށް ޝަރީޢަތުން ނަޒަރުކުރާއިރު، މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަކީ ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން އިމާރާތްކޮށް ނުނިމިވާ – The Gardens Exotic Excellence އެވެކިޔާ އެޕާރޓްމަންޓް ކޮންޕްލެކްސ އިން އެޕާރޓްމަންޓް ޔުނިޓް ގަތުމާމެދު ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާދެމެދު ވަކިން އެއްބަސްވެފައިވާ ފަރާތްތަކެއްކަމަށ ވުމުން އެފަރާތްތަކަށް ވަކިވަކިން ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އެ ފަރާތްތަކުގެ ބަހެއް ހޯދުމެއްނެތި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-351 ޤަޟިއްޔާގައި ގޮތް ކަނޑައެޅިގެންދިޔަނަމަވެސް އެނިންމުމުގެ ސަބަބުން އެފަރާތްތަކުގެ ޙައްޤަށް ސީދާ އަސަރުކުރާނެ ޙާލަތެއްއޮތްކަމަށ ޝަރީޢަތަށް ބުރަނުވެވޭކަމާއި، އެހެންކަމުން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-351 ޤަޟިއްޔާއާއި ގުޅިގެން ޢާއިޝަތު ނިހާދު، ޙުސައިން ޙަމީދު، ތައުފީޤު މުޙައްމަދު، މުޙައްމަދު ވިޝާޙު، ޢަލީ ޝަމީމު، ބަހާއުއްދީން، ފަޟީލު ޚަލީލު، ލަޠީފާ އިސްމާޢީލް، ސަމީހާ ޙުސައިން، މާރިޔާ ޝަރީފް، ޢަލީ ރަޝީދު، ފާޠިމަތު ޝިފާޢު، ޢަބްދުލްޢަޒީޒު ޔޫސުފް، ސަމާ ޙަލީމް، ބަސްމ އިބްރާހީމާ ޞާބިރު، އަދި އަޙްމަދު މައުމ ންގެ ފަރާތުން ތަދައްޚުލުވުމަށް އެދި ހުށަހެޅި ފޯމު ބަލައިނުގަންނަން ނިންމިކަން އަންގަމެވެ." މި ފަދައިންނެވެ.
17އިސްވެ ދިޔަ ސިވިލް ކޯޓުގެ "ތަދައްޚުލުވުމަށް ހުއްދް ދިނުމާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމަށް މިރިޕޯޓުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން އިސްތިއުނާފުކުރުމަށް މިކޯޓަށް ހުށަހެޅިއެވެ.
18ސިވިލް ކޯޓުގެ ނަންބަރު 2025/2025/02-HD2/TH/283B-144 އާއި ނަންބަރު 2025/2025/01-HD2/TH/351B-144 "ތަދައްޚުލުވުމަށް ހުއްދަ ދިނުމާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކާ ނ އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ؛
18.1- ސިވިލް ކޯޓުގެ ނަންބަރު 2025-VCHDC-283 އާއި ނަންބަރު 2025-VCHDC-351 ޤަޟިއްޔާއަށް ތަދައްޚުލުވުމަށް ހުއްދަ ނުދިނުމަށް ނިންމެވީ ޤާނ ނ ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާއާއި 116 ވަނަ މާއްދާއާއި 117 ވަނަ މާއްދާ އަދި 118 ވަނަ މާއްދާއާ ޚިލާފަށް، އެ މާއްދާތަކުން ތަދައްޚުލްވާނ އެދުން ފަރާތްތަކުގެ މަސްލަޙަތަށް އުނިކަން އަންނަ ގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
19އިސްތިއުނާފުކުރާ ފަރާތާ ތ ކަން އިސްތިއުނާފީ ނުކުތާ ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެ ނުކުތއާއާ ގުޅިގެނި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ލިޔުންތަކާއި ބަޔާންތަކެއް ކަމަށްވާތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރަމެވެ. މިގޮތުން؛
19.1- އެއްމެދު އިމާރާތާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެއްމެދު އިމާރާތެއްގެ ޔުނިޓުގެ ވެރިފަރާތަކަށް އެފަރާތުގެ ޔުނިޓާގުޅޭ އެންމެހާ ޙައްޤެއް ލިބުމުގެ އިތުރުން، އެހެން ޔުނިޓުތަކުގެ ވެރިފަރާތްތަކާ އެކުގައި، އެ އިމާރާތުގެ ޢާންމު ތަންތަން ބޭނުންކުރުމުގެ ޙައްޤުވެސް އެއްމެދު ޢިމާރާތގު ޔުނިޓުގެ ވެރިފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވުމުން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 އާއި ނަންބަރު 2025-VCHDC-351 ޤަޟިއްޔާގައި ނެރެފައިވާ ވަގުތީ އަމުރުތަކުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤުތަކެއްވެސް އެކުލެވޭ ޢާންމު ތަންތަނާ ގުޅޭގޮތުން ވަކި ގޮތަކަށް ވަކި ކަމެއް ނުކުރުމަށް އަންގާ އަމުރުކޮށްފައިވާތީއާއި އެ މައްސަލައިގައި އެ ތަންތަންވެސް ހިމެނޭ ގޮތުން ފައިސަލާ ކުރުމަށް އެދިފައިވާކަމަށް އޮތަތީ، އެ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ މަޞްލަޙަތެއް އޮތް ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
19.2- އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކީ ދަ ޢުވަކޮށްފައިވާ ފަރާތްތަކަށް އެޕާޓްމަންޓް ޔުނިޓާއެކު ވިއްކާފައިވާއާންމު ތަންތަނާ ގުޅިގެން ކޮށްފައިވާ ދޢަ ވާތަކެއު ކަމަށްވެފައި، އެބައިތަކާގުޅޭ ޙައްޤުތަކަކީ ހަމައެކަނި އެ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކެއް ނޫންކަމާއި އެ ބައިތަކުގައި އިސްތިއުނާފު ކުރާ ފަރާތްތަކުގެވެސް ޙައްޤުތަކާއި މަޞްލަޙަތު އޮންނަކަން ޤާނޫނީ ގޮތުން އެނގެން އޮންނާތީ، އެ އާންމު ތަންތަން ހިމެނޭހެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް އިސްތިއުނާފުކުރާ ފަރާތްތަކަށް ޚަސްމުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކެއެވެ.
19.3- ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ޚަސްމަކަށްވުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތްތަކެއްތޯ ބަލާއިރު، ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގައި ބަޔާންކުރާފަދައިން އިސްތިއުނާފުކުރާ ފަރާތްތަކަކީ ޤާނޫނީ ހައިސިއްޔަތު ލިބިގެންވާ ފަރާތްތަކެއް ކަމާއިއެ ޤާނޫނުގެ 76 ވަނަ މާއްދާގައި ލާޒިމުކުރާފަދައިން އެ ދަޢުވާތަކާގުޅޭ އެކަށީގެންވާ މަސްލަޙަތެއް އޮތް ފަރާތްތަކެއް ކަމާއި Elegance Exotic – The Garden އިން ޔުނިޓްތައ ގަތް ފަރާތްތަކެއްކަން ދަލީލުކޮށްދޭ އެއްބަސްވުންތައްވެސް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެ އެއްބަސްވުންތަކުގެ 18 ވަނަ މާއްދާ ގައި އެއްމެދު އިމާރާތުގެ ޤާނޫނުގައި ޢާންމު ތަންތަނާ ގުޅޭ ވަރަށް އަސާސީ ޙައްޤުތަކެއް ޔުނިޓު ގަތް ފަރާތްތަކަށް ލިބިދެވޭކަނ އެނގެން އޮންނަކަމއާ އެގޮތުނި އިމާރާތުގެ މެއިންޓަނަންސ ޚަރަދަށް އެ އާންމު ތަންތަނުގެ ތެރގައޭ ހިމެނި މިނީ މާޓް އަދި ކެފޭއިނ ލިބް އާމްދަނީ އިން ޚަރަދުކުރާ ގޮތަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތް:
20އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 އާއި ނަންބަރު 2025-VCHDC-351 ޤަޟިއްޔާގެ މައުޟ ޢަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ސީދާ މަސްލަޙަތު ހިމެނޭ މައުޟޫޢެއް ކަމަށްވާތީ، އެ ދެ ޤަޟިއްޔާގައި ޚަސްމުންގެ ގޮތުގައި ތަދައްޚުލުވެ، އިސްތިއުނާފުކުރާ ފަރާތްތކަ ނ ދައްކަންހުރި ވާހަކަތަކާއި ހުށަހަޅަންޖެހޭ ހުށަހެޅުންތަކާއި، ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ލިބެންޖެހޭ ކަމަށް ކަނޑައަޅުއްވައި ދެއްވައި، އިސްތިއުނާފުކުރާ ފަރާތްތަކަށް އެ މައްސަލތަކަށަ ތަދައްޚުލުވުމުގެ ހުއްދަ ދިނުމަށް ސިވިލް ކޯޓަށް އަންގަވައި އަމުރުކޮށަ ދިނުމަ ށެވެ.
21މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތއާށާއި އެ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު މި މައްސަލައިގައި ޝަރީޢަތނު ގޮތެއް ކަނޑައަޅަންޖެހޭ ޤާނ ނ ނުކުތާއަކީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 އާއި ނަންބަރު 2025-VCHDC-351 ޤަޟިއްޔާތަކުގައި ބަލަމުންދާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކާ ގުޅުމެއް ނުވަތަ މަސްލަޙަތެއް އޮތްތޯ އާއި، އިސްތިއުނާފުކުރާ ފަރާތާ ތަކަށް އެ ދެ ޤަޟިއްޔއަށާ ތަދައްޚުލުވުމުގެ ފުރުޞަތު ދޭންޖެހޭތޯ ނުވަތަ ނ ންތއެވެ.
22މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކއާ އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ދެ ޤަޟިއްޔާގައި ބަލަމުންދާ މައްސަލަތަކާ ގުޅުން ނުވަތަ މަސްލަހަތު އޮތތް ބަލާއިރު، ސވިލި ކޯޓުގް ނަންބަރު 2025-VCHDC-283 ޤަޟިއްޔާގެ ދަޢުވާ ފޯމުގެ "ދަޢުވާގެ ޚުލާޞާ" ގައިވަނީ، "މއ، ހުޅުމާލޭގައި ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ޢިމާރާތްކޮށް ނުނިމިވާ، Exotic – Gradens The Elegance އެޕާޓްމަންޓް ކޮމްޕްލެކްސްއިން، ދަޢުވާ ހުށަހަޅާ ފަރާތުން ގަނެ އަގުދައްކައި ޚަލާސްކޮށްފައިވާ، އެ އެޕާޓްމަންޓް ކޮމްޕްލެކްސް ގެ Apartment Unit 1201 (އެޕާޓްމަންޓް ޔުނިޓާއެކު ވިއްކާފައިވާ އެހެން ބައިތައް ހިމެނޭ ގޮތުން) އަކީ، ދަޢުވާކުރާ Sun & Co Pvt Ltd., ގެ މިލްކުވެފައިވާ މުދަލެއް ކަމުގައި ކަނޑައަޅައި، މިލްކުވެރިކަމުގެ ލިޔުންތައް ދަޢުވާލިބޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޓޑ (އެޗް.ޑީ.ސީ) އިން ލިބިގަތުމަށާއި، މިއެޕާޓްމަންޓ ޔުނިޓް ގަތުމުގެ އެއްބަސްވުމުގައި އެޕާޓްމަންޓް ޔުނިޓް ހަދާފައި ހުންނަންވާނޭ ގޮތްކަމުގައިވ ކަނޑައަޅާފައިވާ ސްޕެސިފިކޭޝަންސް އާ އެއްގޮތަށް އެ އެޕާޓްމަންޓް ޔުނިޓް ނިންމައި ޙަވާލުކުރުމަކީ ދަޢުވާ ލިބޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޓޑ (އެޗް.ޑީ.ސީ) ގެ ޤާނޫނީ ޒިންމާއެއްކަމުގައި ކަނޑައަޅުއްވައި ދެއްވުން އެދި ހުށަހަޅާ މައްސަލައެކެވެ." މިފަދައިންނެވެ.
23މި ދޢަ ވާގެ ޚުލޞާގައވި "އެޕާޓްމަންޓް ޔުނިޓާއެކު ވިއްކާފައިވާ އެހެން ބައިތައް ހިމެނޭ ގޮތުން" ކަމަށް ބަޔާންކޮށްފައިވާ ޢިބާރާތުގެ ތަފްސީލުގެ ގޮތުގައި ދަޢުވާ ފޯމުގެ "މައްސަލަ އެމައްޗަށް ބިނާވެފައިވާ އަދި ދަޢުވާކުރާ ފަރާތުން ބަރޯސާވާ ވާޤިޢާތައް" ގެ 5 ވަނަ ނަންބަރުގައި ވަނީ؛ "މަތީގައި ބުނެފައިވާ The Gardens Mansion 1201 އެޕާޓްމަންޓް ޔުނިޓްގެ ވިއްކުމުގެ މުޢާމަލާތުގައި، އެޕާޓްމަންޓް ޔުނިޓާއެކު ހިމެނޭ 2 ކާރު ޕާކިންގ ސްލޮޓާއި 2 ސައިކަލް ޕާކިންގް ސްލޮޓްގެ އިތުރުން، އެ އެޕާޓްމަންޓްގެ މަތި 13 ވަނަ ފަންގިފިލާގައިވާ 6237.35 އަކަފޫޓު ހިމެނިފައިވެއެވެ. (މިކަން ސާފުވެވަޑައިގަންނަވާނެ ލިޔުން އެގްޒިބިޓް – 4 ގެ ގޮތުގައި ހުށަހެޅިފައި)" މިފަދައިންނެވެ.
24ސިވިލް ކޯޓުގެ ނަންބަރު 2025-CVCHD-351 ޤަޟިއްޔާގެ ދަޢުވާ ފޯމުގެ "ދަޢުވާގެ ޚުލާޞާ " މި ސުރުޚީގައިވަނީ، "މިއީ، ހުޅުމާލޭގައި ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ޢިމާރާތްކޮށް ނުނިމިވާ، Exotic – Gradens The Elegance އެޕާޓްމަންޓް ކޮމްޕްލެކްސްއިން، ދަޢުވާ ހުށަހަޅާ ފަރާތުން ގަނެ އަގުދައްކައި ޚަލާސްކޮށްފައިވާ، އެ އެޕާޓްމަންޓް ކޮމްޕްލެކްސް ގެ އެޕާޓްމަންޓް ޔުނިޓް 202 އަދި އެޕާޓްމަންޓް ޔުނިޓް 302 (އެ 2 އެޕާޓްމަންޓް ޔުންޓާއިއެކު ވިއްކާފައިވާ އެހެން ބައިތައް ހިމެނޭގޮތުން) އަކީ، ދަޢުވާކުރާ މުޙައްމަދު ޝަމްޢ ނަށް މިލްކުވެފައިވާ ތަންތަންކަމުގައި ކަނޑައަޅައި، މިހާރު އެ އެޕާޓްމަންޓް ކޮމްޕެލްސް ޤާނ ނ އަދި ޖިސްމާނީ ގޮތުން ދަޢުވާކުރާ ފަރާތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާތީ، މިލްކުވެރިކަމުގެ ލިޔުންތައް ދަޢުވާލިބޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޓޑ (އެޗް.ޑީ.ސީ) އިން ލިބިގަތުމަށާއި، މި 2 އެޕާޓްމަންޓް ޔުނިޓް ގަތުމުގެ އެއްބަސްވުމުގައިވާ ގޮތަށް އެ 2 އެޕާޓްމަންޓް ޔުނިޓް އަދި އެ 2 ޔުނިޓާއެކު ވިއްކާފައިވާ ތަންތަން ނިންމައި ދަޢުވާކުރާ ފަރާތާ ޙަވާލުކުރުމަކީ ދަޢުވާ ލިބޭ ހައުސިނ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޓޑ (އެޗް.ޑީ.ސީ) ގެ ޒިންމާއެއްކަމުގައި ކަނޑައަޅުއްވައިދެއްވުން އެދި ހުށަހަޅާ މައްސަލައެކެވެ."
25މި ދަޢުވާގެ ޚުލާޞާ ގައިވާ "އެ 2 އެޕާޓްމަންޓް ޔުނިޓާއެކު ވިއްކާފައިވާ އެހެން ބައިތައް ހިމެނޭ ގޮތުން" ކަމަށް ބަޔާންކޮށްފައިވާ ޢިބާރާތުގެ ތަފްސީލުގެ ގޮތުގައި ދަޢު ވާ ފޯމުގެ "މައްސަލަ އެމައްޗަށް ބިނާވެފައިވާ އަދި ދަޢުވާކުރާ ފަރާތުން ބަރޯސާވާ ވާޤިޢާތައް" މި ސުރުހީގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައި ވަނީ އަންނަވި ފަދައިންނެވެ. "4. އެޕާޓްމަންޓް ޔުނިޓް 202 ގެ ވިއްކުމުގެ މުޢާމަލާތުގެ ތެރޭގައި، އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރގެ ކޮމިޔުނަލް އޭރިޔާއިން، 1353 އަކަފޓުގ ސަރަޙައްދުގެ ޔުނިޓަކާއި، ގްރައުންޑް ފްލޯރ ކޮމިޔުނަލް އޭރިޔާއިން އިތުރު 3663.50 އަކަފޫޓުގެ ސަރަޙައްދުގެ ޔުނިޓަކާއ އަދި ވެހިކަލް ޕާކިންގ ސަރަޙައްދުން 1 ކާރު ޕާކިންގ ސްލޮޓް އަދި 2 ސައިކަލް ޕާކިންގ ސްލޮޓްހިމެނި، މުޅި ގަނެވިއްކުމުގެ މުޢާމަލާތަށްވަނީ ފައިސާ ދައްކާ ޚަލާސްކޮށްފައެވެ. (އެޕާޓްމަންޓް ޔުނިޓް 202 އަށްފައިސ ދައްކާ ޚަލާސްކޮށްފައިވާ ކަމާއި މުޢާމަލާތުގައި ހިމެނޭ ސަރަޙައިދުތައް އަންގައިދޭ ލިޔުން އެގްޒިބިޓް – 3 ގެ ގޮތުގައި ހުށަހެޅިފައި)
5. އެޕާޓްމަންޓް ޔުނިޓް 302 ގެ ވިއްކުމުގެ މުޢާމަލާތުގެ ތެރޭގައި، އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރގެ ކޮމިޔުނަލް އޭރިޔާއިން، 528 އަކަފޓުގ ސަރަޙައްދުގެ ޔުނިޓަކާއި، ސެކަންޑް ފްލޯރ ކޮމިޔުނަލް އޭރިޔާއިން އިތުރު 2092.18 އަކަފޫޓުގެ ސަރަޙައްދުގެ ޔުނިޓަކާއ އަދި ވެހިކަލް ޕާކިންގ ސަރަޙައްދުން 1 ކާރު ޕާކިންގ ސްލޮޓް އަދި 2 ސައިކަލް ޕާކިންގ ސްލޮޓްހިމެނި، މުޅި ގަނެވިއްކުމުގެ މުޢާމަލާތަށްވަނީ ފައިސާ ދައްކާ ޚަލާސްކޮށްފައެވެ. (އެޕާޓްމަންޓް ޔުނިޓް 302 ގަތުމަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ކަމާއި މުޢާމަލާތުގއ ހިމެނި ސަރަޙައްދުތައް އަންގައިދޭ ލިޔުން އެގްޒިބިޓ – 4 ގެ ގޮތުގައި ހުށަހެޅިފައި)"
26މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކަކީ، ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ދެ ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތްތއަ ފަދައިން Elegance Exotic – Gardens The އެޕާޓްމަންޓް ކޮމްޕްލެކްސްއިން އެޕާޓްމަންޓް ޔުނިޓތަކެއް ގަތުމަށް، ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ވަކި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ފަރާތްތަކއްކަމަށެ އިސްތިއުނާފުކުރާ ފަރާތްތަކުން ބުނފައިވެ އެވެ.
27ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 އާއި ނަންބަރު 2025-VCHDC-351 ޤަޟިއްޔާތަކުގައި އުފުލާފައިވާ ދަޢވާތަކަށު ބަލާއިރު، އއ leganceExotic E – The Gardens އެޕާޓްމަންޓް ކޮމްޕްލެކްސގް އެޕާޓްމަންޓް ޔުނިޓްތަކާއި އެ ޔުނިޓްތަކާއެކު ވިއްކާފައިވާ އެހެނިހެން ބައިތަކުގެ މިލްކުވެރިކަމުގެ މައްޗަށް ސަން އެންޑް ކޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑއާ […] /މުޙައްމަދު ޝަމްޢނުގެ ފަރާތުން ވަކިވަކިން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހަޅާފައިވާ ދަޢުވާތަކުގައި އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ޢާންމު ބައިތައް/ޢާންމު ވަސލަތްތަކުގީ ގޮތުގައެ ބެލެވިދާނެ ތަންތަނއާ ސަރަހައްދުތަކއްގެ މިލްކްވެރިކަން އެ ދެ ފަރާތަށް ލިބިދިނުމަށް އެދިފައިވާކަން ފާހަގަ ކުރެވެއެވެ.
28މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކނު ސިވިލް ކޯޓުގެ ދެ ޤަޟިއްޔާއަށް ތަދައްޚުލްވުމަށް އެދި ފައިވަނީ، Elegance Exotic – The Gardens އެޕާޓްމަންޓް ކޮމްޕްލެކްސގެ "ޢާންމު ބައިތައް" އަކީ އެ އެޕާޓްމަންޓް ކޮމްޕްލެކްސްއިން އެޕާޓްމަންޓް ޔުނިޓް ގަނެފައިވާ ހުރިހާ ފަރާތްތަކެއްގެ ޙައްޤުތަކާއި މަސްލަޙަތު ހަމަހަމައަށް ހިއްސާވާ ތަންތަން ކަމުގައިވާތއާއީ އެ ދެޤަޟިއްޔާގައި ނެރެފައިވާ ވަގުތީ އަމުރުގައި އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ޢާންމު ބައިތަކާގުޅޭ ގޮތުން ވަކިގޮތަކަށް ވަކި ކަމެއް ނުކުރުމަށް އަންގާފައިވާތީއާއި އެ ޤަޟިއްޔާތަކުގައި ދަޢުވާ ހުށަހަޅާފައިވާ ސަން އެންޑް ކޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ޝަމްޢނުގެ ފަރާތުން އެދިފައިވާ ގޮތަށް އެމައްސަލަތައް ނިމިގެން ހިނގައްޖެނަމަ، އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތއަ ހޯދުމަށް ހުރަސްއެޅިގެން ދާނެކަމަށް ފެންނާތީކަން އެނގެއެވެ.
29އިސްވެ ބުނެވުނު ދެ ޤަޟިއްޔާގެ ދަޢުވާގައި ހިމެނޭ އިސްތިއުނާފުކުރާ ފަރާތްތަކުގެ މަސްލަހަތގުޅާ ޢާންމު ތަންތަންކަމަށ ބަޔާންކޮށްފައިވް ތަންތަނަކީ، The Gardens Mansion 1201 އެޕާޓްމަންޓް ޔުނިޓްގެ 13 ވަނަ ފަންގިފިލާގެ މަތގައިވީ 6237.35 އަކަފ ޓުގެ ސަރަހައްދު އާ، އެޕާޓްމަންޓް ޔުނިޓް 202 ގެ ވިއްކުމުގެ މުޢާމަލާތުގެ ތެރޭގައި، އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރގެ ކޮމިޔުނަލް އޭރިޔާއިން، 1353 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، 3663.50 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، އެޕާޓްމަންޓް ޔުނިޓް 302 ގެ ވިއްކުމުގެ މުޢާމަލާތުގެ ތެރޭގައި، އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރގެ ކޮމިޔުނަލް އޭރިޔާއިން 528 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، ސެކަންޑް ފްލޯރ ކޮމިޔުނަލް އޭރިޔާއިން 2092.18 އަކަފ ޓުގެ ސަރަޙައްދކުމަށް އިސްތިއުނާފުކުރާފަރާތްތަކުން ބުނެފައިވެއެވެ.
30ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނނ) ގެ 8 ވަނަ މާއްދާގައި "ޢާންމު ތަންތަން" ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ޢާންމު 8. "ޢާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައ ހިމެނި ވަކިވަކި ޔުނިޓްތަކުގެ ތަންތަން އިމުންބޭރުގައ ހިމެނި ތަންތަނަށެވެ. ނަމަވެސް، ޔުނިޓެއްގެ އިމުގެ އެތެރޭގައި އެހެން ޔުނިޓަކ ގުޅިގެނާ ޑަކްޓެއ ނުވަތް ވައިގޮޅިއެއް ހިމެނޭނަމަ، އެތަނެއް ބަލާނީ ޢާންމު ތަނެއްގެ ގޮތުގައެވެ. ޢާންމު ތަންތަނަކީ ޢިމާރާތުގެ ހުރިހާ މިލްކުވެރިންގެ ހަމަހަމަ ހިއްސާ އެކުލެވިގެންވާ ތަންތަނެވެ. އެ ތަންތަނުގެ ތެރޭގައި ތިރީގައި ބަޔާންކޮށް ފައިވާ ތަންތަން ހިމެނެއެވެ.
(ހ) ޢާންމު ސަރަހައްދުތައް (ޢާންމު ސަރަހައްދުތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި ޢާންމު ސަރަޙައްދުތަކުގ ގޮތުގައެ ކަނޑައަޅާ ތަންތަނުގެ އިތުރުން، ޢިމާރާތުގައި ހިމެނޭ ވޯކްވޭ، ކޮރިޑޯ، ސިޑި، ލިފްޓްގޮޅީ އަދި ވައިގޮޅިފަދަ ތަންތަން ހިމެނެއެވެ.)
(ށ) ޢާންމު ވަސީލަތްތައް. (ޢާންމު ވަސީލަތްތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި ކަނޑައަޅާފައިވާ ޢާންމު ތަންތަނުގައި ހުންނަ، ނުވަތަ ޢާންމު ތަންތަނާ ގުޅިފައިވާ، އެއްމެދު ޢިމާރާތުގެ މިލްކުވެރިން ހިއްސާވާ ވަސީލަތްތައް ހިމެނެއެވެ.) މިފަދައިންނެވެ.
31ޕްރިސިޑެންސް 1ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނޫނު) ގެ 8 ވަނަ މާއްދާއަށް ބެލުމުން އާންމު ތަންތަނަކީ ޢިމާރާތުގެ ހުރިހާ މިލްކުވެރިންގެ ހަމަހަމަ ހިއްސާ އެކުލެވިގެންވާ އަދި ވަކި ފަރާތަކަށް ޚާއްޞަ ހިއްސާއެއް/ޙައްޤެއް ލިބިގެންނުވާ އެ ޢމާރާތުގި ޢާންމު ސަރަހައްދުތަކާއި ޢާންމު ވަސީލަތްތައްކަން އެނގެއެވެ.
32ޕްރިސިޑެންސް 2ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނޫނު) ގެ 12 ވަނަ ބާބުގައި، އެއްމެދު ޢމާރާތުގި ވެރިފަރާތްތަކުގެ ޙައްޤުތައް ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، އެއްމެދު ޢިމާރާތުގެ ޔުނިޓުގެ ވެރިފަރާތަށް ލިބެނީ އެފަރާތުގެ ޔުނިޓާގުޅޭ ޙައްޤުތައް ކަމާއި، ޢާންމު ތަންތަނުގެ މައްޗަށް ލިބެނީ އެހެން ޔުނިޓްތަކުގެ ވެރިފަރާތތަކާއެކުގައް އެތަންތަން ބޭނުންކުރުމުގެ ޙައްޤުކަމާއި، ކޮންމެ ޔުނިޓެއްގެ ވެރިފަރާތަށް އެޔުނިޓާ ގުޅިގެން ރައްކާތެރިކނަ ލިބގެންވަނި އެހެން ޔުނިޓްތަކުގެ ވެރިފަރާތްތަކަށްވެސް އެޙައްޤު ލިބިދޭ މިންވަރަށް ކަމާއި އަދި އެޢިމާރާތުގެ ޢާންމު ތަންތަން ބޭނުންކުރުމުގެ ޙައްޤުވެސް ލިބިދީފައިވަނީ އެމިންވަރަށް ކަމާއި އެއްމެދު ޢިމާރާތެއްގެ ޔުނިޓެއްގެ ވެރިފަރާތަށް އެފަރާތެއްގެ ޔުނިޓާ ގުޅޭ ގޮތުން ލިބިދޭ ޙައްޤުތަކާއި މަޞްލަޙަތުތަކަކީ، އެއްމެދު ޢިމާރާތުގެ ޢާންމު ތަންތަނާ ގުޅޭ ގޮތުން އެފަރާތަށް ލިބިދޭ ޙައްޤުތަކާއި މަޞްލަޙަތުތަކާ ވަކި ކުރެވޭނެ އެއްޗެއް ނޫން ކަން އެނގެއެވެ.
33ޕްރިސިޑެންސް 3އިސްތިއުނާފު ކުރާ ފަރާތްތަކަކީ ދަ ގާރޑެންސްއިން އެޕާޓްމަންޓް ޔުނިޓްތަކެއް ގަނެފައިވާ ފަރާތްތަކެއް ކަމަށްވީހިނދު، އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ޢާންމު ތަންތަނާއި ވަސީލަތްތަކުގެ މައްޗަށް އެތަނުން އެޕާޓްމަންޓް ޔުނިޓް ގަނެފައިވާ އެންމެހައި ފަރާތްތަކަށް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާކަން އެނގޭއިރު، ސިވިލް ކޯޓުން ބަލަމުންދާ ދެ ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތުގެމަތިން ޢާންމު ތަންތަނާއާ ވަސީލަތްތަކުގެ މައްޗަށް ހަމައެކަނި އެ ދެ ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތްތަކުގެ ޙައްޤއާ މަސްލަހަތު އޮތްކަމަށް ކަނޑައެޅިއްޖެނަމަ، އެކަމުގެ ސަބަބުން މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކާއި އެތަނުނ އެޕާޓްމަންޓް ގަނެފައިވާ އެންމެހައި ފަރާތްތަކުން ގަނެފައިވާ/ނުވަތަ ގަތުމަށް އެއްބަސްވެފައިވާ އެއްމެދު ޢިމާރާތުގައި ހިމެނޭ ޢާންމު ތަންތަނާއި ސަރަހައްދުތަކާއި ވަސީލަތްތަކުގެ މައްޗަށް އެފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި މަސްލަޙަތށަ އުނިކަން ލިބނޭ ކ ން އެނގެއެވެ.
34އެހެންކަމުން، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި leganceE Exotic – The Gradens އެޕާޓްމަންޓް ކޮންޕްލެކްސްގެ ޢާންމު ތަންތަނާއި ވަސީލަތްތަކުގެ ގޮތުގައި ބެލެވިދާނެ ތަންތަން ހިމަނާފައިވާތީއާއ އަދި އެތަންތަނުގެ މިލްކުވެރިކަން ހަމައެކަނި އެ މައްސަލަތަކުގައި ދަޢުވާ ހުށަހަޅާފައިވާ ފަރާތްތަކަށް ލިބިދިނުމަށް އެދިފައިވާތއާއީ އިސްތިއުނާފުކުރާ ފަރާތްތަކަކީވެސ އެތަނުން އެޕާޓްމަންޓް ޔުނިޓްތަކެއް ގަނެފައި/ގަތުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ފަރާތްތަކެއް ކަމުގައިވާތީ، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހެޅުމުން އެކޯޓުން ބަލަމުންދާ މައްސަލތަކަ ގެ މައުޟޢުއު މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކާ ސީދާ ގުޅުން އަދި މަސްލަހަތު އޮތްކަމަށް ޤަބ ލ ކުރެވެއެވެ.
35މިޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ތަދައްޚުލުވުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ތަދައްޚުލުވުމުގެ ފުރުޞަތު ދިނުމަށް ނުފެންނަ ސަބަބެއގް ގޮތުގައި ބަޔާންކޮށްފައިވަނީ، ދަ ގާޑްން އެގްޒޯޓިކް- އެލިގެންސް އެޕާޓްމަންޓް ކޮމްޕްލެކްސްއިނ އެޕާޓްމަންޓް ޔުނިޓް ގަތުމާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތްތަކާއި ޖާހ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ދެމެދާ ވކިނަ އެއްބަސްވުންތަކެއް ވެފައިވާ ފަރާތްތަކެއް ކަމަށްވުމުން އެފަރާތްތަކަށ ވަކިން ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާ ކަމާއި އަދި އެފަރާތްތަކުގެ ބަހެއް ހޯދުމެއްނެތި އެޤަޟިއްޔާގައި ޝަރީޢަތުން ގޮތެއް ކަނޑައެޅިގެން ދިޔަ ނަމަވެސް އެކަމުގެ ސަބަބުން އެފަރާތްތަކުގެ ޙައްޤަށް ސީދާ އަސަރުކުރާނެ ޙާލަތެއް އޮތްކަމަށް ޝަރީޢަތަށް ބުރަނުވެވތީކަން އެނގެއެވެ.
36ޕްރިސިޑެންސް 4ކޯޓުން ބަލަމުންދާ މައްސަލައެއްގައި ޙައްޤެއް/މަސްލަހަތއެ އޮތް ފަރާތަކަށް އެމައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ތަދައްޚުލުވުމަށް އދ ކޯޓަށް ހުށަހެޅިދާނެއެވެ. ހަމައެފަދައިން ކޯޓަށް މައްސަލަ ހުށަހެޅިއިރު، ޚަޞްމެއްގެ ގޮތުގައި ހިމނިފައިނުވެ ފަރާތެއް/ފަރާތްތަކެއެ ޚަޞްމެއްގެ ގޮތުގައި ބައިވެރިކޮށް ދިނުމަށް އެދި އެ މައްސަލަ އިގައި ހިމެނޭ ފަރާތަކަށް ކޯޓުގައި އެދެވިދާނެއެވެ.
37މައްސަލައިގައި ޚަޞްމުން ހިމެނުމާ ގުޅޭ ގޮތުން ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޤާނޫނީ ހައިސިއްޔަތު ލިބިގެންވާ ކޮންމެ ފަރާތަކީ، މަދަނީ މައްސަލައެއްގެ ޚަސްމަކަށް ވެވިދާނެ ފަރާތެއް ކަމަށެވެ. އެހެން އޮތްނަމަވެސް އެއްވެސް ފަރާތަކަށް މަދަނީ ދަޢުވާއެއް އުފުލޭނީ، އެ މައްސަލައިގައި އެފަރާތުގެ މަސްލަޙަތެއް އޮވެގެންކަމަށް އެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
38ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު ގެ 25 ވަނަ މާއްދާގެ (ހ) ގައި، ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މަސްލަޙަތު އޮތް އެއްވެސް ފަރާތަކުން އެ މައްސަލައަކަށް ތަދައްޚުލުވުމަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އެމައްސަލައިގައި ތަދައްޚުލުވުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
39ޕްރިސިޑެންސް 5ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޚަޞްމކަ އިތުރުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ކޯޓަށްކަނަ އިސްވެ ބަޔާންވެދިޔަ ޤާނޫނާއި ގަވާއިދަށް ރިޢާޔަތްކޮށް ބެލުމުން އެނގޭނެ އޮވެއެވެ. އަދި ހުށަހެޅިފައިވާ ދަޢުވާއެއްގައި ޚަޞްމަކު އިތުރު ކުރުމުގައި ނުވަތަ ޚަޞމަކް އުނިކުރުމުގއަ ރިޢާޔަތްކުރންޖެހަ އަސާސީ ކަންކަން ޤާނޫނުގައި ބަޔާންކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ. މައްސަލައެއްގައި ޚަޞްމަކު އިތުރު ކުރުމަށް ނުވަތަ ނުކުރުމަށް ނިންމުމުގައި ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ކަނޑައެޅުމުގައި އިތުރަށް ބަލަންޖެހޭނީ، ހުށަހެޅިފައިވާ މައްސަލައިގެ ވާޤިޢާއި ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވާ ޤާނޫނީ ނުކުތާ އެއްގޮތްތޯ؟ އާއި ތަދައްޚުލުވުމަށް އެދޭ ފަރާތާ ސީދާ ގުޅުމެއް ނުވަތަ މަސްހަލަތެއް މައްސަލައިގައި އޮތްތޯ؟ އާއި، މައްސަލައިގައި ނިންމާ ގޮތަކުން ތަދައްޚުލުވުމަށް އެދި ހުށަހަޅާ ފަރާތުގެ ޙައްޤެއް ނުވަތަ މަސްލަޙަތެއް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނޫންތޯ؟ އާއި ހުށަހެޅިފައިވާ މައްސަލައިގެ މައުޟޢގައު ގޮތެއް ނިންމުމުގައި ތަދައްޚުލުވުމަށް އެދޭފަރާތާ ގުޅުން އޮތް މިންވަރނު މުޅި މައްސަލައިގައި ޢަދުލު ގަވާއިދު ނަންބަރު 2022/105-R (ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު) ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާ Amon v Raphael Tuck & Sons Ltd, [1956] 1 QB 357, [1956] 1 All ER 273 އިންޞާފު ޤާއިމުކުރުމަށްޓަކައި އެފަރާތް ތަދައްޚުލކުރު ނ މުހިއްމު އަދި ބޭނުންތެރިކަމެއްތޯ؟އާއި، އެއް ބާވަތުގެ މައްސަލތައަ އެކި ޤަޟިއްޔާތަކުން ބަލައި ނިންމާ ޙާލަތެއްގައި ކޯޓުން އެކި ގޮތަށް ޙުކުމް ކުރެވި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ދާއިރާއާ ދޭތެރޭގައި ކުރެވޭ އިތުބާރަށް އުނިކަން ލިބުން ހުއްޓުވުމާއި، އެކި ޤަޟިއްޔާތަކަ ކުން މައްސަލަ ބެލުމުން ހޭދަވު ވަގުތާއި ޚަރަދު ސަލާމަތކުރްވޭނެ ގޮތަކަށް މައްސަލަތައް ބެލުމަށެވެ. މި ކަންކަމަށް ރިޢާޔަތްކޮށް ކޯޓނު ބަލަމުންދާ މައްސަލައެއްގައި ސީދާ ގުޅުމެއް ނުވަތަ މަޞްލަހަތެއ ހިމެން ފަރާތަކަށް އެމައްސަލައަށް ތަދައްޚުލުވުމުގެ ފުރުސަތު ދިވެ އެވެ.
40މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކަކީ، Elegance Exotic – Gradens The އެޕާޓްމަންޓް ކޮމްޕްލެކްސްއިނ އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކެއްކަމަށް ވާއިރު، އެއެޕާޓްމަންޓް ކޮމްޕްލެސްގައ ހިމެނި ޢާންމު ތަންތަނާއި ވަސީލަތްތަކުގެ މައްޗަށް އެތަނުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާކަމާއި، ސިވިލް ކޯޓގު ނަންބަރު 2025-VCHDC-283 ޤަޟިއްޔާގއަ ބަލަމުންދާ މައްސަލައިގައި، Elegance Exotic – The Gradens ގެ ނަންބަރު 1201 އެޕާޓްމަންޓް ޔުނިޓްގެ މަތި 13 ވަނަ ފަންގިފިލާގައިވާ 6237.35 އަކަފ ޓުގެ ސަރަހައްދާއި، އެކޯޓުގެ ނަންބަރު 2025-VCHDC-351 ޤަޟިއްޔާ ގައި ބަލަމުންދާ މައްސަލައިގައި، އެޕާޓްމަންޓް ޔުނިޓް 202 ގެ ވިއްކުމުގެ މުޢާމަލާތުގެ ތެރޭގައި، އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރގެ ކޮމިޔުނަލް އޭރިޔާއިން، 1353 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، ގްރައުންޑް ފްލޯރ ކޮމިޔުނަލް އޭރިޔާއިން އިތުރު 3663.50 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓަކާއި، އެޕާޓްމަންޓް ޔުނިޓް 302 ގެ ވިއްކުމުގެ މުޢާމަލާތުގެ ތެރޭގައި، އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯރގެ ކޮމިޔުނަލް އޭރިޔާއިން، 528 އަކަފޓުގ ސަރަޙައްދުގެ ޔުނިޓަކާއި، ސެކަންޑް ފްލޯރ ކޮމިޔުނަލް އޭރިޔާއިން އިތުރު 2092.18 އަކަފ ޓުގެ ސަރަޙައްދުގެ ޔުނިޓު ހިމެނިފައިވާކަމަށް Razia Begum v. Sahebzadi Anwar Begum & Others [1958] AIR 886 Arumugam Coomaraswamy v. Andiris Appuhamy [1985] 2 Sri LR 219 އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާއިރު، އެތަންތަނުގެ މަސްލަހަތު އެޤަޟިއްޔާގައި ދަޢުވާކުރާފަރތާތަކާއި އެއްފަދައިން މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކާއި އެތަނުން އެޕާޓްމަންޓް ގަނެފައިވާ އެހެން ފަރާތްތަކަށް އޮތްކަމަށް ބުނެފައިވާތީ، އެއެޕާޓްމަންޓް ކޮމްޕްލެކްސްގެ ޢާންމު ތަންތަނުގެ ގޮތުގައި ބެލެވޭ ތަންތަނުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއްގައި، މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަސް ހޯދުމަކީ މުޅި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި މުޙިއްމު އަދި ބޭނުންތެރި ކަމެއްކަމަށް ދެކެމެވެ. އަދި އެފަރާތްތަކަށް ފުރުސަތު ނުދީ ހަމައެކަނި އެ މައްސަލަތަކގައު ދަޢުވާކުރާ ފަރާތްތަކަށް އެތަންތަނުގެ މިލްކުވެރިކަން އޮތް ކަމަށް ކަނޑައެޅިއްޖެނަމަ، އިސްތިއުނާފުކުރާ ފަރާތްތަކަށް އެޢިމާރާތުގެ ޢާންމު ތަންތަނުގެ މައްޗަށް އޮތް ޙައްޤަށް އަދި މަސްލަޙަތަށް އުނިކަން ލިބޭނެކަމަށް ޤަބލަ ކުރެވެއެވެ. އަދި އެފަދަ ޙާލަތެއްގައި އިސްތިއުނާފުކުރާ ފަރާތްތކުގަ ޙައްޤު ހޯދުމަށް އިތުރު ވަގުތާއި ޚަރަދު ކުރަންޖހެ ގެއްލުން ލިބުމުގެ އިހުތިމާލު އޮތްކަމަށް ދެކެމެވެ. މިރިޕޯޓުގެ 39 ވަނަ ޕެރެގްރާފުގައި ފާހަގަ ކޮށްފައިވާ ފަދައިން، މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކަކީ ދަށު ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ސީދާ ގުޅުން ހުރި އަދި މަސްލަހަތު އޮތް ފަރާތްތަކެއްކަމަށް ޤަބ ލުކުރެވތޭ، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 އާއި، ނަންބަރު 2025-VCHDC-351 ޤަޟިއްޔާއަށް އިސްތިއުނާފުކުރާފަރތާ ތަކަށް ތަދައްޚުލުވުމުގެ ފުރުސަތު ދޭންޖެހޭކަމަށް ފެނެއެވެ.
41ޕްރިސިޑެންސް 6މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއް އެއީ ޚަޞްމެއް ކަމުގައި ވާންޖެހޭ ފަރާތެއް ނންކަމަށ ކޯޓަށް ފެނިއްޖެނަމަ، އެއީ އެ މައްސަލައިގެ ޚަޞްމެއް ނނ ކަމުގައް ކޯޓަށި ކަނޑައެޅިދާނެކަމަށް ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 81 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތކަށަ އެމައްސަލައިގައި ތަދައްޚުލުވުމުގެ ފުރުސަތު ދިންކަމުގައި ވީނަމަވެސް، އެފަރާތުގެ/އެފަރާތްތަކުގެ މަސްލަޙަތު ނެތްކަމަށް ފަހުން ފެނއްޖި ޙާލަތެއްގައި ޚަޞްމުންގެ ތެރެއިން އެފަރާތްތައް/ފަރާތެއް އުނިކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅުން
42މި މައްސަލަތަކުގަގައ އިސްތިއުނާފުކުރި ފަރާތްތަކުން 26 ފެބުރުވަރީ 2026 ގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅައިފައިވެއެވެ. މިގޮތުން އެދިފައިވަނީ އިސްތިއުނާފީ މައްސަލަތަކުގައި ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 އާއި، ނަންބަރު 2025-VCHDC-351 ޤަޟިއްޔާ ގެ ޝަރީޢަތްތައް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓަށް އަމުރުކޮށްދިނުމަށެވެ. މި މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމުމުގެ ބަދަލުގައި، ހުށަހަޅާފައިވާ އިސްތިއުނާފީ ދަޢުވާއަށް އަވަސްގޮތެއްގައި ގޮތެއް ކަނޑައެޅުމީ އެންމެ ރަނގަޅުގޮތް ކަމުގައި ފެންނާތީ، މައްސަލަ އަވަހަށް ނިންމުމަށް އިސްކަންދީ އަޑުއެހުންތައް ތާވަލުކޮ ށ، މި މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅާފައިވާތީ، އިސްތިއުނާފުކުރަ ފަރާތްތަކުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާމެދު މި ކޯޓުން އިތުރު ގޮތެއް ކަނޑައަޅަންޖެހޭތަނެއ އޮތްކަމަކަށް ނުފެނެއެވެ.
43އެހެންކަމުނ، މި މައްސަލް އިސްތިއުނާފކުރު ފަރާތްތަކނު ސިވިލް ކޯޓުގް ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2025-VCHDC-283 އާއި، ނަންބަރު 2025-VCHDC-351 ޤަޟިއްޔާއަށް ތަދައްޚުލުވުމަށް އެދި ހުށަހެޅުމާ ގުޅިގެން އެޤަޟިއްޔާތަކުގައި ތަދައްޚުލުވުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށް ސިވިލް ކޯޓުގެ ނަންބަރު 2025/2025/02-HD2/TH/283B-144 އާއި ނަންބަރު 2025/2025/01-HD2/TH/351B-144 "ތަދައްޚުލުވުމަށް ހުއްދް ދިނުމާމެދު ނިންމި ގޮތް" ގައި ނިންމާފައިވާ ނިންމުން ބާޠިލު ކުރަންޖެހޭކަމަށް ފެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/HC-A/79 ޤަޟިއްޔާގެ 17 ވަނަ ޕެރެގްރާފް
44މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައ ފ އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
45މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައ ފ އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
46މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނޫނު) ގެ 12 ވަނަ ބާބު؛ 115، 117، 118 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 75، 76 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 81 (ށ) އަދި 82 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 25 ވަނަ މާއްދާގެ (ހ)
- Amon v Raphael Tuck & Sons Ltd [1956] 1 QB 357
- Razia Begum v. Sahebzadi Anwar Begum & Others [1958] AIR 886
- Arumugam Coomaraswamy v. Andiris Appuhamy [1985] 2 Sri LR 219
- ފުޓްނޯޓުގައި: "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/HC-A/79 ޤަޟިއްޔާގެ 17 ވަނަ ޕެރެގްރާފް"
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް